ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވިޔަ ހޯލްޑިންގސްއަށް މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް :ޔުނިވިޔަ ހޯލްޑިންގސްއަށް މުވައްޒަފުން ބޭނުންވެއްޖެ
ބޭނުންވާ އަދަދު :5

ވަޒީފާގެ ފުރުޞަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި 'ޔުނިވިޔަ ހޯލްޑިންގސް' އަށް، މަސައްކަތަށް ޤާބިލް އަދި ހީވާގި މުވައްޒަފުން ހިމެނޭ ޓީމެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

މެނޭޖިންގ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރ

މުސާރައާއި އެލަވަންސް:

37,000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • އެކަށައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ކުންފުނީގެ ވިޔަފާރިއާއި އިދާރީ ހިންގުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  • ކުންފުނީގެ ވިޝަން އާއި މިޝަން ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  • ވިޔަފާރި ފުޅާކޮށް ތަރައްޤީކުރުމަށާއި ކުންފުނީގެ ފައިދާ އިތުރުކުރުމަށްޓަކައި އިންވެސްޓްމެންޓްތައް ހޯދައި ތަންފީޒުކުރުން.
  • ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުންފުނީގެ ހިންގުން ބައްޓަންކޮށް ދަމަހައްޓައި، ކުންފުނީގެ އެންމެހާ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރުން
  • ކުންފުނީގެ އިދާރީ ހިންގުމުގެ ރިޕޯޓުތަކާއި މާލީ ރިޕޯޓްތަކުގެ އަލީގައި ކުންފުނީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުން.
  • ސްޓޭކްހޯލްޑަރުންނާއި ވިޔަފާރިއާ ގުޅުން ހުރި އެހެނިހެން ފަރާތްތަކާއި ރަގަޅު ގުޅުމެއް ޤާއިމުކުރުން.
  • ކުންފުނީގެ މަސައްކަތްތަކުގެ ދާއިރާއާއި މާކެޓަށް އަންނަ ބަދަލުތަކުގެ ފުރިހަމަ މަޢުލޫމާތު ހޯދައި އަންނަމުންދާ ބަދަލުތަކަށް ފާރަވެރިވެ މަސައްކަތްކުރުން
  • ޑިރެކްޓަރުންގެ ބޯޑުގައި ކުންފުނި ތަމްސީލުކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް ޖަވާބުދާރީވުން.
  • ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތުތަކަށް ރިޢާޔަތްކުރެވޭކަން ކަށަވަރުކުރުން.

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ،

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސައްކަތު ތަޖުރިބާ:

  • ވިޔަފާރި ކުންފުންޏެއް ހިންގުމުގެ މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ
  • ދިވެހިރާއްޖޭގެ ވިޔަފާރިއާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވުން
  • ސިޔާސަތުތައް ތަންފީޒުކުރުމާއި ހިންގުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމާ ގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން

މަޤާމަށް ބޭނުންވާ އިތުރު ހުނަރުތައް:

 

  • ސީ.އީ.އޯ ގެ މަޤާމު ނުވަތަ އެކްޒެކެޓިވް ލެވެލްގައި މަސައްކަތްކުރުމުގެ ތަޖުރިބާ
  • ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކަށް އަހުލުވެރިވެފައިވުން
  • ނަޒާހާތްތެރިކަމާއި މަސައްކަތުގެ އަޚުލާޤު ހުރުން
  • މަސައްކަތަށް ފަރުވާތެރި ހީވާގި ދައުރެއް އަދާކުރުން
  • މުޢާމަލާތުކުރުމުގެ ހުނަރާއި، އިސްނެގުމުގެ ހުނަރު އަދި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ހުރުން
  • މަސައްކަތުގައި ދިމާވާދަތިތަކާ ކުރިމަތިލުމާއި މައްސަލަތައް ހައްލުކުރުމުގެ ޤާބިލްކަން ހުރުން

މަޤާމު:

އެޑްމިން އެންޑް ފައިނޭންސް މެނޭޖަރ

މުސާރައާއި އެލަވަންސް:

17,000 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ކުންފުނީގެ ބަޖެޓު ތައްޔާރުކުރުމާއި ފޯކާސްޓްތައް ތައްޔާރުކޮށް މޮނިޓަރކުރުން
  • އެކައުންޓްސް ޑިޕާޓްމަންޓުން ކުރަންޖެހޭ ހުރިހާކަމެއް ކުންފުނީގެ ފައިނޭންޝަލް މެނޭޖްމަންޓް މެނުއަލާއި އެއްގޮތަށް ހިންގައި ބެލެހެއްޓުން
  • ކުންފުނީގެ މާލީ ރިޕޯޓުތައް ކަނޑައެޅިފައިވާ  ވަގުތުތަކަށް ނިންމުން
  • ކުންފުނީގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކުރުމާއި، މާލީ ހިސާބު ބެލެހެއްޓުމާއި ގުޅޭ ގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން
  • ކުންފުނީގެ ފަރާތުން ހުށަހަޅަންޖެހޭ ތަފާތު ރެގިއުލޭޓަރީ ރިޕޯޓުތަކާއި އެއްބަސްވުންތަކާއި ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތަށް ހުށަހެޅުން
  • ކުންފުނީގެ މަޤުޞަދުތައް ހާސިލު ކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައި ބެލެހެއްޓުން
  • ކުންފުނީގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން
  • ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ ތަފާތު ރިޕޯޓުތައް އެކުލަވާލުން

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • CIMA/ACCA ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން
  • ނުވަތަ ފައިނޭންސް/އެކައުންޓިންގ ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސައްކަތު ތަޖުރިބާ:

