ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު 2019 – އަމަލުކުރާނެ ގޮތުގެ ޢުޞޫލު
- ތަޢާރަފު
މި އުސޫލަކީ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު 2019 ރާވައި، ހިންގާ އަދި މަޢުރަޒުގެ ބައިތަކަށް އިންސާފުކުރުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަމަލުކުރާ ޢުޞޫލެވެ.
މި މަޢުރަޒަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމަށް ބޭއްވޭ މަޢުރަޒެކެވެ.
2. މަޤްސަދު:
ހ. ރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއެޅުމާއި، ދިވެހިންގެ ހުނަރުވެރި، އުފެއްދުންތައް އެއްތާކުން ދައްކައިދިނުން
ށ. މަސައްކަތްތެރިކަމުގެ ފެންވަރު ހާމަކުރުމާއި، ވާދަކުރެވޭނެ ޢުޞޫލެއްގެ ތެރެއިން މަސައްކަތްތެރިންގެ އަގު ވަޒަންކުރާ ޤައުމީ ފެންވަރުގެ އޮނިގަނޑެއް ޤާއިމުކުރުން
ނ. ދިވެހިރާއްޖޭގައި އުފެއްދުންތެރިކަމުގެ ވަށާޖެހޭ މާހައުލެއް ޤާއިމުކުރުމާއި، އުފެއްދުންތެރިކަމުގެ ބަހާތައް އިތުރުކޮށް، ފެންވަރު ރަނގަޅުކޮށްދިނުމަށް އެހީތެރިވުމާއި، ހުރިހާ ރޮންގަކުން އުފެއްދުންތެރިކަން ކުރިއެރުވުމާއި އުފެއްދުންތެރިކަމަށް ހިތްވަރުދިނުން.
ރ. ދިވެހިރާއްޖޭގެ އުފެއްދުންތަކަށް ވާދަވެރި ބާޒާރުތައް ހޯދައިދިނުމާއި، ޒަމާނުއްސުރެ ރާއްޖޭގައި އުފައްދާ ތަކެތީގެ ތެރެއިން އުވެމުން ނުވަތަ ހީނަރުވަމުންދާ އުފެއްދުންތައް ކުރިއެރުވުމާއި، ޚާއްޞަކޮށް ރާއްޖެއަށް ބޭނުންތެރި އުފެއްދުންތައް އިތުރުކުރުމަށް ހިތްވަރުދީ މަގު ތަނަވަސްކޮށްދިނުން.
ބ. ބާޒާރުން ލިބެންހުންނަ ދިވެހި އުފެއްދުންތައް އިތުރުކޮށް ކުރިއަރުވައި، ދެމެހެއްޓެނިވި ވިޔަފާރިތަކަށް މަގުފަހިކޮށްދިނުން.
ޅ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެންވަރު ރަނގަޅު، ގިނަ ތަކެތި އުފެއްދުމަށް ހިތްވަރުދިނުން.
ކ. އުފެއްދުންތެރިކަމުގެ ޒަމާނީ އައު ހޯދުންތަކަށް މަގުފަހިކޮށްދިނުން.
އ. ދިވެހިރާއްޖޭގެ ސަގާފީ އުފެއްދުންތެރިކަން ޒަމާނާ އެކަށީގެންވާގޮތަށް ދިރުވައި އާލާކުރުން.
ވ. ދިވެހި އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގުވަޒަންކުރުން.
3. މަޢުރަޒު ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް:
3.1 ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުޞަތު މިޢުޞޫލުގެ 3.5 ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އޮންނާނެއެވެ. އަދި ދިވެހިރާއްޖޭގައި ދިވެހީން އުފައްދާ ކޮންމެ އުފެއްދުމެއްވެސް ބައިވެރި ކުރެވޭނެއެވެ.
3.2 މި މަޢުރަޒުގައި ތަކެތި ބައިވެރި ކުރެވޭނީ، އެތަކެތިގެ މިލްކުވެރި ފަރާތަށެވެ. ނުވަތަ ބައިވެރި ކުރާ ފަރާތަކީ ޤާނޫނީ ޟަޚުސެއްނަމަ، އެފަރާތަކާއި ތަކެތީގެ މިލްކުވެރި ފަރާތާއި، ދެމެދު ލިއުމުން ވެވޭ އެއްބަސްވުމެއްގެ ދަށުން، ބައިވެރި ކުރާ ތަކެތި މި މައުރަޒުގައި އެފަރާތުގެ ނަމުގައި ބައިވެރިކުރުމުގެ ހުއްދައޮތް ފަރާތަކަށް ވާނަވާނެއެވެ. އަމިއްލަފަރުދަކު އުފެއްދި އެއްޗެއް ދާއިރާއެއްގެ ނަމުގައި ބައިވެރިކުރަންވާނީ، އެދެފަރާތުގެ ދެމެދުގައި ލިޔުމަކުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
3.3 މަޢުރަޒުގައި ބައިވެރިވާ ފަރާތުން، މަޢުރަޒުގައި ވާދަކުރާ ދާއިރާ ނުވަތަ ހައިސިއްޔަތު އަދި ތަކެތި ބައިވެރިކުރަން ބޭނުންވާ ގިންތިތައް، ފޯމުގައި ބަޔާންކުރަން ވާނެއެވެ.
3.4 މަޢުރަޒުގައި 76 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި 76 ގިންތީގެ ތަފުސީލް މިޢުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާނެއެވެ.
3.5 މަޢުރަޒުގައި ބައިވެރިވެވޭނީ؛
(ހ) އަމިއްލަ ފަރުދުން
(ށ) ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
(ނ) ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)
(ރ) ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
(ބ) ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
(ޅ) ކްލަބް ޖަމުޢިއްޔާތަކުގެ ދާއިރާ
މައުރަޒުގައި ތަކެތި ބައިވެރިކުރެވޭނެ ދާއިރާތަކުގެ ތެރެއިން، އަމިއްލަ ފަރުދެއްނަމަ މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން (ހ) ގައި ބައިވެރިވާން ޝައުވެރިވާ ފަރާތުން (ށ)، (ރ) އަދި (ޅ) ގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއެއްގައި، މިއުސޫލުގެ 5 ވަނަ މާއްދާގައި ލިސްޓްކޮށްފައިވާ 76 ގިންތީގެ ތެރެއިން ގިންތިއަކަށް ފެތޭ ކޮންމެ އެއްޗެއް މަޢުރަޒުގައި ބައިވެރިކުރުމުގެ ފުރުޞަތު އެފަރާތަކަށް ލިބިގެންވެއެވެ.
3.6 މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ހުރިހައި ގިންތިއެއްގައި ވެސް ތަކެތި ބައިވެރިކުރެވިދާނެއެވެ.
3.7 މަޢުރަޒުގައި ތަކެތި ބައިވެރިކުރެވޭނީ 76 ގިންތީގެ ތެރެއިން އެ އެއްޗަކާ ގުޅޭ ކޮންމެވެސް އެއް ގިންތިއެއްގައެވެ. އެއް އައިޓަމެއް ދެ ގިންތިއެއްގައި ބައިވެރިއެއް ނުކުރެވޭނެއެވެ.
3.8 މަޢުރަޒުގައި ބައިވެރިވެވޭނީ މަޢުރަޒުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން " އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަކޮށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް، މިނިސްޓްރީގެ ބިޒްނަސް ސެންޓަރަށް ނުވަތަ ރަށު ކައުންސިލަށް ހުށަހެޅުމުންނެވެ.
3.9 މަޢުރަޒުގައި ބައިވެރިކުރާ ތަކެތީގެ ތެރެއިން މެޝިނަރީ ފަދަ ތަކެއްޗަކީ 01 ޖަނަވަރީ 2010 ގެ ފަހުން އުފައްދާފައިވާ ތަކެތި ކަމުގައި ވާންވާނެއެވެ.މަޢުރަޒުގައި ބައިވެރިކުރާ މިނޫން އުފެއްދުންތަކަކީ 01 ޖަނަވަރީ 2016 ގެ ފަހުން އުފައްދާފައިވާ ތަކެތި ކަމުގައި ވާންވާނެއެވެ.
3.10 މަޢުރަޒުގައި ބައިވެރިކުރާ ތަކެއްޗަކީ ދިވެއްސަކު ނުވަތަ ދިވެހިންގެ ބަޔަކު ބައިވެރިވެގެން ދިވެހިރާއްޖޭގައި ހަދާފައިވާ ތަކެއްޗަށް ވާންވާނެއެވެ.
3.11 ޤައުމީ ފެންވަރުގެ އެހެން މައުރަޒެއްގައި ނުވަތަ މުބާރާތެއްގައި ބައިވެރި ކޮށްފައިވާ އެއްޗެއް މި މަޢުރަޒުގައި ބައިވެރިއެއް ނުކުރެވޭނެއެވެ.
3.12 މަޢުރަޒުގައި ބައިވެރިކުރާ ތަކެތި ބައިވެރިކުރަންވާނީ އެ ތަކެއްޗެއް ހެދި ދިވެއްސެއްގެ ނުވަތަ ދިވެހި ބައެއްގެ ނަމުގައެވެ. ތަކެތި ބައިވެރިކުރާ ފަރާތްތަކުން މިކަން ރަނގަޅަށް ބަލަންވާނެއެވެ. އަދި މަޢުރަޒުގައި ބައިވެރިކުރާ ތަކެއްޗަކީ އެ އެއްޗެއް ބައިވެރިކުރި މީހަކު ނުވަތަ ބަޔަކު ހެދި ތަކެތިކަމާމެދު ފަނޑިޔާރުންނަށް ޝައްކުވެއްޖެ ހިނދެއްގައި އެ ފަރާތަކާ ނުވަތަ އެބަޔަކާ ސުވާލުކުރެވިދާނެއެވެ. އެ ތަކެއްޗަކީ، އެތަކެތި ބައިވެރިކުރި މީހަކު ނުވަތަ ބަޔަކު ހެދި އެއްޗެއްކަން ސާބިތުކޮށް ނުދެވިއްޖެނަމަ އެ އެއްޗެއް މަޢުރަޒުން ވަކިކުރެވޭނެއެވެ.
3.13 މަޢުރަޒުގައި ބައިވެރިކުރާ ތަކެތި ހަވާލުކުރަންވީ ދުވަސްތަކާއި ފަރާތަކާއި އަދި ތަނެއް ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ ފާރާތްތަކަށް މިނިސްޓްރީން އަންގާނެއެވެ.
3.14 މަޢުރަޒުގައި ބައިވެރިކުރާ ތަކެތިހަވާލުކުރަންވާނީ ލޭބަލްކޮށް، ރަނގަޅަށް ބަންދު ކުރުމަށްފަހުގައެވެ.
3.15 މައުރަޒަށް ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، އިނާމު ޙައްޤުވާ ފަރާތް ކަނޑައަޅާނީ އެކަމަށް، ސްޓެއަރިންގް ކޮމިޓީގެ ލަފާގެ މަތިން މިމިނިސްޓްރީން ކަނޑައަޅުއްވާފައިވާ ފަޑިޔާރުންގެ ފަންނީ ކޮމިޓީއަކުންނެވެ.
3.16 މައުރަޒަށް ހުށަހެޅޭ ހުށަހެޅުންތައް ވަޒަންކުރުމުގެ ގޮތުން، އުފެއްދުންތަކުގެ އިތުރު މަޢުލޫމާތާއި ތަކެތި އުފައްދާ ތަނެއް ބަލަން ދާންޖެހިއްޖެ ޙާލަތެއްގައި އެތަނެއް ބެލުމުގައި، މަޢުރަޒުގައި އެތަކެތި ބައިވެރިކުރި ފަރާތަކުން އެއްބާރުލުން ދޭންވާނެއެވެ.
3.17 މި މައުރަޒުގައި ބައިވެރި ކުރާތަކެތީގެ ތެރެއިން އުފެއްދުމަކާގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރަންޖެހިއްޖެ ހާލަތެއްގައި އެ މަޢުލޫމާތެއް ދިނުމުގައި ނުވަތަ އުފެއްދުމެއްގައިވާކަމެއް ޔަގީންކުރުމަށްޓަކައި، މައުރަޒަށް ހުށަހެޅޭ ތަކެތި އުފައްދާ ތަނެއް ބަލަން ދާންޖެހިއްޖެ ޙާލަތެއްގައި އެތަނެއް ބެލުމުގެ ފުރިހަމަ އިހްތިޔާރު ފަޑިޔާރުންނަށް ލިބިގެންވެއެވެ. އަދި ތަކެތި ބައިވެރިކުރާ ފަރާތުން އެތަނެއް ބެލުމަށް މަގުފަހި ކޮށްދޭންވާނެއެވެ.
3.18 މި މައުރަޒަށް ހުށަހެޅޭ ހުށަހެޅުންތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަނުވާ ކޮންމެ ހުށަހެޅުމެއް ބާޠިލުކުރުމުގެ އިޚްތިޔާރު، މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
3.19 މަޢުރަޒުގެ ޢުޞޫލުގެ އެއްވެސް މާއްދާއަކާ ޚިލާފަށް އެއްޗެއް ހުށަހަޅައިފިކަން އެނގިއްޖެނަމަ، އެކަން އެނގުނު ވަގުތުން ފެށިގެން އެ އެއްޗެއް މަޢުރަޒުން ވަކިކުރެވޭނެއެވެ. މަޢުރަޒުގެ ނަތީޖާ ފާޅުކުރުމަށްފަހު އެނގޭ މިފަދަ އެނގުމަކުން ނަތީޖާއަށް ބަދަލެއް ނުގެނެވޭނެއެވެ. ނަމަވެސް އެއެއްޗެއް ބައިވެރިކޮށްގެން ލިބިފައިވާ ވަނައާއި، ސެޓްފިކެޓާއި، އިނާމާއި، ތަށްޓާއި، ފައިސާގެ އިނާމާއި މެޑެލް އަތުލައި އެކަން އިޢުލާން ކުރެވޭނެއެވެ.
4. ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގެ ވަނަތައް:
4.1 ދާއިރާތަކުގެ ވަނަ: މި މަޢުރަޒުގައި ތަކެތި ބައިވެރި ކުރާ ކޮންމެ ދާއިރާއަކުން ހޮވާނީ 1 ވަނަ 2 ވަނަ 3 ވަނަ.
4.2 ގިންތިތަކުގެ ވަނަ: މި މަޢުރަޒުގައި ތަކެތި ބައިވެރި ކުރާ ކޮންމެ ގިންތިއަކުން ހޮވާނީ 1 ވަނަ 2 ވަނަ 3 ވަނަ.
