ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލަށް މިވަގުތަށް ބޭނުންވާ މަރާމާތު

`

 

 ފޯކައިދޫ ސްކޫލް
ށ، ފޯކައިދޫ ، ދިވެހިރާއްޖެ

                                                                                                                                                 އިޢުލާން ނަންބަރ:GS-107/2019/16

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސުކޫލަށް މިވަގުތައް ކޮންމެހެން ބޭނުންވާ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 16 އިން 2019 މެއި 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  3.. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 22 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  4.މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ފޯކައިދޫ ސްކޫލް ގައެވެ.

 

  5. ބިޑް ހުޅުވުން އޮންނާނީ 2019 މެއި 28 ވާ އަންގާރަ ދުވަހުގެ 10:30 ގައި ފޯކައިދޫ ސްކޫލްގައެވެ.

 

  6.މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯކައިދޫ ސްކޫލް

ށ.ފޯކައިދޫ

ހުކުރުމަގު، ފޯކައިދޫ، ދިވެހިރާއްޖެ.

ފޯން: 6540542

އީ-މެއިލް:admin@foakaidhooschool.edu.mv

ކޮޕީ އީ-މެއިލް: -

 

                                        11 ރަމަޟާން 1440

                                         16 މެއި 2019

16 މޭ 2019
ހޯދާ