މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޢިއުލާން

 

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތެނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް 1: ކޯޑިނޭޓަރ- ކެޕޭސިޓީ ބިލްޑިންގ އެންޑް މެމްބަރޝިޕް ޑިވެލޮޕްމެންޓް

އަދަދު: 01

ފެންވަރު ނުވަތަ ޝަރުތު:

  • ސޯޝަލް ސައިންސް، ޖެންޑަރ ސްޓަޑީސް، އިކޮނޮމިކްސް ނުވަތަ ގުޅޭދާއިރާއަކުން ޑިގްރީއެށް ހާސިލް ކޮށްފައިވުން.
  • ސޯޝަލް ސައިންސް، ޖެންޑަރ ސްޓަޑީސް އަދި އިކޮނޮމިކްސް ނުވަތަ ގުޅުންހުރި ޖަމްޢިއްޔާ ޖަމާޢަތެއްގައި މެންބަރުން ތަމްރީނު ކުރުމުގެ މަސައްކަތް ނުވަތަ ބޭރުގެ ޖަމްޢިއްޔާތަކާއި ގުޅިގެން މެންބަރުން ކުރިއެރުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތުގައި މަގުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރަން އެނގުން.

 

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު2:00 އަށް

މުސާރަ:  9,000 ދިވެހި ރުފިޔާއިން ލިބޭނެއެވެ.

ސާރވީސް އެލަވަންސް: މުސާރާގެ އިތުރުން 8000 ރުފިޔާ ލިބޭނެއެވެ. (މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާ އުނިކުރެވޭނެއެވެ. މީގެތެރޭގައި ބަންދުދުވަހެއްގައި ޚިދުމަތަށް ނުކުންނަންޖެހިއްޖެނަމަ ބަންދުދުވަސްތައްވެސް ހިމެނޭނެއެވެ.)

ވަޒީފާގެ މުއްދަތު: 1 އަހަރު

މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާތަކުގެ އިތުރު ތަފްސީލް، މަސްއޫލިއްޔަތު އަދި ތަފްސީލް ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 9 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެސްއަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 13:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

27 މޭ 2019
ހޯދާ