ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ރަށުގެ އެކިތަންތަނުން (ގޭބީސީތަކާއި، ވިޔަފާރިކުރާ ތަންތަނާއި، އޮފީސްތަކާއި، އެހެނިހެން ތަންތަނުން) ކުނިނަގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ޖަމާކޮށް ކުނިމެނޭޖްކުރުމާއި، ވޭސްޓްމެނޭޖްމަންޓް ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑަ އެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާއަށް ޙާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

11:00

އާދީއްތަ

07 ޖުލައި 2019

މަޢުލޫމާތު ދިނުން

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

11:00

ބުރާސްފަތި

11 ޖުލައި 2019

ބީލަން ހުށަހެޅުން

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުލައި 2019
ހޯދާ