ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

11 ޖުލައި 2019 ން 28 ފެބްރުއަރީ 2020 އަށް މަޑަވެލި ކައުންސިލްގެ އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަގާމް: އިޖްތިމާޢީ ކޮމިޓީ މަސައްކަތު

މަގާމް: ސުޕަވައިޒަރ

ބޭނުންވާ އަދަދު: 01

ބޭނުންވާ އަދަދު: 01

އުޖޫރަ: -/1300 ރ

އުޖޫރަ: -/1800ރ

މަގާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލުން ސާފުކުރުމށް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް އެސަރަހައްދުތައް ސާފުކުރުން.
  • އިޖްތިމާޢީ ކަންކަމާއި ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންތައްތަކަށް މިއިދާރާއިން އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އިޖާބަދީ އަމަލީގޮތުން އެކަމެއްގައި ބައިވެރިވުން.
  • ކައުންސިލުން ހިންގާ ހަރަކާތްތަކާއި، މުނާސަބަތާއި ގުޅިގެން ސާފުތާހިރު ކުރަންޖެހޭ ތަންތަން ސާފްކުރުން.

 

މަގާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލުން ސާފުކުރުމަށް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް އެސަރަހައްދުތައް ސާފުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  • މަސައްކަތް ކުރާ ކޮންމެ ދުވަހަކު ހަމަޖެހިފައިވާ ގަޑިއަށް ކޮމޮޓީގެ މެމްބަރުން ހާޒިރުކޮށް މެމްބަރުން ލައްވާ ސޮއިކުރުވުން.
  • ހާޒިރީފޮތް ތައްޔާރުކުރުމާއި، ވޭތުވެދިޔަ މަހުގެ 16 އިން ފެށިގެން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހާޒިރީ ރިޕޯޓް ކައުންސިލަށް ހުށަހެޅުމާއި، މިނޫންވެސް އިޖްތިމާޢީ ކޮމިޓީގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  • ކޮންމެ ދުވަހަކު މަސައްކަތް ނިމުމުން ސާފުކުރާ ތާވަލްގައިވާ ގޮތަށް ޖެހިގެން އަންނަ ދުވަހު މަސައްކަތް ކުރާނެ ސަރަޙައްދު މަސައްކަތްކުރާ ފަރާތަށް އެންގުން.

        ވީމާ، މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ބޭފުޅުން ޝައުޤުވެރިކަން ފާޅުކޮށް ލިޔުމުން ޝައުޤުވެރިވާ މަޤާމް އެގޭގޮތަށް 09 ޖުލައި 2019 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން މަޑަވެލި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

01 ޖުލައި 2019
ހޯދާ