ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޚިދުމަތްތައް އޮންލައިންކުރުމާއި ބެހޭ

       ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޚިދުމަތްތައް އޮންލައިންކުރުމާއި ބެހޭ

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީގެ ފަރާތުން ދަރިވަރުންނަށާއި، އެހެނިހެން ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް "އޮންލައިން" ކޮށް އެދެވޭގޮތް ހެދުމަށް ބޭނުންވެއެވެ. އެހެންކަމުން މިކަން ކޮށްދޭނެ ފަރާތެއް ހޯދުމައް ބޭނުންވެއެވެ.

 

ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2019 ޖޫން 17 ވާ ހޯމަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2019 ޖޫން 10 ވާ ހޯމަ ދުވަހު 11:30 އިން ފެށިގެން 2019 ޖޫން 16 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާން އާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 3022115/ 3022120  އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

02 ޖޫން 2019
ހޯދާ