4.3 ރަންވަނަ ވަނަ ( މުޅިމަޢުރަޒުން އެންމެ މަތިން މާރކްސް ލިބޭ ފަސް އުފެއްދުން): މި މަޢުރަޒުގައި ބައިވެރި ކުރާ ތަކެތީގެ ތެރެއިން، ކޮންމެ ގިންތި އަކުންވެސް %85 އަށް ވުރެ މަތިން މާރކްސް ލިބޭ ތަކެތި މުޅި މައުރަޒުގެ ރަންވަނައަށް ވާދަކުރެވޭނެއެވެ. އަދި އޭގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅުއްވާ އެންމެ ރަނގަޅު 5 އުފެއްދުމަށް ރަންވަނަ ދެވޭނެއެވެ
4.4 ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ގިންތިތަކުން ވަނަތަކަށް ވާދަކުރުމަށް މާރކްސް ލިބެންޖެހޭ މިންވަރު:
ކޮންމެ ގިންތި އަކުންވެސް 1ވަނަ، 2 ވަނަ އަދި 3 ވަނައަށް ވާދަކުރެވޭނީ އަންނަނިވި މިންވަރަށް މާރކްސް ލިބިގެންނެވެ.
ވަނަ |
މާރކްސް (އިންސައްތަ) |
1 |
85 އިންސައްތަ މާރކްސް އިން ފެށިގެން މަތި |
2 |
65 އިންސައްތަ މާރކްސް އިން ފެށިގެން މަތި |
3 |
50 އިންސައްތަ މާރކްސް އިން ފެށިގެން މަތި |
4.5 ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ހިމެނިފައިވާ ދާއިރާތަކުން ވަނަތަކަށް ވާދަކުރުމަށް މާރކްސް ލިބެންޖެހޭ މިންވަރު:
މި މަޢުރަޒުގެ ދާއިރާތަކުން ( ޖުމްލަ 5 ދާއިރާ) ވަނައަށް ވާދަކުރެވޭނީ އެ ދާއިރާއަކުން ބައިވެރިވާ ފަރާތަކުން މަދުވެގެން 5 ގިންތިއެއްގައި ބައިވެރިވެގެންނެވެ.
ކޮންމެ ދާއިރާއަކުންވެސް 1ވަނަ، 2 ވަނަ އަދި 3 ވަނައަށް ވާދަކުރެވޭނީ އަންނަނިވި މިންވަރަށް އެވަރެޖު މާރކްސް ހާސިލުކޮށްގެންނެވެ.
ވަނަ |
މާރކްސް (އިންސައްތަ) |
1 |
އެވަރެޖް 85 އިންސައްތަ މާރކްސް އިން ފެށިގެން މަތި |
2 |
އެވަރެޖް 65 އިންސައްތަ މާރކްސް އިން ފެށިގެން މަތި |
3 |
އެވަރެޖް 50 އިންސައްތަ މާރކްސް އިން ފެށިގެން މަތި |
4.6 އިންސާފު ކުރުމުގައި ބަލާނެ އާންމު ބައިތައް
1- ފަރުމާކުރުމުގެ ފުރިހަމަކަމާއި، މަސައްކަތުގެ ފަށުވިކަމާއި، ޚިޔާލުގެ މުއްސަނދިކަން
2- މީހާގެ ހުނަރު ބޭނުންކޮށްގެން އުފެއްދުން އުފައްދާފައިވާ މިންވަރު
3- އުފެއްދުން ފަރުމާކޮށް އުފެއްދުމުގައި ޒަމާނީ ދިރިއުޅުމުގެ ބޭނުންތަކަށް އުފެއްދުން ތައްޔާރުކުރެވިފައިވާ މިންވަރު
4- އެ އުފެއްދުން ބަންދުކުރުމާއި، ގެންގުޅުމާއި، ބޭނުންކުރުމުގައި ހުރި ފަސޭހަކަން ނުވަތަ މަރުކާ ކުރެވިފައިވާ މިންވަރު
5- އުފައްދަން ބޭނުންކޮށްފައިވާ މެޓީރިއަލްސް
6- އުފެއްދުން މާރކެޓް ކުރެވިދާނެ މިންވަރު
7- އުފެއްދުމުގައި ތިމާވެށްޓާއި ރަހުމަތްތެރި މިންވަރު
4.7 އިސްފަނޑިޔާރުންގެ ކޮމެޓީގެ ލަފާގެމަތިން އިންސާފުކުރާ މިންގަނޑުތަކަށް ބަދަލުގެނައުމުގެ އިޚުތިޔާރު މަޢުރަޒު ސްޓެއަރިންގް ކޮމެޓީއަށް ލިބިގެންވެއެވެ. އަދި ވަކި ގިންތިއަކަށް ނުވަތަ ވަކި ގިންތިތަކަކަށް އިންސާފުކުރާ ޚާއްސަ މިންގަނޑެއް ނުވަތަ މިންގަނޑުތަކެއް ހަދަންޖެހިއްޖެ ހާލަތެއްގައި އެފަދަ މިންގަނޑުތަކެއް ހެދުމުގެ އިޚުތިޔާރު މަޢުރަޒު ސްޓެއަރިންގް ކޮމެޓީއަށް ލިބިގެންވެއެވެ.
5 މަޢުރަޒުގެ 77 ގިންތި:
އަންނަނިވި ތާވަލުގައި އެވަނީ މަޢުރަޒުގެ ގިންތިތަކާއި ގިންތިތަކަށް ދެވިފައިވާ ކޯޑުތަކެވެ.
މަޢުރަޒުގައި ތަކެތި ބައިވެރިކުރާނެ ގިންތިތައް |
ކޯޑު |
.1އަތްތެރި މަސައްކަތް |
|
ލިޔެލާޖެހި ތަކެތި |
0101 |
ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސުވެނިއަރ |
0102 |
ކަނޑައިނެގުން (ކާވިންގ) |
0103 |
ކަސަބުން އުފައްދާތަކެތި |
0104 |
ވިޔުމުގެ މަސައްކަތް |
0105 |
ކުނަލާއި ކުނަލުގެ އުފެއްދުންތައް |
0106 |
އަތްތެރި މަސައްކަތުގެ އެހެނިހެން ބައިތައް |
0107 |
2. ދަނޑުވެރިކަން |
|
ދަނޑުވެރިކަމުގެ އުފެއްދުންތައް (ވެލިއު އެޑިޝަން) |
0208 |
ދަނޑުވެރިކަމުގެ ދާއިރާގެ އާ އުފެއްދުން |
0209 |
ދަނޑުވެރިކަމުގެ އާލާތް (ޓޫލްސް / މެޝިނަރީ) |
0210 |
ދަނޑުވެރިކަމުގެ މަސައްކަތުގެ އެހެނިހެން އުފެއްދުންތައް |
0211 |
3. މަސްވެރިކަން |
|
މަހުގެ އުފެއްދުންތައް (ވެލިއު އެޑިޝަން) |
0312 |
މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުން |
0313 |
މަސްވެރިކަމުގެ އާލާތް (ޓޫލްސް / މެޝިނަރީ) |
0314 |
މަސްވެރިކަމުގެ މަސައްކަތުގެ އެހެނިހެން އުފެއްދުންތައް |
0315 |
4. ދަތުރުފަތުރު |
|
ކަނޑުދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލްތައް |
0416 |
ކަނޑުދަތުރު އުޅަނދުގައި ބޭނުންކުރާ އާލާތްތައް |
0417 |
ކަނޑުދަތުރުކުރާ އުޅަންދުގެ އާ އުފެއްދުންތައް |
0418 |
އެއްގަމުދަތުރުކުރާ އުޅަނދުގެ މޮޑެލްތައް |
0419 |
އެއްގަމުދަތުރުގެ އުފެއްދުން (މޮޑެލް) |
0420 |
ދަތުރުފަތުރުގެ އެހެނިހެން އުފެއްދުންތައް |
0421 |
5. އިމާރާތްކުރުން |
|
އިމާރާތްކުރުމުގައި ބޭނުންކުރާ އާލާތްތައް |
0522 |
އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތި |
0523 |
އިމާރާތްކުރުމުގައި ބޭނުންކުރާ އާ އުފެއްދުން |
0524 |
އެތެރެ ފަރުމާ (އިންޓީރިއަރ ޑިޒައިން) – ތްރީޑީ ނުވަތަ މޮޑެލް |
0525 |
އިމާރާތް ކުރުމުގެ ދާއިރާގެ އެހެނިހެން އުފެއްދުންތައް |
0526 |
6. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ |
|
ފޯނު އެޕްލިކޭޝަން |
0627 |
ކޮންޕިއުޓަރު ސޮފްޓްވެއަރ |
0628 |
ކޮންޕިއުޓަރު އެނިމޭޝަންގެ މަސައްކަތް |
0629 |
ދިވެހިރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ |
0630 |
އިލެކްޓްރޯނިކްސް އެންޑް އާޓިފިޝަލް އިންޓަލިޖެންސް |
0631 |
ގޭމިންގ |
0632 |
ރޮބަޓްސް އެންޑް ރޮބަޓް ޓެކްނޮލޮޖީ |
0633 |
3 ޑީ VR ގެ އުފެއްދުންތައް |
0634 |
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހެނިހެން އުފެއްދުންތައް |
0635 |
7. އުފެއްދުންތެރި ކުރެހުމާއި ފަރުމާކުރުން (ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން) |
|
ކުރެހުން (ޑްރޯވިންގ) |
0736 |
3D އާޓްސް |
0737 |
ޕެއިންޓިންގ |
0738 |
ސްކަލްޕްޗަރ އަދި މޮނިއުމެންޓްސް |
0739 |
ޑިޖިޓަލް އާޓްސް |
0740 |
ކެލިގްރަފީ |
0741 |
ޕޯސްޓް ކާޑު |
0742 |
އާޓްގެ އެހެނިހެން ބާވަތްތައް |
0743 |
8. ފެޝަން އެންޑް ޑިޒައިން |
|
ފޮތީގެ އަދި ފެހުމުގެ އުފެއްދުން |
0844 |
ފޮތި ޑިޒައިންކުރުން |
0845 |
އެމްބްރޮއިޑަރީ މަސައްކަތް |
0846 |
ފެޝަން އެންޑް ޑިޒައިންގެ އެހެނިހެން އުފެއްދުންތައް |
0847 |
9. ޖުވެލަރީ އެންޑް އެކްސަސަރީޒް |
|
ރަންރިހިން އުފައްދާ ތަކެތި |
0948 |
ބޫޓު / ދަބަސް ފަދަ ތަކެތި |
0949 |
ޕަރސަނަލް އެކްސެސަރީޒް |
0950 |
ޖުވެލަރީ އެންޑް އެކްސަސަރީޒުގެ އެހެނިހެން އުފެއްދުންތައް |
0951 |
10. ހަކަތަ (އެނަރޖީ) |
|
އިޔާދަކުރަނިވި ހަކަތައާއި ތިމާވެއްޓާ ރައްޓެހި (ރިނިއުއެބަލް / ގްރީން އެނަރޖީ) ހަކަތައިގެ އުފެއްދުންތައް |
1052 |
11. ކާބޯތަކެތި |
|
ގިނަދުވަހު ހުންނަގޮތަށް ބަންދުކޮށްފައިވާ ކާތަކެތި |
1153 |
ގިނަދުވަހު ހުންނަގޮތަށް ބަންދުކޮށްފައިވާ އެކިބާވަތުގެ ބުއިންތައް |
1154 |
ތިމާވެއްޓާއި ރަހުމަތްތެރިގޮތަށް ބަންދުކޮށްފައިވާ ކާބޯތަކެތި |
1155 |
ކާބޯތަކެތީގެ އެހެނިހެން އުފެއްދުންތައް |
1156 |
12. މެޝިނަރީ އެންޑް އިކްއިޕްމަންޓްސް |
|
މަސައްކަތްތައް ލުއިފަސޭހަ ކުރުމުގެ ގޮތުން ބޭނުންކުރާ މެޝިނަރީ އާއި އިކްއިޕްމަންޓްސް |
1257 |
އިލެކްޓްރޯނިކްސް ގެ އުފެއްދުންތައް |
1258 |
ބޭނުންކޮށްފައިވާ ތަކެތި ރީސައިކަލް ކުރެވޭ މެޝިނަރީއާއި އިކްޕްމަންޓްސް |
1259 |
އެހިނިހެން މެޝިނަރީ އާއި އިކްއިޕްމަންޓްސް |
1260 |
13. ލަކުޑީގެ އުފެއްދުންތައް |
|
ތެދުއުއި ވަޑާމުގެ އުފެއްދުންތައް |
1361 |
ލަކުޑި ބޭނުންކޮށްގެން އުފައްދާފައިވާ އެހެނިހެން އުފެއްދުންތައް |
1362 |
14. ބަހުގެ އުފެއްދުންތައް |
|
އުނގެނުމާއި އުނގަންނައިދިނުމުގެ އެހީ (ލިޔުންތައް) |
1463 |
ފޮތް |
1464 |
މުނިފޫހިފިލުމުގެ ލިޔުންތައް |
1465 |
ޅެންވެރިކަމުގެ އުފެއްދުންތައް |
1466 |
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަ ކުރެވޭ އުގަންނާދޭ ތަކެތި |
1467 |
ތާރީޚީ ލިޔުންތައް |
1468 |
ކުޑަކުދިންގެ ފޮތް |
1469 |
15. އެހެނިހެން |
|
ގަލުގެ މަސައްކަތް |
1570 |
ފޮޓޯގްރަފީ |
1571 |
ޑޮކިއުމެންޓްރީ (5 މިނެޓާއި 30 މިނެޓާއި ދެމެދު) |
1572 |
ދަނގަޑާއި އެހެނިހެން މައުދަނުގެ އުފެއްދުން |
1573 |
ފައިބަރުގެ މަސައްކަތް |
1574 |
ކުޑަކުދިންގެ ކުޅޭސާމާނު |
1575 |
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ތަކެތި |
1576 |
ސިންގަލް ޔޫސްޑް ޕްލާސްޓިކް ވީހާވެސް މަދުން ބޭނުންކުރެވޭނެ ގޮތްތަކެއް ނުވަތަ ތަކެތި |
1577 |
ގިންތިތަކުގެ ތަފްސީލު ޖަދުވަލު (1)ގައި ހިމެނިފައިވާނެއެވެ.
6 މުހިންމު އިތުރު މައުލޫމާތު
6.1 މަޢުރަޒުގައި ބައިވެރިވެވޭނީ، ދިވެހިރާއްޖޭގެ ޤައުމީ މައުރަޒު 2019 ގައި ބައިވެރިވުމަށް އެދޭފޯމް ފުހިހަމަކޮށް، ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން މިނިސްޓްރީއަށް ފޯމް ހުށަހަޅާފަރާތްތަކަށެވެ.
6.2 މަޢުރަޒުގައި ބައިވެރިވާ ފަރާތުގެ އިތުރުން މަޢުރަޒާ ގުޅޭގޮތުން މުޢާމަލާތް ކުރެވޭނެ ފަރާތެއްގެ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
6.3 މަޢުރަޒުގައި ބައިވެރިވާ ފަރާތަށް މައުރަޒަށް އާދެވެންނެތް ނަމަ، ބަދަލުގައި އެހެންފަރާތެއް މަޢުރަޒުގައި ތަމްސީލު ކުރެވިދާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން މި މިނިސްޓްރީއަށް ސިޓީ/ އީމެއިލް ([email protected])އަކުން އަންގަންވާނެއެވެ. އަދި ބަދަލުގައި ފޮނުވާ ފަރާތް މަޢުރަޒު އޮފީހުގައި ރަޖިސްޓްރީ ކުރަން ވާނެއެވެ.