  • އެކައުންޓިންގ ދާއިރާގައި މެނޭޖީރިއަލް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  • ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ކޮންޓްރޯލްކުރުމާއި ފޯކާރސްޓް ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • އޮޑިޓަރުންނާއި، ލެންޑިންގ އެޖެންސީތަކާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކާއެކު މުޢާމަލާތުކޮށް ތަޖުރިބާ ލިބިފައިވުން
  • މާލީ އިދާރާތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން

މަޤާމު:

ޕްރޮކިއުމެންޓް މެނޭޖަރ

މުސާރައާއި އެލަވަންސް:

މުސާރ އަދި އެލަވަންސް: 17,000 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީ އާއި އެއްގޮތަށް ކުރިއަށްގެންދިޔުން
  • ކުންފުންޏަށް ހޯދަންޖެހޭ މުދަލާއި ޚިދުމަތްތަކަށް ބިޑްކުރުމާއި، އިވެލުއޭޝަންގެ މަސައްކަތާއި ބިޑް ހަވާލުކުރެވޭ ފަރާތްތަކާއި އެކު ކުރެވޭ އެންމެހާ މަސައްކަތްތަކެއް ރާވާ ހިންގުން
  • އިންވެންޓްރީ ބެލެހެއްޓުމާއި އިންވެންޓްރީ ރަޖިސްޓްރީ ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކޮށް ތަންފީޒުކުރުން
  • ކަނޑައެޅިފައިވާ ވަގުތުތަކަށް ކުންފުނީގެ ޕޭމެންޓްސްތައް އަދާކުރާކަން ކަށަވަރުކުރުން
  • ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގެ އެންމެހާ ކަމެއް ތަންފީޒުކުރުމުގެ ޒިންމާ އަދާކުރުން

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް  9 ގެ ސަނަދެއް ހާސިލްކޮށްފައިވުން
  • ނުވަތަ  ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސައްކަތު ތަޖުރިބާ:

  • މަސައްކަތުގެ ދާއިރާގައި މެނޭޖިރިއަލް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  • ދިވެހިރާއްޖޭގެ ވިޔަފާރީގެ ޤާނޫންތަކަށާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވުން
  • ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މަސައްކަތްކުރުމުގެ ސިފައާއި މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން

މަޤާމު:

އެޑްމިން އެންޑް އެޗްއާރު އޮފިސަރ 

މުސާރައާއި އެލަވަންސް:

މުސާރ އަދި އެލަވަންސް: 9,500 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ކުންފުނިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ އަދި ލިބޭ ސިޓީ، ނޯޓް އަދި މެމޯފަދަ ލިޔުންތައް ތައްޔާރުކުރުމާއި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި އެތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން
  • ކުންފުނީގެ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ / ރެކޯޑްސް ތައްޔާރުކުރުން
  • ކުންފުނީގެ އޮޕަރޭޝަނަލް ޕްރޮސީޖަރއާއި އެއްގޮތަށް ޑިޕާރޓްމެންޓްގެ އެންމެހާ މަސައްކަތެއް ކުރުން
  • މުވައްޒަފުންގެ މުސާރަ އާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ދުވަހުން ދުވަހަށް ހާޟިރީ އަޕްޑޭޓްކުރުމާއި، ޗުއްޓީއާއި ސަލާމުގެ ރިކޯޑު ބެލެހެއްޓުން
  • ކުންފުންޏަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، އިންޓަރވިއުގެ އިންތިޒާމުތައް ހަމަޖެއްސުން
  • މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އެޕްރައިޒަލްގެ އެންމެހާ މަސައްކަތްތަކެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  • ކުންފުނީގެ ހިޔުމަން ރިސޯސް ޕޮލިސީ ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކެއް ކުރުން

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަސައްކަތު ތަޖުރިބާ:

  • މަސައްކަތާއި ގުޅޭ ދާއިރާގައި މަސައްކަތްކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމު:

ލޮޖިސްޓިކްސް އޮފިސަރ

މުސާރައާއި އެލަވަންސް:

މުސާރ އަދި އެލަވަންސް: 9,500 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ކުންފުނިން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރުމުގެ މަސައްކަތްކުރުން
  • ބޭންކުތަކާއި އެކު ކުރަންޖެހޭ އެކި އެކި މުޢާމަލާތްތައް ކުރުން
  • ލޮޖިސްޓިކްސް އޮޕަރޭޝަންސްގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުން
  • ކުންފުނީގެ އެކި އިވެންޓްތަކަށް ވެނިއު ތައްޔާރުކުރުމާއި ކަމާއި ގުޅޭ އެންމެހާ ލޮޖިސްޓިކްސް މަސައްކަތްތައް ކުރުން
  • ކުންފުންޏަށް ގަނެވޭ މުދަލާއި ތަކެތި ގަތުމުގައާއި ސްޓޯރކުރުމުގައި ޕްރޮކިއުމެންޓް ޑިޕާރޓްމެންޓަށް އެހީތެރިވެދިނުން
  • އޮފީހުގެ އެންމެހާ މެއިންޓަނެންސްގެ މަސައްކަތްތަކެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • މެނޭޖްމެންޓު ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 6 ނުވަތަ 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޖުރިބާ:

  • މަސައްކަތާއި ގުޅޭ ދާއިރާގައި މަސައްކަތްކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަޖުރިބާ

ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން

އިންޓަރވިއު

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

22 މެއި 2019  ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް

 ނޯޓު :

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.
08 މޭ 2019
ހޯދާ