މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮކިއުމަންޓް އެގްޒެކެޓިވް

 

                                  އިޢުލާން ނަންބަރު:IUL)MMPRC-HR/1/2019/31)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:އެސިސްޓެންޓް ޕްރޮކިއުމަންޓް އެގްޒެކެޓިވް

- އަސާސީ މުސާރަ (މަހަކު):/-5,100ރުފިޔާ

- އެލަވަންސް (މަހަކު):/-3,400 ރުފިޔާ

- (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާރޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

 ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުން 3 މާއްދާ (އިނގިރޭސި ބަސް ހިމެނޭގޮތަށް) ފާސްވެފައިފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި އާރް. އެފް.ޕީ ތައް މެނޭޖްމަންޓުގެ ލަފާގެ ދަށުން ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.
  2. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި ބިޑްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުމުގައި އެހީތެރިވުމާއި ނިންމަންޖެހޭ ރިޕޯރތްތައް ނިންމުމުގައި އެހީތެރިވެދިނުން.
  3. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓްތަކާއި ގުޅުންހުރި ބިޑުތަކުގެ އިވެލުއޭޝަން ރިޕޯރޓްތައް ތައްޔާރުކުރުމާއި، ބިޑްތައް ރައްކާތެރިކޮށް، ރަގަޅު އެރޭޖްމަންޓެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުމާއި އެފަދަ މުހިއްމު ލިޔުންތައް އޯޑިޓްއަށް ބޭނުންވާ ހާލަތްތަކުގައި އެފަރާތަށް ހުށައެޅުމުގައި އެހީތެރިވެދީ މަސައްކަތް ކުރިއަށް ގެންދިއުން.
  4. އެކި ފަރާތްތަކާއި އެކު މިކޯޕަރޭޝަންނުން އެއްބަސްވެވޭ އެގްރިމަންޓްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ޑްރާފްޓްކޮށް އެކަމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދީ  މަސައްކަތްތައް ކުރުން.
  5. ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކަށް ދޭންޖެހޭ އެވޯޑް ލެޓާރތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދީ މަސައްކަތްތައް ކުރުން.
  6. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި ކޯޕަރޭޝަން (ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް ހުރި އިމާރާތް، 1 ވަނަ ފަންގިފިލާ) އަށް.

 

 ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސްދެވޭނީ ލިޔުން ހުށައަޅާފައިވާނަމައެވެ).

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

 އިތުރު މަޢުލޫމާތު 

  • މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

 އެޑްރެސް ކުރައްވާނީ:

 ޠައްޔިބު މުޙައްމަދު،  މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

23 މޭ 2019
ހޯދާ