ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޚިދުމަތްތައް އޮންލައިންކުރުމާއި ބެހޭ

އިޢުލާން

މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު : IUL)170-PR/170/2019/34)  އަށް އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސޓީގެ ފަރާތުން ދަރިވަރުންނަށާއި، އެހެނިހެން ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް "އޮންލައިން" ކޮށް އެދެވޭގޮތް ހެދުމަށް ބޭނުންވެއެވެ. އެހެންކަމުން މިކަން ކޮށްދޭނެ ފަރާތެއް ހޯދުމައް ބޭނުންވެއެވެ.

 

ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ޖޫން 24 ވާ ހޯމަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2019 ޖުލައި 02 ވާ އަންގާރަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2019 ޖޫން 24 ވާ ހޯމަ 11:30 އިން ފެށިގެން 2019 ޖޫން 01 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާން އާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 3022115 / 3022120  އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

20 ޖޫން 2019
ހޯދާ