ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ފ.މަގޫދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓް ރޫމްގައި ބެކްޕެނަލް ހެދުން

          ނަންބަރު: L4MC/2019/02

 

އިޢުލާން

 

            ފ.މަގޫދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިކޯޓްގެ ނަންބަރު: L4MC/2019/01 ( 27 މޭ 2019 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފްކޮށްފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް ،އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

            ވީމާ، އަމިއްލަތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި 07 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ. 

             07 ޝައްވާލް 1440

             10 ޖޫން    2019 

10 ޖޫން 2019
ހޯދާ