ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2019/125
އިޢުލާން
02 މެގަވޯޓްގެ 02 ޖަނަރޭޓަރ ސެޓެެއް ގަތުމާ ގުޅޭ:
މި ކުންފުނީގެ ނަމްބަރު:FNK-I/IUL/2019/101 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސި ހިސާބުތައް އެކަށީގެން ވާވަރަށްވުރެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ވަނީ ބާތިލް ކުރެވިފައެވެ. އެހެންކަމުން، މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުތަކާ އެއްގޮތަށް، މި ކުންފުނީގެ ބްރާންޗަށް ބޭނުންވާ 02 (ދޭއް) މެގަވޯޓުގެ 02 ޖަނަރޭޓަރސެޓަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިހަހާސް (10,000.00USD) އެމެރިކާ ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.
- އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ އެމް.އެމް. އޭ ގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.
- ޗެކްގަ ބޭންކް ގެރެންޓެޑް ސްޓޭމްޕް ޖަހާފައިވުން.
- އަންދާސީ ހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައި ބިޑް ސެކިއުރިޓީ ހުށަހެޅުން.
- ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.
- މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާތިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ، މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
04 ޛުލްޤަޢިދާ 1440
07 ޖުލައި 2019