6.4 މި ޢުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީ މަޢުރަޒު ސްޓެއަރިންގް ކޮމިޓީގެ މަޝްވަރާގެ މަތިންނެވެ.
7 ޢަމަލުކުރަން ފެށުން
މި އުސުލޫށް އަމަލުކުރުން ފަށަނީ މި ޢުޞޫލު ދިވެހި ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.
ޖަދުވަލު 1
1. މަޢުރަޒުގައި ތަކެތި ބައިވެރިކުރުމަށް ކަނޑައަޅާފައިވާ ގިންތިތަކުގެ ތަފްޞީލް
1. އަތްތެރި މަސައްކަތް:
އަތްތެރި މަސައްކަތުގެ ތެރޭގައި ހިމެނޭނީ، މީހަކު އެމީހެއްގެ ކުޅަދާނަކަމާއި، ހުނަރުވެރިކަމުން އުފައްދާ ތަކެއްޗެވެ. މިގޮތުން ތަކެތި އުފެއްދުމުގައި ބޭނުންކުރާ އާލަތްތަކާއި މެޝިންފަދަ ތަކެއްޗަކީ ސިދާ އެ އެއްޗެއް އުފެއްދުމަށް ޚާއްޞަކޮށް ބައްޓަންކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެއެވެ. މިސާލަކަށް ލިޔެލާޖެހުމުގެ މަސައްކަތުގައި ބޭނުންކުރާ، ލިޔާ ހަރާއި ކަށި، ލަކުޑިގަނޑު ބައްޓަންކުރުމަށް ބޭނުންކުރާ ތަކެއްޗެވެ. މިތަކެއްޗަކީ، އޭގެޒާތުގައި ލިޔެލާޖެހި ތަކެތި އުފައްދާ މެޝިނެއް ނޫނެވެ. މީހާގެ ހުނަރުވެރިކަމާއި ކުޅަދާނަކަމުން މިތަކެތި ބޭނުންކޮށްގެން މަސައްކަތަށް ހަލުވިކަމެއް ގެނެސްދެނީއެވެ.
އަތުލިޔުމެއް ކަމުގައިވާނަމަ އެކަމަށް ބޭނުންކުރި ގަލަމަކީ ދެލިހިނގުމުގައި އެހެންގަލަމާ ތަފާތުކަމެއްހުރި ގަލަމަކަށްވިޔަސް ލިޔުމުގެ ރީތިކަމާއި ފަށުވިކަން ގެނެސްދެވޭނީ އެމީހެއްގެ މޮޅުކަމާއި ކުޅާދަނަކަމުންނެވެ. ނަމަވެސް ކޮމްޕިއުޓަރު ބޭނުންކޮށްގެން ލިޔުންގަނޑެއް ލިޔެ ހުށަހެޅުމަކީ، ހުށަހެޅިފަރާތުގެ މޮޅުކަމާއި ހުނަރުވެރިކަން ދައްކުވައިދޭކަމެއް ނޫނެވެ. ހުށަހެޅިފަރާތުން ކުރިމަސައްކަތަކީ އެލިޔުން ޓައިޕްކުރުމެވެ. މިއީ އަތްތެރި މަސައްކަތުގެ ތެރޭތައި ހިމެނޭނެ މަސައްކަތެއް ނޫނެވެ.
0101. ލިޔެލާޖެހިތަކެތި:
މިބައިގައި ހިމެނޭނީ، ލާބޭނުންކޮށްގެން އުފައްދާ ތަފާތުތަކެއްޗެވެ. ސްވެނިއަރގެ ގޮތުގައި އުފައްދާ ތަކެއްޗާއި ސްވެނިއަރ ނޫން ބޭނުންތަކަށް އުފައްދާތަކެތިވެސް ލިޔެލާޖަހައިގެން އުފައްދާފައިވާނަމަ މިބައިގައި ހިމޭނެއެވެ. ލިޔެލާޖެހިތަކެތީގެ ތެރޭގައި، ލާފެންކުރުމާއި ދެފަށްލާޖެހުމާއި ލާދުއްވުމާއި މި ނޫންވެސް ތަފާތު ގޮތްގޮތަށް ލާބޭނުންކޮށްގެން ކުރާހުރިހާ މަސައްކަތެއް ހިމެނޭނީ މިބައިގައެވެ.
0102. ދިވެހިރާއްޖެ ރަމްޒްކޮށްދޭ ސްވެނިއަރ:
މިބައިގައި ހިމެނޭނީ، ދިވެހިރާއްޖޭގެ ސަޤާފަތާއި ދިވެހިތާރީޚާއި ދިވެހިންގެ އާދަކާދައާ، ގުޅުންހުރި ދިވެހިވަންތަ ސިފައެއް ދައްކުވައިދޭ ތަކެތީގެ ސިފައަށް އޭގެ ބައްޓަން ނުވަތަ އަސްލު ނުގެއްލޭ ގޮތަށް، އަތްމައްޗަށް ލުއި، ގެންގުޅެން ފަސޭހަކޮށް އަޞްލު ސައިޒަށް ނުވަތަ އެއަށްވުރެ ކުދިކޮށް ހަދާފައި ހުންނަ ތަކެއްޗެވެ. މިސާލަކަށް: ކުރީޒަމާނުގައި ދިވެހި އޮޑިދޯނިފަހަރުގައި ދިޔަހިއްކަން ގެންގުޅުނު ފައި، މަސްއައިންމަތީގައި ފެންލާން ގެންގުޅުނު ފެންފުޅަފި، ކިރުފެލަން ގެންގުޅުނު ތަގަރި، ތެޔޮ ހޭނުމުގެ މަސައްކަތުގައި ގެންގުޅުނު އޮބި، މިފަދަތަކެއްޗާއި މިނޫންވެސް އާންމު ދިރިއުޅުމުގައި ބޭނުންކުރި ހިފާގެންގުޅުނު ތަކެއްޗާއި، ކިޔަވައި ދިނުމުގައި ނުވަތަ އާމްދަނި ހޯދުމުގެ މަސައްކަތުގައި ބޭނުންކުރި ތަކެތީގެ ސިފައަށް ހަދާފައި ހުންނަތަކެއްޗެވެ.
0103. ކަނޑައިނެގުން (ކާވިންގ):
މިބައިގައި ހިމެނޭނީ، ލަކުޑީގައި ނުވަތަ ގަލުގައި ނުވަތަ ޕްލާސްޓިކްގައި އަދި މީގެ އިތުރުންވެސް ތަކެތި އުފެއްދުމުގައި ބޭނުންކުރާ ފުރަތަމަ ވަޞީލަތުގައި (ރޯމެޓީރިއަލް) ކަނޑާނަގާފައި ހުންނަ މަންޒަރު، ލިޔުން، ތަނެއްގެ ސިފަ ދައްކުވައިދޭ ނުވަތަ މަސައްކަތެއްގެ މާހައުލު ސިފަކޮށްދޭ ގޮތަށް ކަނޑައިނަގާފައިހުންނަ މިފަދަ އުފެއްދުންތަކެވެ.
0104. ކަސަބުން އުފައްދާތަކެތި:
މިބައިގައި ހިމެނޭނީ، ކަސަބު ބޭނުންކޮށްގެން އުފައްދާ ތަފާތުތަކެއްޗެވެ. އެންމެގިނައިން، ޒަމާނުއްސުރެ ކަސަބު ބޭނުންކުރަމުން އައިސްފައިވަނީ، ދިވެހިލިބާހުގެ ކަރުގެ ކައިރިފަށުގައި ވަށައިގެން އަޅާފައިހުންނަ ހިރު ގެތުމަށެވެ. މަދުންނަމަވެސް، ކަސަބުތާކިހާ، ކަސަބުމުންޑު، ކަސަބުޖެހިފޭލި، އުފައްދާފައިހުރެއެވެ. ކަސަބުގެ އުފެއްދުންތައް ގިނައިން ހުންނަނީ ފޭރާންފަދަ ތަކެތި ޒީނަތްތެރިކުރުމުގައެވެ. ނަމަވެސް ކަސަބު ބޭނުންކޮށްގެން އުފައްދާ އަންނައުނު އަދި ހެދުން އެޅުމުގައި ބޭނުންކުރާ ތަފާތު ތަކެތި އަދި ސްވެނިއަރގެ ގޮތުގައި ކަސަބުން އުފައްދާ ތަފާތުތަކެތި މިބައި ހިމެނޭނެއެވެ.
0105. ވިޔުމުގެ މަސައްކަތް:
މިބައިގައި ހިމެނޭނީ ކުނާ ފިޔަވައި، ވިޔާހަރު ބޭނުންކޮށްގެންނާއި ބޭނުންނުކޮށް ވިޔެފައިހުންނަ ތަކެއްޗާއި ފޭރާން ނުވަތަ ފޮތި ފަދަ ތަކެއްޗެވެ. ވިޔާހަރަކީ، އޭގެޒާތުގައި ވަކިވައްތަރެއްގެ ފޭއްޔެއް ނުވަތަ ވަކިވައްތަރެއްގެ ފޮއްޗެއް ވިޔުމަށް ނުވަތަ ވަކި ސައިޒަކަށް ނުވަތަ ވަކި ޑިޒައިންނަކަށް ފޮތި ވިޔުމުގެ ޤާބިލްކަން ލިބިފައިވާ އެއްޗެއް ނޫނެވެ. ވިޔާ ފޮތީގެ ނުވަތަ ފޭރާމުގެ ހިމުންކަމާއި ފަށުވިކަން އަދި ތަފާތު ޑިޒައިންތަކާއި ތަފާތު ކުލަތައް އެ ފޭރާމަކުން ދައްކުވައިދޭނީ، ވިޔާމީހާގެ ފަންނުވެރިކަމާއި ހުނަރުވެރިކަމުންނެވެ. މިޒާމާނުގައި އުފައްދާފައިހުންނަ ފޭރާންވިޔާ މެޝިން ބޭނުންކޮށްގެން ވިޔާތަކެތި މިބައިގައި ބައިވެރިއެއް ނުކުރެވޭނެއެވެ. ރާއްޖޭގައި މީހުން އަތުންވިޔެ އަދި ވިޔަމުންދާ ސާންތި، ތޮށަލި، ސަޓާ، ފަންގި ފަދަތަކެތި މިބައިގައި ހިމެނޭނެއެވެ.
0106. ކުނަލާއި ކުނަލުގެ އުފެއްދުން:
މިބައިގައި ހިމެނޭނީ ވިޔެފައިހުންނަ ތަފާތުވައްތަރުގެ ކުނަލާއި ކުނާފަދަ ތަކެއްޗެވެ. ޒަމާނުއްސުރެ ރާއްޖޭގައި ކުނާވިޔެއުޅުނީ، ވަކަ ނުވަތަ ސުތުލިފަދަ އެއްޗެއް ދިގަށް ފުރައިގެން ހައި ނުވަތަ ކަށިކެޔޮފަތް ބޭނުންކޮށްގެންނެވެ. ކުނަލުގެ ވައްތަރުގެ ތެރޭގައި އާދައިގެ ކުނާ ކުރެހިކުނާ މަލިންކުނާ، ތުޑުކުނާ އަދި މިނޫންވެސް ތަފާތު ނަންނަމުގައި ކުނާހުރެއެވެ. މިހުރިހާ ވައްތަރެއްގެ ކުނާވެސް ހިމެނޭނީ މިބައިގައެވެ. ދެން މިބައިގައި ހިމެނޭނީ، ކުނަލުން އުފައްދާ ތަކެއްޗެވެ. މިސާލަކަށް، ކުނާ ބޭނުންކޮށްގެންހަދާ އަތްދަބަސް، ވޯލްހެންގަރ، މޭޒުމަތީ މެޓް، މިފަދަތަކެއްޗެވެ.
0107. އަތްތެރިމަސައްކަތުގެ އެހެނިހެން ބައިތައް:
މިބައިގައި ހިމެނޭނީ، އިސްވެބަޔާންކުރެވުނު، 7 ބައިގެ ތެރޭގައި ނުހިމެނޭކަމަށް ފެންނަ، އަތްތެރިމަސައްކަތުގެ އުފެއްދުންތަކެވެ. މި އުފެއްދުންތައްވެސް ހުންނަންވަނީ، ނަންބަރު 1 ގައި ބަޔާންކޮށްފައިވާ ފަދައިން އެއެއްޗެއް އުފެއްދި މީހެއްގެ ކުޅަދާނަކަމާއި ހުނަރުވެރިކަމާއި ފަންނުވެރިކަން އެކުލެވޭގޮތަށެވެ. މެޝިނެއްގެ ނުވަތަ ބޭނުންކުރި އެހެންވެސް އާލާތެއްގެ މޮޅުކަމުން އުފެއްދި އެއްޗަކަށް ވެގެން ނުވާނެއެވެ.
2- ދަނޑުވެރިކަން:
ދަނޑުވެރިކަމަކީ، ދިރިއުޅުމަށްކުރާ މަސައްކަތެއްގެގޮތުގައި ބިމުގައި ގޮވާން ކުރުމާއި ގަސްގަހާގެހި ހެއްދުމެވެ. މީގެތެރޭގައި ކާބޯތަކެތި އަޅާ ގަސްގަހާގެއްސާއި، މާމެލާމެލީގެ ގަސްގަހާގެއްސާއި ބަގީޗާގައި ހައްދާ ގަސްގަހާގެއްސާއި، ހިޔާހޯދުމުގެ ބޭނުމުގައި ނުވަތަ މާހައުލުގެ ވައިސާފުކުރުމުގެ ބޭނުމުގައި ހައްދާ ގަސްގަހާގެއްސާއި ލަކުޑީގެ ބޭނުމުގައި ހައްދާ ގަސްގަހާގެއްސާއި ދިވެހިރުކާއި ގޭތެރެ ޒީނަތްތެރިކުރުމުގެ ގޮތުން ހައްދާ ގަސްގަހާގެހި ހިމެނޭނެއެވެ.
0208. ދަނޑުވެރިކަމުގެ އުފެއްދުން (ވެލިއު އެޑިޝަން):
މީބައިގައި ހިމެނޭނީ ތަފާތުބާވަތްތަކުގެ ގޮވާމާއި ތަރުކާރީއާއި މޭވާއާއި ފަލަމަޑީގެ ބާވަތްތަކާއި ފަތްޕިލާވެއްޔާއި ގޮބޮޅި މިރި ކުނރުބާ ކާށި ކުރޮޅި ފަދަ ކާތަކެތި ބޭނުންކޮށްގެން (މަދުވެގެން އެއްމަސްދުވަހަށް) ރައްކާކުރެވޭ ގޮތަށް ފުޅި، ދަޅު، ކޮތަޅުފަދަ ތަކެތީގައި ބަންދުކޮށްގެން ގިނަދުވަހަށް (މަދުވެގެން އެއްމަސްދުވަހަށް) ބެހެއްޓެގޮތަށް އުފައްދާ ކަބޯތަކެއްޗެވެ. މީގެތެރޭގައި ތަރަފަނަ، ތެލުލިކެޔޮ. ފަޅޮލުން އުފައްދާ ތަފާތު ބާވަތްތައް، ތެލުލިފަތް އަދި ތެލުލިއަލަފަދަ އުފެއްދުންތައް ހިމެނޭނެއެވެ. މިބައިގައި ކުރިން ބަޔާންކުރެވުނުފަދަ ފަލަމަޑީގެ ބާވަތްތަކާއި ފަތްޕިލާވެއްޔާއި ތަރުކާރީ ނުވަތަ މޭވާ ސީދާ ބައިވެރިއެއް ނުކުރެވޭނެއެވެ. ބައިވެރި ކުރެވޭނީ، މޭވާ ނުވަތަ ތަރުކާރީ ނުވަތަ ގޮވާން ބޭނުންކޮށްގެން ކާއެއްޗެއް ނުވަތަ ބޯ އެއްޗެއް އުފެއްދުމުން އެ އެއްޗެކެވެ.
