ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
އައްޑޫ ސިޓީގެ ވިޒިޓަރސް ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ބަލަހައްޓަމުންދާ އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރ ސެންޓަރުގެ (އައްޑޫ ސިޓީ، ހިތަދޫ، އީދިގަލި މަގު) މަރާމާތެއް ކުރުމަށް ކުރެވުނު އިއުލާން ނަންބަރު: (IUL)438/1/2019/26 (09 ޖޫން 2019) އަށް ލިބިފައިވާ ބީލަންތަކުގެ އަގު ބޮޑުކަމަށް ބެލެވޭތީވެ މި ބީލަން ބާތިލުކޮށް، އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 10 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، [email protected] އީ-މެއިލް އެޑްރެހަށެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 14 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސްދުވަސް ކަމުގައިވާންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
އައްޑޫ ސިޓީގެ ވިޒިޓަރސް ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާނު ނަންބަރު: IUL)438/1/2019/35)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.