މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 a

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު: 7 (IUL)25-A5/25/2019/

ވަޒީފާގެ ފުރުޞަތު

 

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް.

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ:7035.00  ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓިންގ ކޯ : 900.00 ރ.

 

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު:  J-125464

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: މޯލްޑިވްސް އެބްރޯޑް ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ތަފާތު އެކި މައްސަލަތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ހައްޔަރުކުރެވޭ ދިވެހިންގެ މަޢުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އަދި އެމީހެއްގެ އާއިލާއާ ޙިއްސާކޮށް އެމައްސަލައާގުޅިގެން ދެންޖެހޭ ކޮންސިއުލަރ ޚިދްމަތްތަކާއި މިނިސްޓްރީއިން ކުރަންޖެހޭ އެންމެހާ މަސައްކަތް ތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރިއަށް ގެންދިއުން
  2. ތަފާތު އެކި ސަބަބުތަކާހުރެ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހޭ  ދިވެހިންގެ މަޢުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އަދި އެމީހެއްގެ އާއިލާއާ ޙިއްސާކޮށް އެމައްސަލައާގުޅިގެން މިނިސްޓްރީއިން ކުރަންޖެހޭ އެންމެހާ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރިއަށް ގެންދިއުން
  3. ދިވެހި ރައްޔިތުންނަށް ވުމަށް އެދޭ ބިދޭސީންގެ މައްސަލަތައް ބެލެހެއްޓުން އަދި ދިވެހި ރައްއިތުކަން ދޫކޮށްލަން އެދޭ ދިވެހިންގެ ޕްރޮސެސް ބެލެހެއްޓުން
  4. ސަރުކާރުގެ އިދާރާ/މުޢައްސަސާތަކުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ބޭނުންވާ ބަޔާންތަކާއި ލިޔުންތައް އެ އިދާރާ/މުޢައްސަސާއަކުން އަންގާ މިންވަރަކުން ރާއްޖޭގެ މިޝަންތަކާއިގުޅިގެން އެކަންތައްތައް ކުރިއަށް ގެންދިއުން
  5. ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވިސާ ހޯދަން ޖެހޭ ފަރާތްތަކަށް  މައުލޫމާތު ފޯރުކޮށްދީ ރާއްޖެއަށް އެކްރެޑިޓްކޮށްފައި ހުންނަ މިޝަންތައް މެދުވެރިކޮށް ވިސާ އަށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ މަސައްކަތް ބެލެހެއްޓުން                                                           
  6. މިނިސްޓްރީން ސައްޚަކަން ކަށަވަރުކުރުމަށް މިނިސްޓްރީއަށް އެކިއެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް، "އެޓެސްޓް" ކުރުމަށް ކަނޑައަޅާފައިވާ އުޞޫލްތަކާއި އެއްގޮތަށް ޢަމަލުކުރުން.
    1. ޑިވިޜަންގެ ސަޕޯޓް މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި، ޕަރފޯމަންސް އެޕްރެއިސަލް މަސައްކަތާއި، މުވައްޒަފުންގެ ޗުއްޓީ ޕްލޭން އޮންނަ އުސޫލަކުން ކަމާބެހޭ ޑިވިޜަނަށް އެންގުން
    2. ޑިވިޜަނުގެ ޔައުމިއްޔާ، ވީކްލީ ރިޕޯރޓްތައް، ވޯކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ލިޔެކިޔުންތައް އޮންނަ އުސޫލަކުން ފައިލްކޮށް ރެކޯޑް ބެލެހެއްޓުން
    3. ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން 
    4. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

 

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-   މަޤާމުގެ މަސައްކަތާ ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތަޢުލީމީ ރޮނގަކުން ޤައުމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ (އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް) ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2-   މަޤާމުގެ މަސައްކަތާއި ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ (އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް) ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-   މަޤާމުގެ މަސައްކަތާ ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

މުސާރަ:4,465.00  ރ.

ސަރވިސް އެލަވަންސް: 1,500.00 ރ.       