0209. ދަނޑުވެރިކަމުގެ ދާއިރާގެ އާ އުފެއްދުން:
މިބައިގައި ހިމެނޭނީ، ދަނޑުވެރިކަމުގެ މަސައްކަތުގައި މިހާރު ބޭނުންކުރާ މެޝީނަރީއާއި އިކުއިޕްމަންޓާއި ޓޫލްސްފަދަ ތަކެތި ބޭނުންކޮށްގެން މިހާރު މަސައްކަތްކުރާވަރަށް ވުރެ އަވަހަށް ނުވަތަ ޚަރަދު ކުޑަކޮށް ނުވަތަ ފަސޭހަކޮށް ކުރެވޭނެ އުފެއްދުންތަކާއި، ނުވަތަ މިހާރު އަތުން ކުރަމުން ގެންދާ މަސައްކަތެއް އެއަށްވުރެ އަވަހަށް ކުރެވޭނޭ ވަޞީލަތްތައް ބޭނުންކޮށްގެން އުފައްދާ އާ އުފެއްދުންތަކެވެ.
0210. ދަނޑުވެރިކަމުގެ އާލަތް (މެޝިނަރީ / ޓޫލްސް):
މިބައިގައި ހިމެނޭނީ، ދަނޑުވެރިކަމުގެ މަސައްކަތުގައި ބޭނުންކުރުމަށް ހަދާ މެޝިނަރީއާއި އިކްވިޕްމަންޓާއި ޓޫލުސްފަދަ ތަކެއްޗެވެ. މީގެތެރޭގައި، ފަސްގަނޑުޖެހުމަށް، ގޮވާންއުކުމަށް، ގޮވާންކެނޑުމަށް، ފެންދިނުމަށް، ގަސްރުވުމަށް، ގަސްއިންދުމަށް، މޭވާ ނުވަތަ ތަރުކާރީ އަދި މިނޫންވެސް މިފަދަ ބާވަތްތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް އަދި ބަންދުކުރުމަށް ބޭނުންކުރާ އުފެއްދުންތައް ހިމެނޭނެއެވެ.
0211. ދަނޑުވެރިކަމުގެ މަސައްކަތުގެ އެހެނިހެން އުފެއްދުންތައް:
މިބައިގައި ހިމެނޭނީ، ދަނޑުވެރިކަމުގެ ބައިން މަތީގައި ބަޔާންކުރެވިދިޔަ 3 ގިންތި ފިޔަވައި ދަނޑުވެރިކަމުގެ ބައިގައި ހިމެނޭ އެހެނިހެން އުފެއްދުންތަކެވެ.
3- މަސްވެރިކަން:
މަސްވެރިކަމުގެ ތެރޭގައި ހިމެނޭނީ، ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި ދޮށީގެ މަސްވެރިކަމާއި ވަދުއެޅުމާއި ލޭނުއެޅުމާއި ފައްތައިގެންކުރާ އާދައިގެ މަސްވެރިކަމާއި، މާކެޔޮޅުކަމާއި، ފަޅުތެރޭގައި ދާއަޅައިގެން މަސްހިފުމާއި ލާނދާއުކައިގެން މަސްހިފުމާއި، ރޮދުއެޅުމާއި، މިޒަމާނުގައިކުރާ ބޮޑުކަންނެލީގެ މަސްވެރިކަންފަދަ މަސްބޭނުމަށް ނުވަތަ މަސްހިފުމަށްކުރާ ހުރިހާވައްތަރެއްގެ މަސްވެރިކަން ހިމެނޭގޮތަށެވެ.
0312. މަހުގެ އުފެއްދުން (ވެލިއު އެޑިޝަން):
މީބައިގައި ހިމެނޭނީ، ކަޅުބިލަމަސް، ލޯބޮޑު ކަންނެލި، ރީނދޫ އުރަހަ ކަންނެލި، ނިގޫ ދިގުކަންނެލި، ލައްޓި، ރާގޮޑިފަދަ ކަނޑުމަހުގެ ޢާއިލާގައި ހިމެނޭ މަހުގެ ބާވަތްތަކާއި، ފަރުމަހުގެ ހުރިހާ ބާވަތްތަކާއި، އަދި މީގެ އިތުރުންވެސް ކަނޑުފަޅުގައިއުޅޭ، އިހި، ކަކުނި، ރިދަލި ހުއިފިލަނޑާފަދަ ތަފާތު މަސްމަހާމެހި ބޭނުންކޮށްގެން ގިނަދުވަހަށް ރައްކާކުރެވޭ ގޮތަށް (ރައްކާތެރިކަމާއި، ޞިއްހީ މިންގަނޑަށް ފެތޭގޮތަށް ބަންދުކޮށްފައިވާ) އުފައްދާ ކާތަކެއްޗާއި ސުރުވާފަދަ ބޯތަކެއްޗެވެ. މީގެތެރޭގައި މަސްމިރުސް، ރިހާކުރުގެ ބާވަތްތައް، ހިކިމަހުގެ ބާވަތްތަކާއި މަސް ބޭނުންކޮށްގެން އުފައްދާ ބާވަތްތައްވެސް ހިމެނޭނެއެވެ. މިބައިގައި ކުރިން ބަޔާންކުރެވުނުފަދަ މަސްމަހާމެހި ސީދާ ބައިވެރިއެއް ނުކުރެވޭނެއެވެ. ބައިވެރި ކުރެވޭނީ، އިސްވެ ބަޔާންކުރެވުނު މަސްމަހާމެހި ބޭނުންކޮށްގެން ކާއެއްޗެއް ނުވަތަ ބޯ އެއްޗެއް އުފެއްދުމުން އެ އެއްޗެކެވެ.
0313. މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުން:
މިބައިގައި ހިމެނޭނީ، މަސްވެރިކަމުގެ މަސައްކަތުގައި މިހާރު ބޭނުންކުރާ މެޝީނަރީއާއި އިކްވިޕްމަންޓާއި ޓޫލްސްފަދަ ތަކެތި ބޭނުންކޮށްގެން މިހާރު މަސައްކަތްކުރާވަރަށް ވުރެ އަވަހަށް ނުވަތަ ޚަރަދު ކުޑަކޮށް ނުވަތަ ފަސޭހަކޮށް ކުރެވޭނެ އާ އުފެއްދުންތަކާއި، މިހާރު އަތުން ކުރަމުން ގެންދާ މަސައްކަތެއް އެއަށްވުރެ އަވަހަށް ކުރެވޭނޭ ވަޞީލަތްތައް ބޭނުންކޮށްގެން އުފައްދާ އާ އުފެއްދުންތަކެވެ.
0314. މަސްވެރިކަމުގެ އާލަތް (މެޝިނަރީ/ޓޫލްސް):
މިބައިގައި ހިމެނޭނީ، މަސްވެރިކަމުގެ މަސައްކަތުގައި ބޭނުންކުރުމަށް ހަދާ މެޝިނަރީއާއި އިކްވިޕްމަންޓާއި ޓޫލްސްފަދަ ތަކެއްޗެވެ. މީގެތެރޭގައި، ބުޅި، ކަންވާރު، މިޔަވާލި، ދޮށީ، ދާވަނި، ވަދު، ބަރި، ނަނުފަދަ އާލާތާއި، ނަނު ފެއްތުމަށާއި، އެންއުކުމަށާއި، ފެންލުމަށާއި ބުޅި ނެއްޓުމަށާއި ކަންވާރު އޮޅުމަށާއި، މަސްމެރުންފަދަ ކަންތަކަށް ބޭނުންކުރާ ޓޫލްސްއާއި، އޮޑިމަތީގައި މަސް ތާޒާކޮށް ބެހެއްޓުމަށާއި މަސްކެނޑުމަށާއި، މަސްއުފުލުމަށާއި، މަސްކިރުންފަދަ ކަންތައްތަކަށް ބޭނުންކުރާ މެޝިނަރީފަދަ ތަކެއްޗެވެ.
0315. މަސްވެރިކަމުގެ މަސައްކަތުގެ އެހެނިހެން އުފެއްދުންތައް:
މިބައިގައި ހިމެނޭނީ، މަސްވެރިކަމުގެ ބައިން މަތީގައި ބަޔާންކުރެވިދިޔަ 3 ގިންތި ފިޔަވައި މަސްވެރިކަމުގެ ބައިގައި ހިމެނޭ އެހެނިހެން އުފެއްދުންތަކެވެ.
4- ދަތުރުފަތުރު:
ދަތުރުފަތުރަކީ، މީހުންނާއި ތަކެތި އެއްތަނުން އަނެއްތަނަށް އެއްގަމުމަގުން ނުވަތަ ކަނޑުމަގުން ނުވަތަ ވައިގެ މަތުން އުފުލުމަށް، އެކަމަކަށް މުނާސަބު ވަޞީލަތެއް ބޭނުންކޮށްގެން މިކަންކަން ފުރިހަމަކުރުމެވެ.
0416. ކަނޑުދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލްތައް:
މިބައިގައި ހިމެނޭނީ، ކަނޑުދަތުރުތަކުގައި، މީހުންނާއި، މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރު ބަނުމަށް ތައްޔާރުކޮށްފައި ހުންނަ (ސްވެނިއަރގެ ގޮތުގައި ނުހިމެނޭ) މޮޑެލްތަކެވެ. މީގެތެރޭގައި، ދަތުރުވެރިން (ފަސިންޖަރުން) އުފުލުމަށް ހާއްޞަކޮށްގެން ބަންނަ އުޅަނދުފަހަރުގެ މޮޑެލްތަކާއި މުދާއުފުލުމަށް ހާއްޞަކޮށްގެން ބަންނަ އުޅަނދުފަހަރުގެ މޮޑެލްތަކާއި މުދަލުގެ ތެރޭގައި ހިމެނޭ ދިޔާތަކެތި އުފުލުމަށް ހާއްޞަކޮށްގެން ބަންނަ އުޅަނދުފަހަރުގެ މޮޑެލްތަކާއި މުދަލާއެކު ދަތުރުވެރިން އުފުލުމަށް ހާއްޞަކޮށްގެން ބަންނަ އުޅަނދުފަހަރުގެ މޮޑެލްތަކާއި އަދި މިނޫންވެސް ކަނޑު ދަތުރުގެ އުޅަނދުފަހަރުގެ މޮޑެލްތަކެވެ.
0417. ކަނޑުދަތުރުގައި ބޭނުންކުރާ އާލަތް:
މިބައިގައި ހިމެނޭނީ، ފަސިންޖަރުންނާއި މުދާއުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރުގައި އެ އުޅަނދަކުން ކުރުމަށް ޚާއްޞަކޮށްފައިވާ ކަމެއް ފަސޭހަކަމާ ރައްކާތެރިކަމާއެކު އަވަހަށް ކުރުމަށް އެ އުޅަނދެއް، ފުރީއްސުރެ ދަތުރު ނިމުމާހަމައަށް ދަތުރުމަތީގައި އެ އުޅަނދަކަށް ބޭނުންވާނެ ހުރިހާއެއްޗެކެވެ. މީގެ ތެރޭގައި އެއުޅަނދެއް ބަނުމުގައި އުޅަނދާ ވަކިނުކުރެވޭނެގޮތަށް ހަރުކޮށްފައިހުންނަ ނުވަތަ ގުޅިފައިހުންނަ ތަކެތިފިޔަވައި، އުޅަނދުގައި ބޭނުންކުރާ އަދި ބޭނުންކުރަންޖެހޭ ހުރިހާއެއްޗެއް ހިމެނޭނީ މިބައިގައެވެ. މީގެތެރޭގައި، ވާވެލާވެއްޔާއި، ނަގިއްޔާއި، ޖެޓީފަދަ ތަންތަނަށް ކައިރިކުރާއިރު އުޅަނދުގެ ރައްކާތެރިކަމަށް ބޭނުންކުރާ ތަކެއްޗާއި، ރައްކާތެރިކަމާއެކު މީހުންނާއި މުދާބޭލުމަށް ބޭނުންކުރާ ސާމާނާއި، ކަނޑުމަތީގައި ގިނަދުވަސް ނުވަތަ ގިނަވަގުތު ހޭދަކުރަންޖެހޭ މީހުން މުނިފޫހިފިލުވުމަށް ބޭނުންކުރާތަކެއްޗާއި، ކަނޑުމައްޗަށް ހާއްސަ ބަދިގެ ސާމާނުފަދަ ތަކެތި ހިމެނެއެވެ.
0418. ކަނޑުދަތުރުގެ އާ އުފެއްދުން:
މިބައިގައި ހިމެނޭނީ، ޕަސިންޖަރުންނާއި މުދާ އުފުލުމަށް ކަނޑުގައި ދަތުރުކުރަން މިހާރު ބޭނުންކުރާ އުޅަނދުތަކާ ތަފާތު ގޮތަކަށް ފަރުމާކޮށްފައިވުމާއެކު މިހާރު ބޭނުންކުރާ އުޅަނދަށްވުރެ ގެންގުޅުމުގައި ނުވަތަ ދުއްވުމުގައި ތަފާތު، ބޮޑެތި ފަސޭހަތަކެއް ނުވަތަ ތަފާތު، ބޮޑު މިންވަރަކަށް ޚަރަދުކުޑަ ނުވަތަ މިހާރު ބޭނުންކުރާ އުޅަނދު ދުއްވުމަށް ބޭނުންކުރާ ހަކަތަ ނޫން ހަކަތައެއް ބޭނުންކޮށްގެން ދުއްވޭނެ، މުޅިންއާ އުފެއްދުމެއް ކަމަށް ބެލެވޭފަދަ އުފެއްދުންތަކެވެ. މިބައިގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންވެސް މިފަދަ އުފެއްދުންތަކުގެ ތްރީޑީ މޮޑެލްތައް.
