ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތެއްކުރުން

ކްރިމިނަލް ކޯޓުގެ ގޭޓް ނަންބަރު 3 ގައި ހައިޑްރޯލިކް ގޭޓް އޯޕެނަރ އަކާއި އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހަރުކޮށްދިނުމުގެ މަސައްކަތް ކުރުވުމަށް ބޭނުންވެގެން ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު 2019/23/SP-145 (19 ޖޫން 2019) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅީ 1 ފަރާތުން ކަމަށްވެފައި، އެފަރާތުން ހުށަހަޅާފައިވާ އަންދާސީ ހިސާބުގައި ހިމަނާފައިވާ ގޭޓް އޯޕެނަރ މިކޯޓުން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ، ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާޠިލުކޮށް، 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ ކްރިމިނަލް ކޯޓުގެ ގޭޓް ނަންބަރު 3 ގައި ހައިޑްރޯލިކް ގޭޓް އޯޕެނަރ އަކާއި އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހަރުކޮށްދިނުމުގެ މަސައްކަތް ކުރުވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖުލައި 11 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖުލައި 18 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7775608 ނަންބަރާ ގުޅުއްވުން އެދެމެވެ.

08 ޖުލައި 2019
ހޯދާ