ސަޕޯޓިންގ ކޯ : 700.00 ރ.

 

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-308268

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: އެޑްމިނިސްޓްރޭޝަން ޔުނިޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. ސްޓޮކް ބެލެހެއްޓުން: ސްޓޮކަށް ބޭނުންވާ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ޕްރޮކިއުމަންޓާއި ހަވާލުކުރުން، ސްޓޮކަށް ތަކެތި ވައްދާ، މުވައްޒަފުންނަށް ސްޓޮކުން ތަކެތި ދޫކޮށް ސްޓޮކް ރެކޯޑް ބެލެހެއްޓުން އަދި ސެޕުން އެ އަދާހަމަކުރުން
  2. އެޑްމިނިސްޓްރޭޓިވް ޑިވިޜަން އިން ނެރެންޖެހޭ ސާރކިއުލަރ ތައްޔާރުކުރުމާއި އީމެއިލްކުރުން
  3. މިނިސްޓްރީއާއި މިޝަންތަކުގެ ކޮންޓެކްޓް ލިސްޓް އާއި އީމެއިލްތައް އަޕްޑޭޓްކޮށް މުވައްޒަފުންނަށް ސަރކުއުލެޓްކޮށް ރެކޯޑްސް ބެލެހެއްޓުން
  4. ޖެމްސް އިން އަންނަ ލިޔެކިޔުންތައް ކަމާބެހޭ ޑިވިޜަންތަކަށް ފޮނުވުމާއި އަދި ޕްރިންޓްކޮށް އެންޓްރީއަށް ފޮނުވުން. 
  5. ސެކްޝަނުގެ ޑެއިލީ އެންޓްރީ ނެގުން އަދި އެންޓްރީ ރޮސްޓަރ ތައްޔާރުކުރުން އަދި ޔައުމިއްޔާ، ވީކްލީ ރިޕޯޓް، އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ތައްޔާރުކުރުމާއި ސެކްޝަނުގެ ރެކޯޑް ބެލެހެއްޓުން
  6. މިނިސްޓްރީގައި ޤާއިމްކޮށްފައިވާ ކޮމިޓީތަކުގެ މައުލޫމާތު ބަލަހައްޓައި ރެކޯޑް އަޕްޑޭޓްކުރުން
  7. މިނިސްޓްރީ އިން ބޭރުކުރާ ސިޓީ ފަދަ ތަކެތި ކަމާބެހޭ އިދާރާތަކަށް ފޮނުވޭތޯ ބަލައި މޮނިޓަރކުރުން 
  8. ޕާސްޕޯޓް ހެއްދުމާއި އާކުރުން (އޮފިޝަލް އަދި ޑިޕްލޮމެޓިކް) އަދި ރެކޯޑް ބެލެހެއްޓުން
  9. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްކުރުން

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-     ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

 

މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: އެމް. އެސް. 2

މުސާރަ:6,295.00  ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 900.00 ރ.

