މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

FAHI DHIRIULHUN CORPORATION

 

އިޢުލާން

ޓެކްނިކަލް އެންޑް ޕްލޭނިންގ އެސިސްޓަންޓް މެނޭޖަރ

 

ބެނުންވާ އަދަދު: 01

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެދަށުން ޤާއިމްކުރެވޭ ފަހި ދިރިއުޅުން ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޓެކްނިކަލް އެންޑް ޕްލޭނިންގ އެސިސްޓަންޓް މެނެޖަރ ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއާއިބެހޭ ޓަރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި ޓާރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ވެބްސައިޓުން ޑައުންލޯޑުކުރެއްވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 19 ޖޫން 2019 ވާ ބުދަ ދުވަހުގެ 12:00 ގަ އެވެ. ހުށަހަޅުއްވާ ސިޓީ، ސީ.ވީ، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ އިކޮނޮމިކް މިނިސްޓްރީ (ބޮޑުތަކުރުފާނު މަގު، މާލެ 20125) އަށް އެޑްރެސްކުރައްވައި ހަށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސީޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް “Application for Technical and Planning Assistant Manager” މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ info@fdc.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

 

Fahi Dhiriulhun Corporation | Velaanaage’ | Ameer Ahmed Magu,| Maldives, Male’

12 ޖޫން 2019
ހޯދާ