ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

1440ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

         1440 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން  02 ރަމަޟާން 1440 (07 މޭ 2019) ވާ އަންގާރަ ދުވަހުން ފެށިގެން 28 ރަމަޟާން 1440 (02 ޖޫން 2019) ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 09:30 އިން މެންދުރު 12:00 އާއި ހަމައަށް މިކައުންސިލްގައި އޮންނާނެއެވެ.

ފިޠުރު ޒަކާތަށް މީހަކަށް ދައްކަންޖެހޭ ޢަދަދު ތިރީގައި މިވަނީ :

  • އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ   11.50ރ
  • ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 48.00ރ
  • ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ  55.00ރ
  • ރަތް ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ      62.00ރ
  • އާދައިގެ ގޮދަންފުށުން ނަމަ މީހަކަށް ދައްކަންވާނީ 9.00ރ
  • އާޓާ ފުށުންނަމަ މީހަކަ ދައްކަންވާނީ       60.00ރ

ފިޠުރު ޒަކާތް ދެއްކެވުމަށް ވަޑައިގަންނަވާއިރު އެގެއަކުން ފައިސާދައްކަންޖެހޭ

މީހުންނަށް  ޢަދަދު ހަމަކޮށްގެން ފައިސާ ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ.

          މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

07 މޭ 2019
ހޯދާ