ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގއ.އަތޮޅުހޮސްޕިޓަލުގެ އެން.އައި.ސީޔޫ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ގއ. އަތޮޅު ހޮސްޕިޓަލް

Villingili, Rep of Maldives

GA. Atoll Hospital

ވިލިނގިލި، ދިވެހިރާއްޖެ

 

 

                                                 ނަންބަރު: IUL)GAAH/GAAH/2019/2)

         

އިޢުލާން

 

 

އަތޮޅުހޮސްޕިޓަލުގެ އެން.އައި.ސީޔޫ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

                މި ހޮސްޕިޓަލުން ފޯރުކޮއްދޭ މައުލޫމާތު އަދި ކުރެހުމާއި އެއްގޮތަށް މި ހޮސްޕިޓަލުގެ އެން.އައި.ސީ.ޔޫ ގަ ހުރި މަރާމާތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:  IUL) GAA/2019/1) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު އެއްފަރާތުން ހުށަހެޅުމުގެ ސަބަބުން އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

                ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްރަކުން 23 ޖޫން 2019 ވަނަ ދުވަހުގެ މެންދުރު 14.00 އަށް  މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 26 ޖޫން 2019 ވަނަ ދުވަހުގެ 14.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

                މިހެންވެ މިކަން އާންމުކޮށް  އަންގާ އިޢުލާންކުރީމެވެ. 

                    20 ޖޫން 2019 މ.

                    17ޝައްވާލު 1440

 

 

20 ޖޫން 2019
ހޯދާ