މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ރ. މާކުރަތު މިރުސްމާގެއެވެ ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ ޢިމާރާތް (ރ. މާކުރަތު ރައްޔިތުންގެ ރައްވެހިގެ) ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރުމާއި ގުޅޭ

ނޫސް ބަޔާން

ކުރީގެ ރ. މާކުރަތު މިރުސްމާގެއެވެ ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ ޢިމާރާތް (ރ. މާކުރަތު ރައްޔިތުންގެ ރައްވެހިގެ) ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރުމާއި ގުޅޭ

ރ. މާކުރަތު ރައްޔިތުންގެ ރައްވެހިގެ ނުވަތަ ކުރީގެ މިރުސްމާގެ ހުރި ބަންޑާރަ ބިމާއި އެބިމުގައި ކުރެވިފައިވާ ޢިމާރާތާއި ޢިމާރާތުގެ ތެރޭގައިވާ ތަކެއްޗާއި ރުއްގަހާއި ވަޅުފަދަ އެންމެހާއި ތަންތަނާއި ތަކެއްޗަކީ ރ. މާކުރަތު ކައުންސިލުގެ ތަންތަނާއި ތަކެތި ކަމަށާއި ޤާނޫނީ ގޮތުން އެބިމާއި ޢިމާރާތް ހިންގައި ބެލެހެއްޓުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އޮތް ފަރާތަކީ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލު ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު: 471-CDS6/305/2019/13 (27 ޖޫން 2019) ސިޓީއިން މިކައުންސިލަށް އަންގަވާފައިވާތީ ދަންނަވަމެވެ.

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރ. މާކުރަތު ރައްޔިތުންގެ ރަށްވެހިގެ (ކުރީގެ މިރުސްމާގެ) ހުރި ބަންޑާރަ ބިމާއި އެބިމުގައިހުރި އެންމެހައި ޢިމާރާތަތްކާއި ޢިމާރާތުގެ ތެރޭގައިވާ ތަކެއްޗާއި ވަޅުފަދަ ތަންތަނާއި އެންމެހައި ތަކެއްޗަކީ، ޤާނޫނީ ހަމަތަކުން މިކައުންސިލުގެ ތަންތަނާއި ތަކެތިކަން އެނގެން އޮތުމުން، މިކައުންސިލުގެ ހުއްދަނެތި ރ. މާކުރަތު ރައްޔިތުންގެ ރަށްވެހިގެ ހުރި ބިމާއި ޢިމާރާތާއި ރުއްގަސް ބޭނުން ކުރުން ހުއްޓާލުމަށާއި، އެބިމުގައި އެއްވެސް ފަރާތެއްގެ އަމިއްލަ އެއްޗެއް ހުރިކަމަށް ޤަބޫލުކުރެވޭނަމަ އެކަން މިކައުންސިލަށް ސާބިތުކޮށް ދިނުމަށްފަހު، މިކައުންސިލުގެ ބެލުމުގެ ދަށުން އެއެއްޗެއް ގެންދެވުމަށް 04 ޖުލައި 2019 ގައި އަންގާއި، 07 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެބިމާއި އެބިމުގައިވާ ޢިމާރާތާއި ޢިމާރާތުގެ ތެރޭގައިހުރި އެންމެހައި ތަކެތި މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލާއި ހަވާލުކުރުމަށް އެބިމާއި ޢިމާރާތާއި ޢިމާރާތުގައިވާ އެންމެހައި ތަކެތި ބޭނުން ކުރަމުން ގެންދާފަރާތްތަކަށް ލިޔުމުން އަންގާ، އަދި މި އިދާރާގެ ނަންބަރު: (IUL)305/305/2019/63 (04 ޖުލައި 2019) އިޢުލާނުން ވަނީ އާންމުކޮށް އެންގިފައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް 07 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 14:00 ހަމަވާއިރު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާއާ، އެބިމާއި ޢިމާރާތާއި ޢިމާރާތުގައިވާ އެންމެހާތަކެތި ހަވާލުނުކޮށްފިނަމަ މިކައުންސިލުގެ ފަރާތުން އެބިމާއި ޢިމާރާތަށްވަދެ، އެބިމާއި ޢިމާރާތާއި ޢިމާރާތުގެ ތެރޭގައި ހިމެނޭ އެންމެހާތަކެތި މިކައުންސިލުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކައުންސިލުގެ ޤާނޫނީ ވާޖިބު އަދާކުރުމަށްކުރާ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އަންގާ އިލްތިމާސް ކުރަމެވެ. އަދި މިކައުންސިލުގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅާ ފަރާތަކާއިމެދު މިކައުންސިލުން އަޅަންޖެހޭ ޤާނޫނީ އެންމެހައި ފިޔަވަޅުތައް އަޅަމުންގެންދާނެ ވާހަކަ ދެންނެވީމެވެ.

04 ޛުލްޤަޢިދާ 1440

 

07 ޖުލައި 2019
ހޯދާ