މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުން ދޯނި ދުރުރާސްތާ7 ގެ ޓޮޕް އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

c                                       

 

 

"އިޤްތިޞާދީ ފުދުން ތެރިކަން – އިޖްތިމާޢީ ހަމަޖެހުން"

 

 

Secretariat of the Mulakatholhu Naalaafushee Council

         M.Naalaafushi, Republic of  Maldives

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ                                                  

      ނާލާފުށި،                                            

     ދިވެހިރާއްޖެ                                    ނަންބަރ:  (IUL)366/2019/18

 

 

                         އިޢުލާނު

           

މިރަށު ރައްޔިތުންގެ މަސްދޯނި ދުރުރާސްތާ 7 ގެ އިންޖީނު ޓޮޕް އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

 

            މިރަށު ރައްޔިތުންގެ މަސްދޯނި ރަޖިސްޓްރީ ނަންބަރު  G1563B-01-06-K " ދުރުރާސްތާ 7 " ގެ އިންޖީނު ޓޮޕް އޯވަރހޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            ވުމާއިއެކު މިއިދާރާއިން ތަކެތި ދިނުމުން މިމަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މިއިދާރާއަށް އަންގަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި " ރައްޔިތުންގެ މަސްދޯނި ދުރުރާސްތާ 7 ގެ އިންޖީނު ޓޮޕް އޯވަރހޯލް ކުރުމަށް އެދި " މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

             

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކޮށްދިނުން

27 ޖޫން 2019  ބުރާސްފަތި

11:00

މ.ނާލާފުށީ ކައުންސިލް

އަންދާސީ ހިސާބު ބަލައިގަތުން

4 ޖުލައި 2019  ބުރާސްފަތި

11:00

މ.ނާލާފުށީ ކައުންސިލް

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                        21  ޝައްވާލު  1440

                        24  ޖޫން   2019

 

                                                                     ޙަސަން ޢަބްދުއްރަޙްމާން

                                                                     ކައުންސިލްގެ ރައީސް

24 ޖޫން 2019
ހޯދާ