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-308271

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ޓްރެއިނިންގ ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. ދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން ފޮރިން ސާވިސްގައި ޕްރޮފެޝަނަލް މުވައްޒަފުން ބިނާކުރުމަށްޓަކައި ހިންގާ ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތައް  އިސްވެރިޔާގެ (އެޑްވައިޒަރީ ބޯޑު) އިރުޝާދުގެ ދަށުން ތައްޔާރުކުރުމާއި ރާވައި ހިންގުން
  2. ފޮރިން ސަރވިސް އަށް ބޭނުންވާ ހުނަރުތައް ފާހަގަކޮށް "ސްކިލް ޑިވެލޮޕްމަންޓް" ޕްރޮގްރާމްތައް އިސްވެރިޔާގެ ލަފާއާއިއެކު (އެޑްވައިޒަރީ ބޯޑު)  ރާވައި ހިންގުން
  3. ސަފީރުންނާއި މިޝަންތަކުގެ މަސައްކަތާ ޙަވާލުވުމަށް ފޮނުވާ ޑިޕްލޮމެޓިކް މުވައްޒަފުންނަށް ބްރީފިންގ ސެޝަން ރާވައި ހިންގުން ނުވަތަ މިޝަންތަކުގެ ވަޒީފާއަށް ސެކަންޑްމަންޓުގެ އުސޫލުން ފޮނުވާ މުވައްޒަފުންނަށް "ޕްރީ ޕޯސްޓީންގ އޮރިއެންޓޭޝަން" ޕްރޮގްރާމް ތައްޔާރުކޮށް ރާވައި ހިންގުން
  4. މިނިސްޓްރީއިން މިޝަންތަކަށް ފޮނުވާ މުވައްޒަފުން އަދި މިނިސްޓްރީއަށް ވަނުމަށް އެދޭ ސިވިލް ސަރވިސް މުވައްޒަފުންނަށް ދެވޭ އިމްތިޙާނާއި ގުޅޭ އެންމެހާ ކަންތައްތައް
  5. ފޮރިން ސާވިސް މުވައްޒަފުން އަހުލުވެރިކުރުވުމުގެގޮތުން "ލެކްޗަރ ސީރީޒް" ރާވައި ހިންގުން.
  6. މިނިސްޓްރީން ބާއްވާ ހެޑްސް އޮފް މިޝަން ބައްދަލުވުމުގެ ލިޔެކިޔުމާއިބެހޭ މަސައްކަތްތައް އިސްވެރިޔާގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުމުގައި އެހީތެރިވުން
  7. ފޮސިންމް ގެ އިދާރީ ހިންގުމުމުގެ ކަންތައްތަކާއި، ފޮސިމްގެ ޕްލޭންތައް ރޭވުމާއި، ބަޖެޓާއި ގުޅޭ ކަންތައްތައް އިސް ވެރިޔެއްގެ ލަފަޔާއި އެކު ރާވާ ހިންގުން
  8. މިނިސްޓްރީއަށް އަލަން ގުޅޭ މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުން
  9. ޑިވިޜަނުގެ އެންޓްރީ ޝީޓް ތައްޔާރުކޮށް، ޔައުމިއްޔާ، އަހަރު ރިޕޯޓަށް ބޭނުންވާ މައުލޫމާތު، ވީކްލީ ރިޕޯރޓްތައް، އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ލިޔެކިޔުންތައް ފައިލްކޮށް ރެކޯޑް ބެލެހެއްޓުން
  10. ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން
  11. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1       މަޤާމުގެ މަސައްކަތާއި ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ (އެޑްމިނިސްޓްރޭޝަން) ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2       މަޤާމުގެ މަސައްކަތާ ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

އިތުރު އިނާޔަތް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

 

 

 

އެމް.އެސް 3 –އީއެކްސް 6

-     ތަޢުލީމާއި ތަމްރީން 22%

-   މަސައްކަތުގެ ތަޖުރިބާ  8%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 70%

 

ޖީ.އެސް 3- ޖީ.އެސް 4

-     ތަޢުލީމާއި ތަމްރީން 40%

-   އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5%

-   މަސައްކަތުގެ ތަޖުރިބާ  10%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 45%

އެމް. އެސް 2

-     ތަޢުލީމާއި ތަމްރީން 40%

-        އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން)5%

-   މަސައްކަތުގެ ތަޖުރިބާ  15%

-     ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 40%

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/en/downloads  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3345011 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ،  09 ޖޫން 2019 އާއި 27 ޖޫން 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ތައުލީމަށް 50%
  • ތަޖުރިބާ 50%

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

އެމް.އެސް 3 – އީއެކްސް 6 ………… 40%

އެމް.އެސް 1 – އެމް.އެސް 2 ........... 35%

ޖީ.އެސް 3 - ޖީ.އެސް 4 .................... 45%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3345011 އެވެ. އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

 

                             

 

‏20‏ މެއި‏ 2019

‏15‏-ރަމަޟާން‏-4014

20 މޭ 2019
ހޯދާ