މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް:                ޑިރެކްޓަރ

މާޤާމުގެ ނަންބަރު:          J-304713

ބޭނުންވާ އަދަދު:           01 (އެކެއް)

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           އީ.އެކްސް. 1

މާޤާމުގެ ކްލެސިފިކޭޝަން:     ޓެކްނިކަލް ޑިރެކްޓަރ

ސެކްޝަން :            ޕްލޭނިންގ ސެކްޝަން / މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން

ވަޒީފާއޮތް އޮފީސް:         މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:    ވެލާނާގެ 2 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މަޤާމުގެ މުސާރަ:          8835.00 ރުފިޔާ

ސަރވިސް އެލަވަންސް:      2000.00 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:    2،473.80 ރުފިޔާ

އިތުރު އިނާޔަތްތައް:         1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                   2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                   3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                    

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          ރާއްޖޭގެ މަތީތަޢުލީމު ކުރިއަރުވައި ރެގިއުލޭޓްކުރުމައްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކުލަވާލައި ހިންގުމުގެ މަސައްކަތް

-          ޕްލޭނިންގ އެންޑް މޮނިޓަރ ސެކްޝަން އަދި ރެޖިސްޓްރޭޝަނާއި އިންޓަރނޭޝަނަލް ރިލޭޝަންސް އާއި ސްޓެޓިސްޓިކްސް ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުން.

-          މަތީތަޢުލީމާއި ތަމްރީންދޭ މަރުކަޒްތަކާއި ފަންނީހުނަރު އުގަންނައިދޭ މަރުކަޒުތައް ރަޖިސްޓްރީކޮށްދިނުމުގެ މަސައްކަތް ސުޕަވައިޒްކުރުން.

-          ރާއްޖެއާއި ރާއްޖޭންބޭރުގައި މަތީތަޢުލީމް ހާސިލްކުރާ ދަރިވަރުންގެ ތަފާސްހިސާބް ހޯދައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކޮށް ބެލެހެއްޓުމުގެ މަސައްކަތް ސުޕަވައިޒްކުރުން.

-          މަތީތަޢުލީމާބެހޭ މާސްޓަރޕްލޭންއާއި އެކްޝަންޕްލޭންތައް އެކުލަވާލައި ހިންގުމުގެ މަސައްކަތްތައް. އަދި މި ޕްލޭންތަކުގެ ދަށުން އަންނަ ޕްރޮޖެކްޓްތައް ހިންގުން.

-          މަތީތަޢުލީމާ ބެހޭ މަޖިލީހުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.

  

މާޤާމުގެ ޝަރުޠުތައް:

  1. އެޑިއުކޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑިއުކޭޝަންގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އެޑިއުކޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑިއުކޭޝަންގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ޕްރެކްޓިކަލް (ޕްރޮޕޯސަލް އެއް ތައްޔާރުކުރުން)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 2019 ޖޫން 09 - 27އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ވެލާނާގެ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ޝަރުތު ހަމަވާ 10 ބޭފުޅުންނަށްވުރެ ގިނަ ބޭފުޅުން އެދިވަޑައިގެންފިނަމަ އެންމެ މަތީން މާރކްސް ލިބޭ 10 ބޭފުޅުން ޝޯޓުލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަންނަވާނީ އެބޭފުޅުންނަށެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-      55%

އިތުރުމަޢުލޫމާތު:   

މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3341303،3341307 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

17 ރަމަޟާން 1440

22 މޭ 2019

22 މޭ 2019
ހޯދާ