މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ސ. ހުޅުދޫ އަދި މީދޫ ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާތައްކުރާނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ފަރާތުން ކުރިއަށްގެންދާ ރަށްރަށުގެ ފެން ހިނދާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫޢުތަކުގެ ދަށުން ސ. ހުޅުދޫ އަދި މީދޫ ފެން ހިނދާ ނިޒާމެއް އެކުލަވާލުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރާނެ ކޮންސަލްޓަންސީ ފަރމެއް ހޯދުމަށް ބޭނުންވެއެވެ.

މިފަރމްގެ މަސްއޫލިއްޔަތްތަކާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކާއި އެހެނިހެން ތަފްޞީލުތަށް ހިމެނިގެންވާ މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" ޑައުންލޯޑް ކުރެވޭ ގޮތަށް މިއިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހަޅަންވި މަޢުލޫމާތު "ޓާރމްސް އޮފް ރިފަރެންސް" ގައި ހިމެނިގެންވާނެއެވެ.  

ޕްރީ ބިޑް ބައްދަލުވުން

މަސައްކަތުގެ މަޢުލޫމާތު ދިނުމަށް ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ  21 ޖުލައި2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  28 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 28 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ނުވަތަ ފޯނު ކުރައްވާނީ ތިރީގައި ބަޔާން ކުރައްވާފައިވާ އެޑްރެސްއަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

10 ޖުލައި 2019
ހޯދާ