ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަމަށް ފޮނުވާ ތަކެތި

ނީލަމަށް ފޮނުވާ ތަކެތި

 މަޑަވެލީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަކެތީގެ ތެރެއިން ބޭނުންނުކުރެވޭވަރަށް ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދައުލަތުގެ މުދާ އެއްއޮފީހުން އަނެއްއޮފީހަށް ބަދަލުކުރުމާއި، ބައުވެހަލާކުވެގެން ނުވަތަ ބޭނުން ކުރެވެންނެތް ދަޢުލަތުގެ މުދާ ނީލަން ކިއުމާއި ނައްތާލުމާއި ގުޅޭ އުޞޫލުގެ 2 ގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރު އެއްވެސް އިދާރާއަކުން ބޭނުންވޭތޯ ބެލުމަށް (ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކުކުރާ ފޯމް އާއިއެކު) އާންމުކޮށް އިޢުލާންކުރަމެވެ.

ވީމާ މިތަކެތި ސަރުކާރުގެ އިދާރާއަކުން ބޭނުންވާނަމަ، ތަކެތީގެ ޢަދަދާއި ތަފްޞީލް އެނގޭނެހެން 30 ޖޫން 2019 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ނީލަމަށް ފޮނުވާ ތަކެތި ބެލުމުގެ އިންތިޒާމް ރަސްމީ ގަޑީގައި މިއިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ދަޢުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކުކުރާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

16 ޖޫން 2019
ހޯދާ