މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
|
ބޭނުންވާ ޢަދަދު: 1
|
މުއްދަތު: 1 އަހަރު ދުވަސް
|
މުސާރަ
|
މަހަކު 5956.80
|
ސަރވިސް އެލަވަންސް
|
މަހަކު 2552.92 ރުފިޔާ
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތްކުރަން ޖެހޭ ތަން:
|
ޏ.ފުވައްމުލައް (އައި.ޔޫ.އެމް ލަރނިންގ ސެންޓަރ)
|
ސްޕައިން ޕޮއިންޓް
|
17
|
ގްރޭޑް
|
ADG4
|
މަޤާމުގެ ޝަރްޠުތައް:
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުންދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
- ލާރނިންގ ސެންޓަރަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހެނިހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
- މުވައްޒަފުންނާއި ބެހޭ ރިކޯޑުތައް ބެލެހެއްޓުމާއި ހަމަޖެހިފައި އޮންނަ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންގެ ޕަރފޯމުންސް އެޕްރައިސަލްއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ސެކްޝަން ހިންގެވުމާއި ހަވާލުވެ ހުންނަ ވެރިއެއްފެ ލަފާގެ މަތިން ކުރުން.
- ލާރނިންގ ސެންޓަރުގެ ޔައުމިއްޔާ ލިޔެ، އެޔައުމިއްޔާގައި ސޮއި ކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
- ދަރިވަރުން ހުށަހަޅާ އެސައިންމަންޓްތަކާ ބެހޭ މަޢުލޫމާތު (ދަރިވަރުގެ ނަމާއި އައި. ޑީ ނަންބަރު، ހުށަހަޅާ އެސައިންމަންޓްގެ މާއްދާގެ ނަން، ސެންޓަރަށް އެސައިންމަންޓް ބަލައިގަތް ތާރީޚާއި އަދި ބަލައިގަތް މުވައްޒަފުގެ ނަން) ހިމަނައިގެން ލިސްޓެއް ތައްޔާރުކޮށް ސޮއި ކުރުވުމަށް ފަހު ލެކްޗަރަރއިންނާ އެސައިންމެންޓްތައް ޙަވާލުކުރުން.
- ދަރިވަރުންގެ ސްޓެޓިސްޓިކްސް ތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
- ދަރިވަރުންގެ ހާޒިރީ އަޕްޓޭޑްކޮށް ބެލެހެއްޓުމާއި އެކު ލެކްޗަރަރއިންގެ ހާޒިރީ ކިޔަވައި ދެވިފައިވާ ގަޑިތައް އެނގޭނެހެން އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކޮންމެ މަހެއް ނިމުމުން، ލެކްޗަރާރުން އަތުން ހާޒިރީތައް ހޯދާ އެމަހުގެ ދަރިވަރުންގެ ހާޒިރީ ރިޕޯޓް ފެށޭމަހުގެ 5 ގެ ކުރިން ނޯޓިސް ބޯޑަށް ނެރުން.
- އިމްތިހާންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
- އިމްތިހާންބާއްވާ ހޯލާއި ކުލާސް ރޫމްތައް ތައްޔާރުކުރުން.
- އިމްތިހާނު އިންވިޖިލޭޓް ކުރުމުގެ އިދާރީ ކަންތައް ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓާއި ގުޅައިގެން ހަމަޖެއްސުން.
- ކަނޑައެޅިފައިވާ އުސޫލުން އިމްތިހާނުތަކާބެހޭ މަޢުލޫމާތު ދަރިވަރުންނަށް އަންގަމުން ގެންދިއުމުގައި ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓަށް އެހީތެރިވުން.
- މާއްދާތަކުގެ އައުޓްލައިން ޕްރިންޓްކޮށް ފައިލްކުރަން ތައްޔާރު ކުރުމާއި، ލެކްޗަރާސް އަށް ކަނޑައެޅިފައިވާ ސްޓޯރޭޖް ފެސިލިޓީތައް ތައްޔާރު ކުރުމާއި އަލަށް ލާރނިން ސެންޓަރުގައި ކިޔަވައިދެއްވަން ފައްޓަވާ ލެކްޗަރަރރުންގެ ސީ.ވީ ފަދަ މަޢުލޫމާތުތައް ހޯދައި ހަމަކުރުމާއި، ފުރިހަމަ ކުރަންޖެހޭ ފޯމްތައް ފުރިހަމަ ކުރުމާއިއެކު އެ ލެކްޗަރާރުން ރަޖިސްޓްރީ ކުރުން.
- އެކިއެކި ކަންކަމުގައި ލާރނިން ސެންޓަރަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
- ކޮންމެ ސެމިސްޓަރއެއް ނިމުމުން ލާރނިންގ ސެންޓަރުގައި ދަރިވަރުންގެ ސަބްޖެކްޓް އެޓެންޑެންސް ރިޕޯޓާއި ލެކްޗަރަރރުންގެ އެޓެންޑެންސް ރިޕޯޓް ކޮންޓެކްޓް ގަޑި އެނގޭނެހެން ތައްޔާރު ކުރުމަށްފަހު، ކަމާ ބެހޭ ޑިޕާރޓްމަންޓްތަކަށް ފޮނުވުން.
- ލާރނިން ސެންޓަރުގައި ކިޔަވާ ދަރިވަރުން އެކަޑެމިކް ކަލަންޑަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަރިވަރުންނާއި ގުޅުންހުރި ކަންކަން ( ރެޖިސްޓަރކުރުން، އެޑްވާންސް ސްޓޭންޑިން، ކޯސް ފަސްކުރުން/ ދޫކޮށްލުން) ނިންމާތޯ ބަލާ، ނުނިންމާނަމަ ގަވާއިދާއެއްގޮތަށް ކޯޑިނޭޓަރ/ ޑީން އަށް މަހުންމަހަށް ރިޕޯޓް ކުރުން.
- ކޮންމެ ސެމިސްޓަރއެއް ފެށޭއިރު ލެކްޗަރާއިންނަށް ބޭނުންވާ އެންމެހާ މައުލޫމާތު (ހާޒިރީ، ލެކްޗަރާއިންގެ އިރުޝާދު، ޓައިމްޓޭބަލް،ދަތުރު ޝެޑިއުލް، ޓެސްޓްޕޭޕަރ ސާންޕަލް، މާކުސް އެންޓަރކުރާ ޝީޓް) ތައްޔާރުކޮށް ލެކްޗަރާއިންނަށް ފޮނުވުން.
- މީގެ އިތުރުން ލާރނިން ސެންޓަރުތަކުގެ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. ނުހޮވޭ ފަރާތްތަކަށް ސިޓީ ފޮނުވޭނީ އީމެލްގެ ޒަރީއާއިންނެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އާއި 23:00 ދެމެދު 06 ގަޑިއިރު އިރުއެވެ.
|
ސުންގަޑި:
|
- މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 10 ޖޫން 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ފޯމު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 11 ޖޫން 2019 އިން 15 ޖުލައި 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022116ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|