މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ލ.ގަން، ތ.ތިމަރަފުށި، ތ.ގުރައިދޫ، އަދި ގދ.ގައްދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުން (ޕެކޭޖް - 1) އާއި ހއ.ކެލާ، ރ.ހުޅުދުއްފާރު، ރ.އަލިފުށި، އަދި މ.މުލަކުގެ މަގު ހެދުމުގެ މަޝްރޫޢުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުން (ޕެކޭޖް - 2 )

 

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ހޯދުމަށް ބޭނުންވެއެވެ. ވީމާ، ތިރީގައިމިވާ މިމަސައްކަތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް"  ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

TES/2019/C-014

ލ.ގަން، ތ.ތިމަރަފުށި، ތ.ގުރައިދޫ، އަދި ގދ.ގައްދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުން (ޕެކޭޖް - 1)

TES/2019/C-015

ހއ.ކެލާ، ރ.ހުޅުދުއްފާރު، ރ.އަލިފުށި، އަދި މ.މުލަކުގެ މަގު ހެދުމުގެ މަޝްރޫޢުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުން (ޕެކޭޖް - 2 )

2. މި މަސައްކަތްތަކުގެ ތެރޭގައި ސާރވޭ، ޕްރިލިމިނަރީ ޑިޒައިން، ޑީޓެއިލްޑް ޑިޒައިން، ޓެންޑަރ ޑޮކިއުމަންޓްސް، ޓެކްނިކަލް ސްޕެސިފިކޭޝަން، ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި އީ.އައި.އޭ ހެދުން ހިމެނެއެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

5. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 25 ޖޫން 2019 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

6. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 1400 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" މިމިނިސްޓްރީއަށް ހުށަހެޅުއްވުންއެދެމެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: +(960) 1617

އީ މެއިލް:. [email protected]

ކޮޕީ:   [email protected]

24 ޖޫން 2019

24 ޖޫން 2019
ހޯދާ