0419. އެއްގަމު ދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލްތައް:
މިބައިގައި ހިމެނޭނީ، އެއްގަމު ދަތުރުތަކުގައި ބޭނުންކުރަން ދިވެހިރާއްޖޭގައި އުފައްދާފައި ހުންނަ އުޅަނދުގެ މޮޑެލްތަކާއި ބަލާބެލުމަށް އެއްގޮތްކަމަށް ފެނުނު ނަމަވެސް، އުޅަނދުގެ އެތެރޭގެ ފަރުމާތަކަށް ގެންނަ ބަދަލަކުން ބޮޑު ތަފާތެއް ނުވަތަ ފަސޭހަކަމެއް ފެނިގެންދާ މޮޑެލްތަކާއި، މިހާރު ޢާންމުކޮށް ބޭނުންކުރާ ސައިޒުގެ އުޅަނދުތަކާއި، އެއަށްވުރެ ކުޑަ ނުވަތަ ބޮޑު އުޅަނދުފަހަރުގެ މޮޑެލްތަކެވެ.
0420. އެއްގަމު ދަތުރުގެ އާ އުފެއްދުން (މޮޑެލް):
މިބައިގައި ހިމެނޭނީ، އެއްގަމު ދަތުރުތަކުގައި މިހާރު ބޭނުންކުރާ އުޅަނދާ ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ އުޅަނދުތަކާއި، މިހާރު ބޭނުންކުރާ އުޅަނދަށްވުރެ ގެންގުޅުމުގައި ނުވަތަ ދުއްވުމުގައި ތަފާތުބޮޑު ފަސޭހަތަކެއް އެކުލެވޭ އުޅަނދުތަކާއި، ތަފާތުބޮޑު މިންވަރަކަށް ޚަރަދުކުޑަ އުޅަނދުތަކާއި، މިހާރު ބޭނުންކުރާ އުޅަނދު ދުއްވުމަށް ބޭނުންކުރާ ހަކަތަ ނޫން ހަކަތައެއް ބޭނުންކޮށްގެން ދުއްވޭނެ، އުޅަނދުތަކަކީ މުޅިންއާ އުފެއްދުމެއް ކަމަށް ބެލެވޭނެއެވެ. ބިމަށް ހަރުކޮށްފައިވާ ވަޞީލަތެއް މެދުވެރިކޮށް މަތިންދުއްވާ ކޭބަލް ކާރު ނުވަތަ ރޭލު އަދި ބިމުއަޑިން ދަތުރުކުރާ ރޭލުފަދަ އެއްގަމު ދަތުރުގައި ބޭނުންކުރާ ތަކެތި މިބައިގައި ހިމެނޭނެއެވެ. މިއިން ކޮންމެ އުޅަނދެއްވެސް ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުތަކުގައި ބޭނުންކުރެވޭނެ ނުވަތަ ބޭނުންކުރަން އެކަށީގެންވާ އުޅަނދަކަށް ވާންވާނެއެވެ.
0421. ދަތުރުފަތުރުގެ އެހެނިހެން އުފެއްދުންތައް.
މިބައިގައި ހިމެނޭނީ، ދަތުރުފަތުރުގެ ބައިން މަތީގައި ބަޔާންކުރެވިދިޔަ 6 ގިންތި ފިޔަވައި ދަތުރުފަތުރުގެ ބައިގައި ހިމެނޭ އެހެނިހެން އުފެއްދުންތަކެވެ.
5. ޢިމާރާތްކުރުން:
ޢިމާރާތް ކުރުމަކީ، މީހުން ދިރިއުޅުމަށާއި، މުދަލާއި ތަކެތި ރައްކާކުރުމަށާއި، ދިރިއުޅުމުގެ ތަފާތު ބޭނުންތައް ހިފުމަށް، އާންމުގޮތެއްގައި އަތްވާއި ވާރެއިން ހިޔާވަހިކަން ލިބޭގޮތަށް އަދި ބައެއް ޙާލަތްތަކުގައި ވެއްޔާއި ހިރަފުހާއި ކިސަޑުން ރައްކާތެރިކަން ލިބޭގޮތަށް، އާންމުގޮތެއްގައި ސިމެންތިއާއި ހިލައާއި ހިލަވެއްޔާއި ދަގަނޑު ބޭނުންކޮށްގެން ކޮންކްރީޓްކޮށް ތަންތަންހެދުމާއި އަދި މިނޫންވެސް ތަފާތު ތަކެތި ބޭނުންކޮށްގެން، ވަކިމާހައުލެއް ޤާއިމުވާގޮތަށް ތަންތަންހެދުމެވެ. މީގެތެރޭގައި، ބިމުގައި ހަދާ ތަންތަނާއި، ބިމުގެ އަޑީގައި ހަދާ ތަންތަނާއި، ފެނުންމަތީގައި ހަދާ ތަންތަނާއި، ފެނުތެރޭގައި ހަދާ ތަންތަން ހިމެނޭނެއެވެ.
0522. ޢިމާރާތްކުރުމުގައި ބޭނުންކުރާ އާލަތް:
މިބައިގައި ހިމެނޭނީ، ކޮންކްރީޓް ކުރުމަށާއި ރާނާ ސިމެންތި ޖެހުމަށާއި މުށިޖެހުމަށާއި ފުރާޅުހިޔާކުރުމަށާއި ކަރަންޓާއި ފެންވަޔަރު ކުރުމަށާއި އަދި މީގެ އިތުރުންވެސް ގުޅުންހުރި މަސައްކަތް ކުރުމަށާއި ފުރިހަމަ ކުރުމަށް ބޭނުންކުރާ އާލަތާއި ސާމާނެވެ. އަދި މިފަދަ މަސައްކަތާ ގުޅުންހުރި ތަފާތު މެޝިނަރީފަދަ ތަކެއްޗެވެ.
0523. އިމާރާތް ކުރުމުގައި ބޭނުންކުރާ ތަކެތި:
މިބައިގައި ހިމެނޭނީ ޢިމާރާތް ކުރުމުގައި ބޭނުންކުރާ ތަފާތު މެޓީރިއަލްސްތަކުގެ ތެރެއިން، އާންމުކޮށް ބޭނުންކުރާ ސިމެންތިއާއި، ހިލައާއި، ވެލި ފަދަ ތަކެތި ފިޔަވައި މެޓީރިއަލްސްގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެއްޗެވެ.
0524. ޢިމާރާތްކުރުމުގައި ބޭނުންކުރާ އާ އުފެއްދުންތައް:
މިބައިގައި ހިމެނޭނީ، ކޮންކްރީޓް ކުރުމަށާއި ރާނާ، ސިމެންތިޖެހުމަށާއި މުށިޖެހުމަށާއި ފުރާޅުހިޔާކުރުމަށާއި ކަރަންޓާއި ފެންވަޔަރު ކުރުމަށާއި އަދި މީގެ އިތުރުންވެސް އިމާރާތްކުރުމާ ގުޅުންހުރި މަސައްކަތް ކުރުމަށާއި ފުރިހަމަ ކުރުމަށް މިހާރު ބޭނުންކުރާ ތަކެތި ފިޔަވައި މިފަދަ ބޭނުންތައްކުރެވޭ ފެންވަރު ރަނގަޅު ނުވަތަ ޚަރަދުކުޑަ ނުވަތަ ފަސޭހަ ނުވަތަ މަސައްކަތް އަވަހަށް ނިންމާލެވޭފަދަ އާ އުފެއްދުންތަކެވެ.
0525. އެތެރެ ފަރުމާ (އިންޓީރިއަރ ޑިޒައިން) މޮޑެލް:
މިބައިގައި ހިމެނޭނީ، އިމާރާތްތަކުގެ އެތެރޭގެ ރީތިކަމާއި، ތަނަވަސްކަމާއި، ސާދާކަމާއި، ފުރިހަމަކަން ގެނެސްދޭ ފަރުމާތަކެވެ.
0526. އިމާރާތްކުރުމުގެ ދާއިރާގެ އެހެނިހެން އުފެއްދުންތައް:
މިބައިގައި ހިމެނޭނީ، އިމާރާތްކުރުމުގެ ދާއިރާގެ ބައިން މަތީގައި ބަޔާންކުރެވިދިޔަ 5 ގިންތި ފިޔަވައި އިމާރާތްކުރުމުގެ ބައިގައި ހިމެނޭ އެހެނިހެން އުފެއްދުންތަކެވެ.
6. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއަކީ، ހިސާބު ކިތާބުފަދަ ލިޔެކިޔުން އެކުލެވޭ ތަފާތު މަޢުލޫމާތާއި، ފޮޓޯއާއި، ވީޑީއޯއާއި، އޯޑީއޯގެ ވަޞީލަތްތަކާއި މީގެ އިތުރުންވެސް މިއާ އެއްފަދަ ވަސީލަތްތަކެވެ. ކޮންޕިއުޓަރާއި ކޮންޕިއުޓަރުފަދަ އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް ބޭނުންވާ ތަފާތު މަޢުލޫމާތު ލިބޭގޮތަށް ތައްޔާރު ކޮށްފައި ހުންނަ އުފެއްދުންތަކާއި ތަފާތު ބޭނުންތަކަށް ޚާއްޞަ ޕްރޮގްރާމްތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ތަފާތު ކަންތައް ކުރެވެނޭ އުފެއްދުންތަކާއި ތަކެތި ފައިލްކޮށް ރައްކާކުރެވޭނެ، އިންޓަނެޓްފަދަ މުވާސަލާތީ ވަޞީލަތެއް މެދުވެރިކޮށް ކަންކަމާއި މަޢުލޫމާތު ފުޅާދާއިރާއެއްގައި އެއްތަނުން އަނެއްތަނަށް ފޮނުވޭނެ އަދި މީހުންގެ މެދުގައި ޙިއްޞާކުރެވޭނެ އުފެއްދުންތަކެވެ.
0627. ފޯނު އެޕްލިކޭޝަން:
މިބައިގައި ހިމެނޭނީ، ވިޔާފާރިއާގުޅޭ ކަންކަމުގެ ފަސޭހަތަކާއި އުނގެނުމާ އުނގަންނައިދިނުމުގެ ފަސޭހަތަކާއި މަޢުލޫމާތު ޙިއްޞާކުރުމާއި މަޢުލޫމާތު ލިބިގަތުމުގެ ފަސޭހަތަކާއި، އާމުދަނީ ހޯދުމަށް ކުރެވޭ މަސައްކަތުގައި ކަރުދާހުގެ ލިޔެކިޔުންތައް މަދުކުރެވޭނެ ފަސޭހަތަކާއި ތަންތަނަށްގޮސްގެން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެތަންތަނަށް ނުގޮސް ހުށެހެޅޭނެ ފަސޭހަތަކާއި، އަދި މީގެ އިތުރުންވެސް ބޭނުން މުހިންމު ކަންކަން ފޯނުގެ ޒަރީޢާއިން ކުރެވޭނެ މިފަދަ، އޮންލައިން އަދި އޮފްލައިން އެޕްލިކޭޝަންތަކެވެ.
0628. ކޮންޕިއުޓަރ ސޮފްޓްވެއަރ އުފެއްދުން
މިބައިގައި ހިމެނޭނީ، ވިޔަފާރީގެ ތަފާތު ރޮނގުރޮނގުންނާއި އިދާރީ ހިންގުމުގެ ތަފާތު ބައިތަކުންނާއި އުނގެނުމާއި އުނގަންނައިދިނުމުގެ ތަފާތު ދާއިރާތަކުންނާއި މީގެ އިތުރުންވެސް ފަންނީގޮތުންނާއި މަސައްކަތްތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް، އިންސާނީ ވަޞީލަތްތައް ބޭނުންކޮށްގެން ބެލެހެއްޓުމާއި މަސައްކަތްކުރުމުގައި ހޭދަވާވަގުތާއި ބޭނުންވާ މީހުންނާއި ކުރަންޖެހޭ ޚަރަދު ކުޑަކޮށް އަދި ވަގުތު ސަލާމަތްކުރެވުމުގެ އިތުރުން މަސައްކަތުގެ ޔަޤީންކަމާއި އިތުބާރާއެކު ފުޅާދާއިރާއެއްގައި މިމަސައްކަތް ކޮންޕިއުޓަރު މެދުވެރިކޮށް ކުރުމަށް އުފައްދާ ސޮފްޓްވެއަރއެވެ.
0629. ކޮންޕިއުޓަރ އެނިމޭޝަން މަސައްކަތް
މިބައިގައި ހިމެނޭނީ ކޮމްޕިއުޓަރފަދަ ވަސީލަތެއް ބޭނުންކޮށްގެން ވީޑިއޯކޮށް ބަލާލުމަށް ހަދާފައިހުންނަ ތަފާތު ޙިޔާލުތަކުގެ މައްޗަށް އެކުލެވޭ އާދަޔާހިލާފު ކަންތައްތަކެއް ދައްކުވައިދޭ މީހުން ޝައުޤުވެރިވާފަދަ ބެލުންތަކެއްގެ މައްޗަށް އެކުލެވޭ އެނިމޭޝަން މަސައްކަތްތަކެވެ. މީގެ ތެރޭގައި މިހާރު އުފަންވެފައިނުވާ ކަންތައްތަކާއި ވަސީލަތްތަކުގެ މައްޗަށް އެކުލަވާލެވޭ ކަންތައްތަކާއި ހިޔާލުގެ މައްޗަށް ބިނާކޮށް ހަދާ އެނިމޭޝަންތައްވެސް ހިމެނޭނެއެވެ.
0630. ދިވެހިރާއްޖޭގެ ޞިނާޢަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ:
މިބައިގައި ހިމެނޭނީ، މަސްވެރިކަން، ދަނޑުވެރިކަން، ޓުއަރިޒަމް، ކޮންސްޓްރަކްޝަން، އަދި އެކްސްޕޯޓްފަދަ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު ޙިއްޞާއެއްކުރާ އިޤްތިޞާދީ މަސައްކަތްތަކުގައި މިހާރު އިދާރީގޮތުން ބަލަހައްޓާ ބެލެހެއްޓުންތަކާއި މަޢުލޫމާތު ހޯދާ ލިބިގަތުމާއި މަސައްކަތް ރާވާހިންގުމުގައި މިހާރު ހޭދަވާ ވަގުތާއި ބޭނުންކުރާ އިންސާނީ ވަޞީލަތާއި ކުރަންޖެހޭ ޚަރަދު ކުޑަކުރެވޭނެ ރޭވުންތަކެއްގެ މައްޗަށް އެކުލަވާލައިގެން މިފަދަ ޞިނާޢަތްތަކަށް ޚާއްޞަކޮށްގެން އުފައްދާ ސޮފްޓްވެއަރއެވެ.
0631. އިލެކްޓްރޯނިކްސް އެންޑް އާޓިފިޝަލް އިންޓަލިޖެންސް:
މިބައިގައި ހިމެނޭނީ، މަސައްކަތްތައް ހަރުދަނާކޮށް އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން، ތާފާތު އެކިއެކި ކަންކަމުގައި ބޭނުންކުރުމަށް އާޓިފިޝަލް އިންޓަލިޖެންސް ޓެކްނޮލޮޖީ ހިމަނައިގެން އުފައްދާފައިވާ އުފެއްދުންތަކެވެ.
