ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމުތައް:
1. މަގާމުގެ ނަން |
މެކޭނިކް |
ރޭންކް: |
އެމް.އެސް 1 |
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: |
ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނެންސް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
އަސާސީ މުސާރަ: |
-/5,610 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/2,000 ރުފިޔާ |
ޚާއްޞަ އެލަވަންސް: |
2,524/50 ރުފިޔާ (އަސާސީ މުސާރައިގެ %45) |
ލިވިންގ އެލަވަންސް: |
-/2,500 ރުފިޔާ |
ސްޕެޝަލް އެލަވަންސް: |
-/3,500 ރުފިޔާ |
މަގާމުގެ ޝަރުޠު: |
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) އެޑްވާންސް ސެޓްފިކެޓް އިން ރެފްރިޖަރޭޝަން އެންޑް އެއަރކަންޑިޝަނިންގ ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުމެއް ހައްޤުވާ މާރކްސެއް ލިބެމުންދިއުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. - މީގެ އިތުރުން، މިމަގާމަށް މީހަކު ހޮވުމުގައި VRV ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ތަޖުރިބާއާއި މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- އެއަރކަންޑިޝަން ސިސްޓަމް ބެހެއްޓުމާއި، މެއިންޓެނަންސާގުޅޭ މަސައްކަތްތައް ކުރުން. |
2. މަގާމުގެ ނަން |
ސްޕެޝަލް ސަޕޯޓް އެސިސްޓެންޓް |
ރޭންކް: |
އެސް.އެސް 3 |
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: |
ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނަންސް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
އަސާސީ މުސާރަ: |
-/3,875 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1,000 ރުފިޔާ |
ޚާއްޞަ އެލަވަންސް: |
1,743/75 ރުފިޔާ (އަސާސީ މުސާރައިގެ %45) |
ލިވިންގ އެލަވަންސް: |
-/2,500 ރުފިޔާ |
މަގާމުގެ ޝަރުޠު:
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 (ސެޓްފިކެޓް 1) ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. - މީގެ އިތުރުން، މިމަގާމަށް މީހަކު ހޮވުމުގައި ފުޑް އެންޑް ބެވެރޭޖް ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ޕޭންޓްރީގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
ހުށަހަޅަންޖެހޭ ތަކެތި: |
|
އިތުރު މަޢުލޫމާތު : |
މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 7 މޭ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. |