މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެން.އެސް.ޑަބްލިއު ސޮފްޓްވެއަރ އަދި ހާޑްވެއަރ ސަޕްލައި، އިންސްޓޯލް، ކޮންފިގަރ، ޑެވެލޮޕް އަދި މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ދިވެހި ސަރުކާރަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީ އަދި ލޯންގެ ގެ ގޮތުގައި ލިބިފައިވާ ފައިސާއިން ސައުތު އޭޝިއާ ސަބްރީޖަނަލް އެކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމް ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ދަށުން ތިރީގައި މިވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ ގަތުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމަންޓްގެ އެދިލެއްވުމުގެ މަތިން އެން.އެސް.ޑަބްލިއު ސޮފްޓްވެއަރ އަދި ހާޑްވެއަރ ސަޕްލައި، އިންސްޓޯލް، ކޮންފިގަރ، ޑެވެލޮޕް އަދި މެއިންޓެއިންކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ (IUL)13-K/13/2019/129 އިއުލާނުގައިވާ  ބީލަމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު 9 ޖޫން 2019އަށް އިތުރުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު 10 ޖޫން 2019ގެ ނިޔަލަށް އިތުރު ކޮށްފީމެވެ.

3. މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓެޓިވް ބިޑިންގް އުސޫލުން އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. އަދި  30މަހުގެ މުއްދަތުތެރޭގައި މިމަސައްކަތް ނިންމަންވާނެއެވެ. އަދި 36މަސް ދުވަހުގެ މެއިންޓެނަންސް އަދި 1 އަހަރުގެ ވޮރަންޓީ ދޭންވާނެއެވެ.

4. މި ބީލަމުގައި ބައިވެރިވެވޭނީ ތިރީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް އެކަނިއެވެ.

       ހ. ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ އެވަރެޖްގެ ގޮތުގައި ޔޫ.އެސް.ޑީ 5 މިލިއަން ރުފިޔާ ލިބިފައިވުން.

       ށ. ފާއިތުވި 5 އަހަރު ތެރޭގައި  މަދުވެގެން 4 މިލިއަން ޑޮލަރުގެ މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       ނެޝަނަލް ޓެންޑަރ

       މިނިސްޓްރީ އޮފް ފިނޭންސް،

       އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

       ފޯން: 1617 (+960)

       އީ-މެއިލް: [email protected]

       ކޮޕީ: [email protected]

6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 4 އެޕްރީލް 2019 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

7. ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100.00(ސަތޭކަ) ޔޫ.އެސް ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 4 އެޕްރީލް 2019 އިން 9 ޖޫން 2019އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 (ރަމަޟާން މަހު: 10:00 އިން 12:00) އަށް މި މިނިސްޓްރީއިންނެވެ.

8. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000.00 ޔޫ.އެސް ޑޮލަރު (ފަންސާސް ހާސް ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާއިން) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 112 ދުވަހެވެ.

9. ބީލަން ހުޅުވުން އޮންނާނީ 10 ޖޫން 2019 ވާ ހޯމަ ދުވަހުގެ 12:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ލިބޭ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

10. މި އިއުލާނު މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv  ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

14 މޭ 2019
ހޯދާ