0632. ގޭމިންގ:
މިބައިގައި ހިމެނޭނީ، މުނިފޫހިފިލުވާލުމުގެ ގޮތުންނާއި، ހުސްވަގު ބޭނުން ހިފުމުގެ ގޮތުން، ކޮމްޕިއުޓަރ، މޯބައިލް ފޯނު، ލެޕްޓޮޕް، އަދި މިނޫނަސް މިފަދަ ވަސީލަތްތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަފާތު ގޭމް ސޮފްޓްވެއަރތަކާއި، ވިސްނުން ހަރުދަނާކުރުމުގެ ގޮތުންނާއި، އަދި މިނޫންވެސް ބޭނުންތަކަށް ތައްޔާރުކޮށް، ސޮޕްޓްވެއަރ އެއްގޮތަށް ބޭނުންކުރެވޭ ގޭމްތަކެވެ.
0633. ރޮބަޓްސް އެންޑް ރޮބަޓް ޓެކްނޮލޮޖީ:
މިބައިގައި ހިމެނޭނީ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންޑަސްޓްރިއަލް ތަފާތު ބޭނުންތަކަށް، ފެކްޓްރީތަކުގައި، ނުވަތަ ހޮސްޕިޓަލުތަކުގައި، ނުވަތަ އޮފީސްތަކުގެ އިތުރުން މިނޫންވެސް ތަންތަނުގައި ތަފާތު އެކިއެކި ބޭނުންތައް ކުރުމަށް އުފައްދާފައިވާ ރޮބަޓިކް އުފެއްދުންތަކާއި، ރޮބަޓް ޓެކްނޮލޮޖީގެ އުފެއްދުންތަކެވެ.
0634. 3 ޑީ VR ގެ އުފެއްދުންތައް:
މިބައިގައި ހިމެނޭނީ، އުފެއްދުމެއްގެ ނުވަތަ އެއްޗެއްގެ އަސްލުގޮތް ދައްކުވައިދީ އިހްސާސްކޮށްދިނުމުގެ ގޮތުން 3 ޑީ VR ގެ ގޮތުގައި ބޭނުންކުރެވިދާ ކޮންމެ އުފެއްދުމެކެވެ.
0635. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހެނިހެން އުފެއްދުންތައް:
މިބައިގައި ހިމެނޭނީ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ބައިން މަތީގައި ބަޔާންކުރެވިދިޔަ 5 ގިންތި ފިޔަވައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ބައިގައި ހިމެނޭ އެހެނިހެން އުފެއްދުންތަކެވެ.
7. އުފެއްދުންތެރި ކުރެހުމާއި ފަރުމާ (ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން:)
އުފެއްދުންތެރި ކުރެހުމާއި، ފަރުމާއަކީ އުފެއްދުންތެރި އާ ޚިޔާލުތަކުގެ އަލީގައި ރަނގަޅު އަދި އިޙްތިރާމް ލިބެނެވި ކަންތައްތަކެއް އުފަންކުރެވިދާނެ ތަސްވީރުތަކެއް ދައްކުވައިދީ އަދި އެ ތަސްވީރުތަކަކީ ޢަމަލީ މައިދާނުގައި ބޭނުންތެރި އުފެއްދުންތަކަކަށް ވެގެން ދިއުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭނެފަދަ ކުރެހުން ނުވަތަ ފަރުމާތަކެވެ. މިގޮތުން ބައިވެރިކުރާ ކުރެހުން ނުވަތަ ޑިޒައިނަކީ ހުށަހަޅާ ފަރާތުގެ އަމިއްލަ އުފެއްދުމަކަށް ވާންވާނެއެވެ. އަދި އެހެން ފަރާތެއްގެ އުފެއްދުމުގެ ނަކަލަކަށް ވެގެންނެއް ނުވާނެއެވެ.
0736. ކުރެހުން (ޑްރޯވިންގ)
މިބައިގައި ހިމެނޭނީ، ފަންސޫރު، ގަލަން، ޗާކޯލް، ކާބަން، ކޮފީ ފަދަ އެއްޗެއް ބޭނުންކޮށްގެން އާ ޚިޔާލުތަކުގެ މައްޗަށް ތަޞައްވަރު ކުރެވޭ ޚިޔާލީ ކުރެހުންތަކާއި، ކުރެހުމުން ދައްކުވައިދޭ ފަރުމާތަކެވެ. މިފަދަ ކުރެހުންތަކާއި، ފަރުމާތަކަކީ، ތަފާތު ފަންނުތަކަށް ނުވަތަ ކަންކަމަށް، ލޯހުޅުވައިދީ، ބަލާމީހުން ޝައުޤްވެރިކުރުވައި، މުސްތަޤްބަލަށް މަގުދައްކައިދޭނެ އުފެއްދުންތެރި ބޭނުންތެރި ކުރެހުމަކަށް ނުވަތަ ފަރުމާއަކަށްވާންވާނެއެވެ.
0737. 3D އާޓްސް
މިބައިގައި ހިމެނޭނީ، ތިން ޑައިމެންޝަނުން ފެންނަފަދަ ގޮތަކަށް ދައްކުވައިދީ ކުރާހާފައިވާ ނުވަތަ ފަރުމާކޮށްފައިވާ ކޮންމެ އުފެއްދުމެކެވެ.
0738. ޕެއިންޓިން
މިބައިގައި ހިމެނޭނީ، ތަފާތު ކުލައިގެ ބައިވަތްތައް، ނުވަތަ މިއާ އެއްފަދަ އެއްޗެއް ބޭނުންކޮށްގެން، ފިހިން ނުވަތަ ވަޅިން ނުވަތަ އިސްޕަންޖުން ނުވަތަ އެއަރބުރުސް ނުވަތަ މިއާއެއްފަދަ އެއްޗަކުން ކެންވަސްގައި ނުވަތަ ފޮތީގައި ނުވަތަ ކަރުދާހުގައި ނުވަތަ ލަކުޑީގައި ނުވަތަ ބިއްލޫރީގައި ނުވަތަ ތަށިމުށީގައި ނުވަތަ މިފަދަ އެހެން އެއްޗެއްގައި ޕެއިންޓްކޮށްފައި ހުންނަ އުފެއްދުންތަކެވެ.
0739. ސްކަލްޕްޗަރ އަދި މޮނިއުމެންޓް:
މިބައިގައި ހިމެނޭނީ، ތްރީޑީ ގޮތަށް ފެންނަހެން، ޕްލާސްޓިކުން ނުވަތަ ކްލޭއިން ނުވަތަ ޕްލާސްޓާ އޮފް ޕެރިސް ނުވަތަ ހިލައިން ނުވަތަ ސެރަމިކުން ނުވަތަ ސިމެންތިން ނުވަތަ ލަކުޑިން އަދި މީގެއިތުރުންވެސް މިފަދަ އެއްޗެއް ބޭނުންކޮށްގެން ހަދާފައި ހުންނަ ނުވަތަ ކަނޑާނަގައިގެން ހަދާފައި ހުންނަ ސްކަލްޕްޗަރއާއި، އެކިއެކި ޙާދިޘާތަކުގެ ހަނދާނުގައި ނުވަތަ އެކި މުހިންމު މުނާސަބަތާ ގުޅިފައިވާ ތާރީޚީ ހަނދާނުގައި ހަދާފައި ހުންނަ މޮނިއުމެންޓްފަދަ ތަކެއްޗާއި އަދި މީގެއިތުރުން ޒަމާނާގުޅޭތޮށް ހަދާފައި ހުންނަ ތަފާތު ފަރުމާތަކުގެ އުފެއްދުންތަކެވެ.
0740. ޑިޖިޓަލް އާޓް:
މިބައިގައި ހިމެނޭނީ، ކޮމްޕއުޓަރ ސޮފުޓޮވެއަރ އަކުން ނުވަތަ ފޯނު އެޕްލިކޭޝަނަކުން ފަރުމާކޮށް އުފައްދާފައިވާ އާޓުގެ ބާވަތްތަކެވެ. މިފަދަ އުފެއްދުންތައް ހުންނަންވާނީ ކަރުދާސް، ކެންވަސް، ފޮތި ފަދަ އެއްޗަކަށް ޕްރިންޓްކޮށްފައެވެ.
0741. ކެލިގްރަފީ:
މިބައިގައި ހިމެނޭނީ، ފިހި، އަދި ގަލަންފަދަ އެއްޗެއް ބޭނުންކޮށްގެން ތަފާތު ފަރުމާތަކަށް ނުވަތަ ތަފާތު ފޮންޓްތަކަށް ލިޔެފައި ހުންނަ ލިޔުންތަކުން އުފައްދާފައިވާ އުފެއްދުންތަކެވެ.
0742. ޕޯސްޓްކާޑު:
މިބައިގައި ހިމެނޭނީ ތަފާތު ތަންތަނުގެ މަންޒަރުތަކާއި ގަސްގަހާގެހި ނުވަތަ މާމެލާމެލި ނުވަތަ ޢިމާރާތް ނުވަތަ މީހުން ނުވަތަ ޖަނަވާރާއި މަސްމަހާމެހި އަދި މީގެ އިތުރުންވެސް މިފަދަ ތަކެތި ސިފަކޮށް ކުރެހުމަށްފަހު ނުވަތަ ފޮޓޯނެގުމަށްފަހު އެ ތަސްވީރުތައް ޕޯސްކާޑު ސައިޒަށް ޚާއްޞަ ކަރުދާހަކަށް ޗާޕްކޮށް ނުވަތަ ޕްރިންޓްކޮށްފައި ހުންނަ ޕޯސްޓްކާޑެވެ.
0743. އާޓްގެ އެހެންބާވަތްތައް:
މިބައިގައި ހިމެނޭނީ އާޓްގެ ތެރެއިން އިސްވެ ބަޔާންކުރެވުނު 7 ބައި ފިޔަވައި އާޓާގުޅުންހުރި ނުވަތަ އާޓްކަމަށްބެލެވިދާނެ އާޓްގެ އުފެއްދުންތަކެވެ.
8. ފެޝަން އެންޑް ޑިޒައިން:
ފެޝަން އެންޑް ޑިޒައިން ކަމުގައި ބަލާނީ އަންނައުނާއި އަންނައުނުގެ އެކިއެކި ބައިތަކާއި ހެދުންއެޅުމާއި ހެދުން ފުރިހަމަކުރުމުގައި ބޭނުންކުރާ ތަކެއްޗާއި ފައިވާނާއި ބޫޓާއި އަތްދަބަހާއި ކަމަރުފަދަ ޕާރސަނަލް އެކްސެސަރީޒްގޮތުގައި ބޭނުންކުރާތަކެއްޗެވެ. އަދި އެ ދުވަސްވަރެއްގައި ޢާންމުވެފައިވާ ފެޝަންތަކާ ތަފާތުކަމެއް ގެނެސްދޭ އާ ފެޝަންތަކެއް ފަރުމާކޮށް މިފެޝަންތައް އިތުރަށް މުއްސަނދިކުރުމުގެ ގޮތުން ތަފާތު ފަރުމާތަކެއްގެ މައްޗަށް އުފައްދާ އުފެއްދުންތަކެވެ.
0844. ފޮތީގެ އަދި ފެހުމުގެ އުފެއްދުންތައް:
މިބައިގައި ހިމެނޭނީ ފޮތި ބޭނުންކޮށްގެން އުފައްދާ އަންނައުނާއި އަންނައުނުނޫން ބޭނުންތަކަށް ފޮތިން އުފައްދާ ތަފާތު އުފެއްދުންތަކާއި ފަހާފޮށި ބޭނުންކޮށްގެން ނުވަތަ މިފަދަ މެޝިނެއް ބޭނުންކޮށްގެން ނުވަތަ އަތުންފަހާ ތިނޯސް ބޭނުންކޮށްގެން ފެހުމުގެ މަސައްކަތުން އުފައްދާ ބާވަތްތަކެވެ.
0845. ފޮތި ޑިޒައިން ކުރުން:
މިބައިގައި ހިމެނޭނީ ތަފާތު އެކި ވައްތަރުގެ ފޮތި ޑިޒައިން ކުރުމެވެ. ފޮތި ޑިޒައިން ކުރުމުގައި އެކަމަށް ޚާއްޞަ މެޝިނަރީ ނުވަތަ ޓޫލުސް ބޭނުންކޮށްގެން އުފައްދައިފައިވާ އުފެއްދުންތައް މިބައިގައި ހިމެނިދާނެއެވެ.
0846. އެމްބްރޮއިޑަރީގެ މަސައްކަތް:
މިބައިގައި ހިމެނޭނީ ފަހާފޮށި ނުވަތަ އަތުންފަހާ ތިނޯސް ބޭނުންކޮށްގެން ފޮތީގައި ނުވަތަ ފޮއްޗާއެއްފަދަ އެއްޗެއްގައި ބަރަނިން ނުވަތަ ފަށުވިން ނުވަތަ މި ނޫންވެސް ވިދުވަރު ނުވަތަ ކުލަވަރު ހުންނަ ގޮތަށް ތައްޔާކޮށްފައިވާ ކުރެހުންގަނޑާއި ތަފާތު ތަޞައްވަރުތައް ދައްކުވައިދޭ ސިފަތަކަށް ފޮތީގައި ހަދާފައި ހުންނަ މަންޒަރުތަކާއި މީގެ ބައެއްބައިތައް ތައްޔާރު ކުރުމުގައި ފޮތިގަނޑު ފޫދުއްވައިގެން ކޮށްފައިހުންނަ ތަފާތު މަސައްކަތްތަކެވެ.
0847. ފެޝަން އެންޑް ޑިޒައިންގެ އެހެނިހެން އުފެއްދުންތައް:
މިބައިގައި ހިމެނެނީ ފެޝަން އެންޑް ޑިޒައިންގެ ބައިން އިސްވެ ބަޔާންކުރެވުނު 3 ބައި ފިޔަވައި ފެޝަން އެންޑް ޑިޒައިންއާއި ގުޅުންހުރި އުފެއްދުންތަކެވެ.
9. ޖުވެލަރީ އެންޑް އެކްސެސަރީޒް:
މިބައިގައި ހިމެނޭނީ ގަހަނާގެ ގޮތުގައި ބޭނުންކުރާ ތަކެއްޗާއި ހެދުން އެޅުމުގައި ނުވަތަ ޒީނަތްތެރިވުމުގައި ބޭނުންކުރާ އެކްސެސަރީޒްއެވެ.
0948. ރަންރިހީގެ އުފެއްދުން:
މިބައިގައި ހިމެނޭނީ ރަނުން ނުވަތަ ރިހިން ނަވަތަ މިއިން ބާވަތެއްގެ ތެރެއަށް އެހެނިހެން މައުދަން އެއްކޮށްގެން އުފައްދާ ގަހަނާއާއި ޚާއްޞަ ބޭނުންތަކަށް އުފައްދާ ތަފާތު ތަކެއްޗެވެ.
0949. ބޫޓް/ދަބަސްފަދަ ތަކެތި:
މިބައިގައި ހިމެނޭނީ ތަފާތު ތަކެތި ބޭނުންކޮށްގެން އުފައްދާ ބޫޓާއި ފައިވާނާއި ދަބަހުގެ ތަފާތު ވައްތަރުތަކެވެ.
