މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް މުނިސިޕަލް ސާރވިސް އޮފިސަރ (ވަގުތީ)

މަޤާމް :އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ
ބޭނުންވާ އަދަދު :1

                                 ނަންބަރު:  IUL)321-A/321/2019/60     

އިޢުލާން

             މިއިދާރާގެ ނަންބަރު IUL)321-A/321/2019/52) އިޢުލާނާއި ގުޅިގެން އެސިސްޓެންޓް މުނިސިޕަލް ސާރވިސް އޮފިސަރ މަޤާމަށް އެދި އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ، އެޢިލާން ބާޠިލްކޮށް އަލުން އެމަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމް:

މަޤާމް ނަންބަރު:

ބޭނުންވާ ޢަދަދު:

މަޤާމުގެ ގިންތި:

މުއްދަތު:

 

 

މަޤާމުގެ ރޭންކް:

އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ

J-307346

01

ކޮންޓްރެކްޓް (ވަގުތީ)

ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ތާރީޚުން ފެށިގެން 04 އޭޕްރީލް 2021 ށް (މިމުއްދަތު ހަމަވުމުގެ ކުރިން މިމަޤާމަށް ދާއިމީ މުވައްޒަފަކު ހަމަޖެހިއްޖެނަމަ، ކޮންޓްރެކްޓް ބާޠިލްކުރެވޭނެއެވެ.)

ޖީ.އެސް 04

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 02  

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މަޤާމް އޮތް އޮފީސް:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

 

މަހަކު 5،020.00 (ފަސްހާސް ވިހި ރުފިޔާ)

ސަރވިސް އެލެވަންސް:

މަހަކު 1،500.00 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

 

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ރަށުގެ މަގުތަކާއި ޕާކުތަކާއި މައިދާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވާ ބަންދުކުރުމުގެ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން
  2. މިސްކިތްތަކަށް ލިބޭ ގެއްލުންތައް ބަލާ، މަރާމާތުކުރަންޖެހޭ ކަމެއްހުރިނަމަ، އެކަމެއް ޒިންމާދާރުވެރިޔާ ނުވަތަ ސެކްޝަން ހެޑްގެ ސަމާލުކަމަށްގެނެސް، އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން
  3. ރަށުގެ ބަނދަރާއި، މަގުތަކާއި، އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ އިދާރީ އިންތިޒާމްތައް ޒިންމާދާރު ވެރިޔާ ނުވަތަ ސެކްޝަން ހެޑް އަންގާ ގޮތެއްގެ މަތިން ކުރުން
  4. ރަށުގެ ކުނިނައްތާލުމުގެ ނިޒާމާއިބެހޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހާ ކަންކަމާއި، ސްޕަވައިޒްކޮށް ބަލަންޖެހޭ މަސައްކަތްތައް ބެލުން
  5. މަގުމަތި ބައްތިތައް ދިއްލުމާއި، މަރާމާތުކުރުމުގެ މަސައްކަތުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން
  6. ފެނާއި، ނަރުދަމާ ނިޒާމާއި ބެހޭގޮތުން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް  ޒިންމާދާރުވެރިޔާ / ސެކްޝަން ހެޑް އަންގާގޮތެއްގެ މަތިން ކުރިއަށް ގެންދިއުން 
  7. ރަށުގައި ދރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ، ބެލެހެއްޓުން
  8. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ގެސްޓްހައުސްތަކާއި، އޮޑިދޯނިފަހަރުގެ ސާރވޭކޮށް، ހުއްދަދޫކުރުމަށް ކަމާބެހޭ މުވައްޒަފަކާއި ނުވަތަ ސެކްޝަނާއި ހަވާލުކުރުން
  9. ތުޅާދޫ ލޭންޑްޔުސް ޕްލޭންގައިވާ ގޮތުގެމަތިން އެކި ކަންކަމަށް ބިންދޫކުރުމަށް ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ހޯދުމާއި، ބިމާއިބެހޭގޮތުން ކުރަންޖެހޭ އިދާރި މަސައްކަތްތައް ޒިންމާދާރުވެރިޔާ / ސެކްޝަން ހެޑް އަންގާގޮތެއްގެ މަތިން ކުރުން
  10. ބިމާއި ބެހޭގޮތުން ހައްދަންޖެހޭ އެކިއެކި ރަޖިސްޓްރީތައް ހެއްދުން
  11. ސެކްޝަނާއި ޙަވާލުކުރެވިފައި ހުންނަ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓާ، ލިޔެކިޔުންތައް ވަކި އިންތިޒާމެއްގެ މަތިން ފައިލްކޮށް، ނައްތާލަންޖެހޭ ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ނައްތާލުން
  12. ރަސްމީގަޑިގައާއި ނުރަސްމީ ގަޑީގައި އޮފީސް ލައްޕާހުޅުވުން
  13. އިދާރީ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނާއި ގުޅުންހުރި އަސާސީ ޚިދުމަތްތައް ހަލުވިކަމާއެކުކޮށް، ދުވަހުން ދުވަހުން ނިންމުން
  14. ރަށުކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްއިދާރާ ހިންގަވަން ހުންނަވާ ވެރިއަކު، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވަލުކުރައްވާ މަސައްކަތްތަކާއި ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމުގައި އެބޭފުޅަކާ އެހީތެރިވެ، އެއްބާރުލުން ދީގެން މަސައްކަތްކުރުން 

ގުޅޭ ވަޒީފާގެ ދާއިރާތައް:

މުނިސިޕަލް ސާވިސަސް

މަޤާމުގެ ޝަރުތުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / އާބަން ސްޓަޑީޒް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 04 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

     

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް               
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 09 މެއި 2019 ބުރާސްފަތިވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 މެއި 2019 އާއި 28 މެއި  2019 އާއި ދެމެދު ތުޅާދޫ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

 

 

45% (ސާޅީސްފަސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. 

 

                20  ޝަޢުބާން    1440   

25 އޭޕްރިލް 2019
ހޯދާ