0950. ޕާރސަނަލް އެކްސެސަރީޒް
މިބައިގައި ހިމެނޭނީ ހެދުން އެޅުމުގައި ނުވަތަ އާއްމުކޮށް އުޅޭއުޅުމުގައި ބޭނުންކުރާ ޕާރސަނަލް އެކްސެސަރީޒްއެވެ. މީގެ ތެރޭގައި އަތާއި ފައި އަދި ކަރުގައިއަޅާ ތަކެއްޗާއި ވޮލެޓް، ޕާރސް، ކަމަރު، ޓައި، ސްކާރފް/ ބުރުގާ، ބޮލުގައިޖަހާ ދަތި ފަދަ އެއްމެހާ ތަކެތި ހިމެނޭނެއެވެ.
0951. ޖުވެލަރީ އެންޑް އެކްސަސަރީޒުގެ އެހެނިހެން އުފެއްދުންތައް:
މިބައިގައި ހިމެނެނީ ޖުވެލަރީ އެންޑް އެކްސަސަރީޒުގެ ބައިން އިސްވެ ބަޔާންކުރެވުނު 3 ބައި ފިޔަވައި ޖުވެލަރީ އެންޑް އެކްސަސަރީޒުއާއި ގުޅުންހުރި އުފެއްދުންތަކެވެ.
10- ހަކަތަ (އެނަރޖީ):
އެނަރޖީގޮތުގައި ބަލާނީ، ހަކަތައް އުފައްދައިދޭ ވަސީލަތްތަކުގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިގެ ގޮތުގައި ބޭނުންކުރެވިދާނެ ކޮންމެ އުފެއްދުމެކެވެ.
1052. އިޔާދަކުރަނިވި ހަކަތައާއި ތިމާވެށްޓާއި ރަށްޓެހި (ރިނިއުއެބަލް / ގްރީން އެނަރޖީ) ހަކަތައިގެ އުފެއްދުންތައް:
މިބައިގައި ހިމެނޭނީ، ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ އިޔާދަކުރަނިވި ހަކަތައާއި ތިމާވެށްޓާއި ރަށްޓެހި (ރިނިއުއެބަލް / ގްރީން އެނަރޖީ) ހަކަތައިގެ އުފެއްދުންތަކެވެ. މީގެ ތެރޭގައި އިރުގެއަލިން، ވައިން، ވާރޭއިން، ދިޔަވަރުން ނުވަތަ އޮއިވަރުން އަދި ރާޅުން، އުފައްދާ ހަކަތަޔާއި، މިނޫންވެސް މިފަދަ ގުދުރަތީ ވަސީލަތެއް ބޭނުންކޮށްގެން ހަކަތަ އުފައްދަން ބޭނުންކުރާ މޮޑެލްތައް މިބައިގައި ހިމެނޭނެއެވެ.
11- ކާބޯތަކެތި:
ކާބޯތަކެތި ކަމުގައި ބަލާނީ ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެކެވެ. ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ނުވަތަ ފަހުން ބޭނުންކުރެވޭގޮތަށް ފުޅީގައި، ޕެކެޓްގައި، ދަޅުގައި ނުވަތަ މިނޫންވެސް ގޮތަކަށް ރައްކާތެރިކަމާއެކު ބަންދުކޮށްފައި ހުންނަ ކާބޯތަކެތި މީގެ ތެރޭގައި ހިމެނޭނެއެވެ.
1153. ގިނަދުވަހު ހުންނަގޮތަށް ބަންދުކޮށްފައިވާ ކާތަކެތި:
މިބައިގައި ހިމެނޭނީ ދިވެހިން ޒާމާނުއްސުރެ ކެއުމަށް ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން ގިނަދުވަހަށް ހުންނަގޮތަށް، ރައްކާތެރިކަމާއެކު ބަންދުކޮށްފައިވާ ކޮންމެ އުފެއްދުމެކެވެ. ދިވެހިންގެ ޚާއްޞަ އުފެއްދުންތަކުގެ ތެރޭގައި ހިނެމޭ ހެދިކާގެ ބާވަތްތަކާއި، ޒަމާނީ ގޮތަށް ރަނގަޅު ފެންވަރެއްގައި ބަންދުކޮށްފައިވާ ތަފާތު ލުއިކާނާގެ ބާވަތްތައް މީގެތެރޭގައި ހިމެނޭނެއެވެ.
1154. ގިނަދުވަހު ހުންނަގޮތަށް ބަންދުކޮށްފައިވާ އެކިބާވަތުގެ ބުއިންތައް:
މިބައިގައި ހިމެނޭނީ ރާއްޖޭގައި ޒަމާނުއްސުރެ ބުއިމުގެ ގޮތުގައި ބޭނުންކުރާ ތަފާތު ވައްތަރުތަކުގެ ބުއިންތައްކުގެ އިތުރުން އަލަށް އުފައްދާ ބުއިންތަކުގެ ތެރެއިން ރައްކާތެރިކަމާއެކު ބަންދުކޮށްފައިވާ އުފެއްދުންތަކެވެ.
1155. ތިމާވެށްޓާއި ރަހުމަތްތެރިގޮތަށް ބަންދުކޮށްފައިވާ ކާބޯތަކެތި:
މިބައިގައި ހިމެނޭނީ އާއްމުގޮތެއްގައި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން ތިމާވެއްޓާއި ރަހުމަތްތެރިގޮތަކަށް ބަންދުކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތަކެވެ. އަދި މިގޮތަށް ކާބޯތަކެތި ބަންދުކުރަން ބޭނުންކޮށްފައިވާ ބާވަތްތަކަކީ ހުރިހާ ގޮތަކުންވެސް ތިމާވެށްޓާއި ރަހުމަތްތެރި މާއްދާތަކަކަށް ވާންވާނެއެވެ.
1156. ކާބޯތަކެތީގެ އެހެނިހެން އުފެއްދުންތައް:
މިބައިގައި ހިމެނޭނީ ކާބޯތަކެތީގެ ބައިން އިސްވެ ބަޔާންކުރެވުނު 3 ބައި ފިޔަވައި ކާބޯތަކެތީގެ އެހެނިހެން ބާވަތްތުގެ އުފެއްދުންތަކެވެ. މިބައިގައި ބައިވެރިކުރާ ކޮންމެ އުފެއްދުމަކީ ރައްކާތެރިކަމާއެކު ބަންދުކޮށް އެކަށީގެންވާ މުއްދަތަކަށް ހަލާކުނުވެ ހުންނަ އުފެއްދުމެއްކަމުގައި ވާންވާނެއެވެ.
12. މެޝިނަރީ އެންޑް އިކްއިޕްމަންޓްސް:
މެޝިނަރީ އެންޑް އިކްޕްމަންޓްސްގެ ގޮތުގައި ބަލާނީ އާއްމު ދިރިއުޅުމަށް، ނުވަތަ މަސައްކަތުގެ މާހައުލަށް، ނުވަތަ ތަފާތު އެކިއެކި އުފެއްދުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ މެޝިނަރީއާއި އިކްޕްމަންޓްސް ފަދަ އުފެއްދުންތަކެވެ.
1257. މަސައްކަތްތައް ލުއިފަސޭހަ ކުރުމުގެ ގޮތުން ބޭނުންކުރާ މެޝިނަރީ އާއި އިކްއިޕްމަންޓްސް:
މިބައިގައި ހިމެނޭނީ ބޭނުންތެރި މަސައްކަތެއް ކުރުމަށް ނުވަތަ ކުރަމުންދާ މަސައްކަތެއް އިތުރަށް ފުރިހަމަކުރުމަށް ނުވަތަ މަސައްކަތަށް އިތުރު ހަލުވިކަމެއް ގެނެސް ދިނުމަށް އުފައްދާ މެޝިނަރީއާއި އިކްޕްމަންޓެވެ.
1258. އިލެކްޓްރޯނިކްސް ގެ އުފެއްދުންތައް:
މިބައިގައި ހިމެނޭނީ ބޭނުންތެރި މަސައްކަތެއް ކުރުމަށް ނުވަތަ ކުރަމުންދާ މަސައްކަތެއް އިތުރަށް ފުރިހަމަކުރުމަށް ނުވަތަ މަސައްކަތަށް އިތުރު ހަލުވިކަމެއް ގެނެސްދިނުމަށް، އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތަކެވެ.
1259. ބޭނުންކޮށްފައިވާ ތަކެތި ރީސައިކަލް ކުރެވޭ މެޝިނަރީއާއި އިކްޕްމަންޓްސް:
މިބައިގައި ހިމެނޭނީ ބޭނުންކޮށްފައިވާ ތަކެތި ރީސަކައިކަލް ކުރުމަށް އުފައްދާ މެޝިނަރީއާއި އިކްއިޕްމަންޓްސް އެވެ.
1260. އެހެނިހެން މެޝިނަރީއާއި އިކްއިޕްމަންޓްސް:
މިބައިގައި ހިމެނޭނީ މެޝިނަރީ އެންޑް އެކްއިޕްމަންސްގެ ބައިން އިސްވެ ބަޔާންކުރެވިފައިވާ 3 ބައި ފިޔަވައި މެޝިނަރީ އެންޑް އިކްއިޕްމަންޓްސްގެ ތެރޭގައި ހިމެނޭ، އާއްމު ދިރިއުޅުމާއި، އެހެނިހެން ކަންކަމަށް ލުއިފަސޭހަކަން ގެނައުމުގެ ގޮތުން ބޭނުންކުރެވިދާނެ ފަދަ މެޝިނަރީ އާއި އިކްއިޕްމަންޓްސް އެވެ.
13. ލަކުޑީގެ އުފެއްދުންތައް:
މިބައިގައި ހިމެނޭނީ ލަކުޑީގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ބޭނުންތެރި ހުރިހާ ބާވަތެއްގެ އުފެއްދުންތަކެވެ.
1361. ތެދުއުއި ވަޑާމުގެ އުފެއްދުންތައް:
މިބައިގައި ހިމެނޭނީ ލަކުޑީގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތީގެ ތެރެއިން ތެދުއުއިވަޑާމުގެ އުފެއްދުމެއްގެ ގޮތުގައި މާނަ ކުރެވިދާނެ ކޮންމެ އުފެއްދުމެވެ. މީގެތެރޭގައި އާއްމު ދިރިއުޅުމާއި، މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ފަރުނީޗަރުގެ އުފެއްދުން ފަދަ އުފެއްދުންތައް ހިމެނެއެވެ.
1362. ލަކުޑި ބޭނުންކޮށްގެން އުފައްދާފައިވާ އެހެނިހެން އުފެއްދުންތައް:
މިބައިގައި ހިމެނޭނީ ލަކުޑީގެ އުފެއްދުންތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ ތެދުއުއިވަޑާމުގެ އުފެއްދުންތައް ފިޔަވައި ލަކުޑި ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެވެ.
14. ބަހުގެ އުފެއްދުންތައް:
މިބައިގައި ހިމެނޭނީ ދިވެހިބަސް ނުވަތަ އިނގިރޭސިބަސް ބޭނުންކޮށްގެން އުފައްދާފައިވާ ބަހުގެ އުފެއްދުންތަކެވެ. އުގަންނާއިދިނުމާއި، މުނިފޫހި ފިލުވައިދިނުމާއި، މައުލޫމާތު އެއްކޮށް ޖަމާކުރުމުގެ ގޮތުން ލިޔުމެއް ނުވަތަ ލިޔުންތަކެއްގެ ސިފައިގައި ތައްޔާރުކޮށްފައިވާ އުފެއްދުންތަކެވެ.
1463. އުނގެނުމާއި އުނގަންނައިދިނުމުގެ އެހީ (ލިޔުންތައް):
ފަސޭހައިން ކަންކަން ވިސްނައިގަތުމަށް ނުވަތަ ދަސްކުރުމަށް ބާރުއެޅޭގޮތަށް އުފައްދާފައި ހުންނަ އަކުރު ސެޓާއި ރާވައި ނުވަތަ ތަރުތީބުކުރާ ގޮތަށް ހަދާފައިހުން ތަކެއްޗާއި އަދި މީގެއިތުރުންވެސް އުނގަންނައިދިނުމުގެ އެހީގެ ގޮތުގައި ބޭނުންކުރެވޭނެ ބިނާކުރަނިވި ކޮންމެ އާ އުފެއްދުމެއްވެސް މިބައިގައި ހިމެނޭނެއެވެ. މިބައިގައި ބައިވެރިކުރާ ކޮންމެ އައު އުފެއްދުމަކީވެސް އުނގަންނައިދިނުމުގެ އެހީގެ ގޮތުގައި ކިޔަވައިދިނުމުގެ މާހައުލުގައި ބޭނުންކުރެވޭނެ އުފެއްދުމަކަށް ވާންވާނެއެވެ.
1464. ފޮތް:
މިބައިގައި ހިމެނޭނީ ޢިލްމީ އެކިއެކި ކަންކަމުގެ މައްޗަށް ނުވަތަ ތާރީޚާއި ސަޤާފަތުގެ މައްޗަށް ނުވަތަ އުފެއްދުންތެރި އަދި ބިނާކުރުވަނިވި ކަންކަމުގެ މައްޗަށް ލިޔެއުފައްދާފައިވާ ފޮތް ފޮތެވެ. ޗާޕްކޮށްގެން ނެރެ، ޢާންމުކޮށްފައިވާ ފޮތްފޮތާއި، ޗާޕްކުރެވޭ ފެންވަރަށް ތައްޔާރުކޮށް، ނިންމިފައިވާ ފޮތްތަކެވެ.
1465. މުނިފޫހި ފިލިވުމުގެ ލިޔުންތައް:
މިބައިގައި ހިމެނޭނީ މުނިފޫހި ފިލުވުމުގެ ގޮތުން، ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ލިޔެފައިވާ ދިގު ވާހަކަ އާއި ކުރުވާހަކައެވެ.
1466. ޅެންވެރިކަމުގެ އުފެއްދުންތައް:
މިބައިގައި ހިމެނޭނީ ދިވެހި އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ ޅެން، ފަރިހި، ރައިވަރު، އަންބާގެ މައްޗަށް ނުވަތަ މިއިން ބާވަތެއްގެ މައްޗަށް ނުވަތަ ބާވަތްތަކެއްގެ މައްޗަށް، އެކުލަވާލާފައިވާ 100 ސަފުހާއާއި 500 ސަފުހާއާއި ދެމެދުގެ ދިގުމިނުގެ ފޮތްފޮތެވެ.
1467. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަ ކުރެވޭ އުނގަންނައިދޭ ތަކެތި:
މިބައިގައި ހިމެނޭނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ތަކެތީގެ ތެރެއިން އުނގަންނައިދިނުމަށް ބޭނުންކުރެވިދާނެ ކޮންމެ އެއްޗެކެވެ.
1468. ތާރީޚީ ލިޔުންތައް:
މިބައިގައި ހިމެނޭނީ ރާއްޖޭގެ ތާރީޚާ ގުޅޭ ލިޔުންތަކާއި، ތާރީޚީ ތަންތަންކަމުގައި ކަނޑައަޅާފައިވާ ތަންތަނާއި ގުޅުވައިގެން ލިޔެފައިވާ ލިޔުންތަކާއި، އިހުޒަމާނުގައި އުޅެފައިވާ ފާހަގަ ކޮށްލެވޭ ތަފާތު މީހުންގެ ދިރިއުޅުމާއި ބެހޭގޮތުން ލިޔެ ތައްޔާރުކޮށްފައިވާ ފޮތްފޮތެވެ.
1469. ކުޑަކުދިންގެ ފޮތް:
މިބައިގައި ހިމެނޭނީ ކުޑަކުދިންނަށް ޚާއްޞަކޮށް އުފައްދާފައިވާ ފޮތްފޮތެވެ. މިބައިގައި ބައިވެރިކުރާ ފޮތްތަކުގައި، އެފޮތެއް ޚާއްޞަ ކުރެވޭ އުމުރުފުރާއެއް ބަޔާން ކުރަންވާނެއެވެ.
15. އެހެނިހެން
މިބައިގައި ހިމެނޭނީ މަތީގައި ބަޔާންކޮށްފައިވާ 69 ގިންތީގެ ތެރޭގައި ހިމެނިފައިނުވާ ދާއިރާތަކުގެ ތެރެއިން ތިރީގައިމިވާ ބައިތަކެވެ.
1570. ގަލުގެ މަސައްކަތް:
މިބައިގައި ހިމެނޭނީދިވެހިންގެ ޘަގާފަތާއި ފަންނުވެރިކަން ދައްކުވަދޭ ގޮތައް އުފައްދާފައިވާ ގަލުގެ ކޮންމެ އުފެއްދުމެކެވެ.
1571. ފޮޓޯގްރަފީ:
މިބައިގައި ހިމެނޭނީ ކެމެރާ ބޭނުންކޮށްގެން ނަގާފައި ހުންނަ ފޮޓޯއެވެ. މީހުންނާއި ތަންތަނާއި ތަކެތީގެ ފޮޓޯއާއި އެކިއެކި ޙާދިޘާތައް ހިންގަމުންދާ ވަގުތު އެޙާދިޘާގެވެށި ދައްކުވަދޭ ފޮޓޯއާއި، ގުދުރަތީ ވެށީގެ ތަފާތު މަންޒަރުތަކާއި އަދި މިނޫންވެސް ތަފާތުކަންކަމާއި ތަފާތު ތަސްވީރުތައް ނަގައި ކަރުދާހަށް ޕްރިންޓްކޮށްފައި ހުންނަ ފޮޓޯތައް މީގެތެރޭގައި ހިމެނޭނެއެވެ.
1572. ޑޮކިޔުމަންޓްރީ (5 މިނެޓާއި 30 މިނެޓާއި ދެމެދު):
މިބައިގައި ހިމެނޭނީ ޙަޤީޤީ ކަންކަން އެކަމެއް ހިނގާވަގުތު ނަގާފައިވާ ވީޑިއޯއާއި އެކިއެކި ހޯދުންތައް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތައް، އެމަސައްކަތެއް ހިނގަމުންދާވަގުތު ނަގަމުންދާ ވީޑީއޯ ނުވަތަ ހިނގާދިޔަ ޙާދިޘާއަކާއި ގުޅިގެން އެއްކުރަންޖެހޭ މަޢްލޫމާތުހޯދުމަށް މީހުންނާއި ކުރެވޭ އިންޓަވިޔުތައް ހިމަނައިގެން، ތައްޔާރުކުރާ މަންޒަރާއި އަޑު ހިމެނޭ ޑޮކިޔުމެންޓްރީ ފިލްމާއި ރިޕޯޓެވެ.
1573. ދަގަނޑާއި އެހެނިހެން މައުދަނުގެ އުފެއްދުން:
މިބައިގައި ހިމެނޭނީ ދަނގަޑާއި އެހެނިހެން މައުދަން ބޭނުންކޮށްގެން އުފައްދާ ބޭނުންތެރި ހުރިހާ ވައްތަރެއްގެ ތަކެއްޗެވެ.
1574. ފައިބަރުގެ މަސައްކަތް:
މިބައިގައި ހިމެނޭނީ ފައިބަރު ބޭނުންކޮށްގެން އުފައްދާ ބޭނުންތެރި ހުރިހާ ވައްތަރެއްގެ ތަކެއްޗެވެ.
1575. ކުޑަކުދިންގެ ކުޅޭސާމާނު:
މިބައިގައި ހިމެނޭނީ ކުޑަކުދިންގެ އެކިއެކި ޢުމުރުފުރާތަކާއި ގުޅޭގޮތަށް އެކުދިންގެ ވިސްނުމާއި ދެނެގަތުމުގެ މިންވަރަށް ބަލައިގެން ހަދާފައިހުންނަ ކުޅޭތަކެއްޗެވެ. މިގޮތުން ތައްޔާރުކުރާ ކުޅޭތަކެއްޗަކީ އެކުދިންނަށް ރަނގަޅު އިޙްސާސްތަކެއް ކުރުވާ ނުވަތަ މަންފާއެއް ލިބޭ ނުވަތަ ވިސްނުމަށް ތަރައްޤީއެއް ގެނެސްދޭނެ ތަކެއްޗަށްވާންވާނެއެވެ. މިބައިގައި ބައިވެރިކުރާ ކޮންމެ އެއްޗެއް ޚާއްޞަ ކުރެވޭ އުމުރުފުރާ ބަޔާން ކުރަންވާނެއެވެ.
1576. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ތަކެތި:
މިބައިގައި ހިމެނޭނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް (އެހީބޭނުންވާ ކަމަކަށް)، ލުއިކަމެއް ނުވަތަ ފަސޭހަކަމެއް ލިބޭނެ އުފެއްދުންތަކެވެ.
1577. ސިންގަލް ޔޫސްޑް ޕްލާސްޓިކް ވީހާވެސް މަދުން ބޭނުންކުރެވޭނެ ގޮތްތަކެއް ނުވަތަ ތަކެތި:
މިބައިގައި ހިމެނޭނީ އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކާއި، ޕްލާސްޓިކް ފަދަ ތިމާވެށްޓަށް ނުރައްކާތެރިކަމަށް ބެލެވޭ މާއްދާތަކުގެ ބަދަލުގައި، މިފަދަ ބޭނުންތަކަށް ތިމާވެށްޓާއި ރަހުމަތްތެރި ގޮތްތަކަށް ދެމެހެއްޓެނިވިގޮތުގައި ކުރިޔަށް ގެންދެވޭ މަޝްރޫއުތަކާއި، ހަރަކާތްތަކެވެ.
ޖަދުވަލު 2
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގެ ވަނަތައް:
ދާއިރާތަކުގެ ވަނަތައް:
އަމިއްލަ ފަރުދުން ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް) އިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
ކްލަބް ޖަމުޢިއްޔާތަކުގެ ދާއިރާއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
މައިގަނޑު ބައިތައް:
1. އަތްތެރި މަސައްކަތުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
2. ދަނޑުވެރިކަމުގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
3. މަސްވެރިކަމުގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
4. ދަތުރުފަތުރުގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
5. އިމާރާތްކުރުމުގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
6. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
7. އުފެއްދުންތެރި ކުރެހުމާއި ފަރުމާކުރުން (ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން)ގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
8. ފެޝަން އެންޑް ޑިޒައިންގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
9. ޖުވެލަރީ އެންޑް އެކްސަސަރީޒްގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
10. ހަކަތަ (އެނަރޖީ)ގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
11. ކާބޯތަކެތީގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
12. މެޝިނަރީ އެންޑް އިކްއިޕްމަންޓްސްގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
13. ލަކުޑީގެ އުފެއްދުންތަކުގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
14. ބަހުގެ އުފެއްދުންތަކުގެ ބައިން 1 ވަން، 2 ވަނަ އަދި 3 ވަނަ
ގިންތިތަކުގެ ބައި:
1. ލިޔެލާޖެހި ތަކެތީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
2. ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސުވެނިއަރގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
3. ކަނޑައިނެގުން (ކާވިންގ) ގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
4. ކަސަބުން އުފައްދާތަކެތީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
5. ވިޔުމުގެ މަސައްކަތުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
6. ކުނަލާއި ކުނަލުގެ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
7. އަތްތެރި މަސައްކަތުގެ އެހެނިހެން ބައިތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
8. ދަނޑުވެރިކަމުގެ އުފެއްދުންތައް (ވެލިއު އެޑިޝަން) ގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
9. ދަނޑުވެރިކަމުގެ ދާއިރާގެ އާ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
10. ދަނޑުވެރިކަމުގެ އާލާތް (ޓޫލްސް / މެޝިނަރީ) ގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
11. ދަނޑުވެރިކަމުގެ މަސައްކަތުގެ އެހެނިހެން އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
12. މަހުގެ އުފެއްދުންތައް (ވެލިއު އެޑިޝަން) ގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
13. މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
14. މަސްވެރިކަމުގެ އާލާތް (ޓޫލްސް / މެޝިނަރީ) ގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
15. މަސްވެރިކަމުގެ މަސައްކަތުގެ އެހެނިހެން އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
16. ކަނޑުދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލްތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
17. ކަނޑުދަތުރު އުޅަނދުގައި ބޭނުންކުރާ އާލާތްތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
18. ކަނޑުދަތުރުކުރާ އުޅަންދުގެ އާ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
19. އެއްގަމުދަތުރުކުރާ އުޅަނދުގެ މޮޑެލްތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
20. އެއްގަމުދަތުރުގެ އުފެއްދުން (މޮޑެލް) ގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
21. ދަތުރުފަތުރުގެ އެހެނިހެން އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
22. އިމާރާތްކުރުމުގައި ބޭނުންކުރާ އާލާތްތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
23. އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
24. އިމާރާތްކުރުމުގައި ބޭނުންކުރާ އާ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
25. އެތެރެ ފަރުމާ (އިންޓީރިއަރ ޑިޒައިން) – ތްރީޑީ ނުވަތަ މޮޑެލުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
26. އިމާރާތް ކުރުމުގެ ދާއިރާގެ އެހެނިހެން އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
27. ފޯނު އެޕްލިކޭޝަންގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
28. ކޮންޕިއުޓަރު ސޮފްޓްވެއަރގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
29. ކޮންޕިއުޓަރު އެނިމޭޝަންގެ މަސައްކަތުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
30. ދިވެހިރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ ސޮފްޓްވެއަރގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
31. އިލެކްޓްރޯނިކްސް އެންޑް އާޓިފިޝަލް އިންޓަލިޖެންސްގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
32. ގޭމިންގ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
33. ރޮބަޓްސް އެންޑް ރޮބަޓް ޓެކްނޮލޮޖީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
34. 3 ޑީ VR ގެ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
35. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހެނިހެން އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
36. ކުރެހުން (ޑްރޯވިންގ) ގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
37. 3D އާޓްސްގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
38. ޕެއިންޓިންގ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
39. ސްކަލްޕްޗަރ އަދި މޮނިއުމެންޓްސްގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
40. ޑިޖިޓަލް އާޓްސްގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
41. ކެލިގްރަފީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
42. ޕޯސްޓް ކާޑުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
43. އާޓްގެ އެހެނިހެން ބާވަތްތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
44. ފޮތީގެ އަދި ފެހުމުގެ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
45. ފޮތި ޑިޒައިންކުރުމުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
46. އެމްބްރޮއިޑަރީ މަސައްކަތުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
47. ފެޝަން އެންޑް ޑިޒައިންގެ އެހެނިހެން އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
48. ރަންރިހިން އުފައްދާ ތަކެތީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
49. ބޫޓު / ދަބަސް ފަދަ ތަކެތީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
50. ޕަރސަނަލް އެކްސެސަރީޒުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
51. ޖުވެލަރީ އެންޑް އެކްސަސަރީޒުގެ އެހެނިހެން އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
|
52. އިޔާދަކުރަނިވި ހަކަތައާއި ތިމާވެއްޓާ ރައްޓެހި (ރިނިއުއެބަލް / ގްރީން އެނަރޖީ) ހަކަތައިގެ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
53. ގިނަދުވަހު ހުންނަގޮތަށް ބަންދުކޮށްފައިވާ ކާތަކެތީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
54. ގިނަދުވަހު ހުންނަގޮތަށް ބަންދުކޮށްފައިވާ އެކިބާވަތުގެ ބުއިންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
55. ތިމާވެއްޓާއި ރަހުމަތްތެރިގޮތަށް ބަންދުކޮށްފައިވާ ކާބޯތަކެތީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
56. ކާބޯތަކެތީގެ އެހެނިހެން އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
57. މަސައްކަތްތައް ލުއިފަސޭހަ ކުރުމުގެ ގޮތުން ބޭނުންކުރާ މެޝިނަރީ އާއި އިކްއިޕްމަންޓްސްގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
58. އިލެކްޓްރޯނިކްސް ގެ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
59. ބޭނުންކޮށްފައިވާ ތަކެތި ރީސައިކަލް ކުރެވޭ މެޝިނަރީއާއި އިކްޕްމަންޓްސްގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
60. އެހިނިހެން މެޝިނަރީ އާއި އިކްއިޕްމަންޓްސްގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
61. ތެދުއުއި ވަޑާމުގެ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
62. ލަކުޑި ބޭނުންކޮށްގެން އުފައްދާފައިވާ އެހެނިހެން އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
|
63. އުނގެނުމާއި އުނގަންނައިދިނުމުގެ އެހީ (ލިޔުންތައް) ގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
64. ފޮތް ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
65. މުނިފޫހިފިލުމުގެ ލިޔުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
66. ޅެންވެރިކަމުގެ އުފެއްދުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
67. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަ ކުރެވޭ އުގަންނާދޭ ތަކެތީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
68. ތާރީޚީ ލިޔުންތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
69. ކުޑަކުދިންގެ ފޮތް ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
|
70. ގަލުގެ މަސައްކަތުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
71. ފޮޓޯގްރަފީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
72. ޑޮކިއުމެންޓްރީ (5 މިނެޓާއި 30 މިނެޓާއި ދެމެދު) ގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
73. ދަނގަޑާއި އެހެނިހެން މައުދަނުގެ އުފެއްދުތަކުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
74. ފައިބަރުގެ މަސައްކަތުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
75. ކުޑަކުދިންގެ ކުޅޭސާމާނުގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
76. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ތަކެތީގެ ގިންތިން 1 ވަން، 2 ވަނަ އަދި 3 ވަނަ |
ރަންވަނަ ވަނަ ( މުޅިމަޢުރަޒުން އެންމެ މަތިން މާރކްސް ލިބޭ ފަސް އުފެއްދުން):
މަޢުރަޒުގައި ބައިވެރި ކުރާ ތަކެތީގެ ތެރެއިން، ކޮންމެ ގިންތި އަކުންވެސް %85 އަށް ވުރެ މަތިން މާރކްސް ލިބޭ ތަކެތި މުޅި މައުރަޒުގެ ރަންވަނައަށް ވާދަކުރެވޭނެއެވެ. އަދި އޭގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅުއްވާ އެންމެ ރަނގަޅު 5 އުފެއްދުމަށް ރަންވަނަ ދެވޭނެއެވެ.