މާއުނގޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓްގެ މަޤާމައަށް މީހަކު ބޭނުންވެއްޖެ

އިޢުލާނު


މަޤާމް:

ލޯންޑްރީ އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-253554

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ.މާއުނގޫދޫ ޞިއްޙީ މަރުކަޒު، ށ.މާއުނގޫދޫ

މުސާރަ:

3100 ރުފިޔާ

ސަރވިސް އެލެވަންސް:

1000 ރުފިޔާ

އެހެނިހެން އެލަވަންސް:

1 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2 ސިވިލްސާރވިސްގެ ވުވައްޒަފުންނަށް ހަމަޖެހިފައިވާއުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާއަތްތަށް

3 ސަޕޯޓިން ކޯ އެލެވެސް މަހަކު 1200 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރެވޭ ތަކެތި ނަރުހުން އަންގާގޮތެއްގެ މަތިން ފަރުވާތެރިކަމާއެކު ޒިންމާދާރުގޮތެއްގައި ސާފުކުރުން.
  2. އޮޓޯކުލޭވް ކުރުމުގައި ނަރުހުންނަށް އެހީތެރިވުން.
  3. ނަރުހުންގެ މަޝްވަރާގެ މަތިން ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކުރުމަށް ހުންނަ ބެޑްޝީޓް ބާލިހުއުރަ ފަދަ ތަކެތި ދޮވެއިސްތިރިކުރުމަށްފަހު މަރުކަޒުގެ ޙިދުމަތަށް ބުރޫނާރާނެގޮތައް އަބަދުވެސް ތައްޔާރަށް ބެހެއްޓުން.
  4. ސިއްހީމަރުކަޒިގައި ބޭނުންކުރާ ދޮރުފޮތިތަކާއި އެހެނިހެން ފޮތިތަށް މަރުކަޒުން ކަނޑައަޅާ ގޮތެއްގެ މަތިން ދޮވެ އިސްތިރިކުރުން.
  5. ލޯންޑްރީގައި ބޭނުންކުރާ މެޝިން، އިސްތިރި ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އަންގަންޖެހޭ މުވައްޒަފަކަށް އަންގައި އެކަމެއް ހައްލުކުރުމަށް ބާރުއަޅައި މަސައްކަތްކުރުން.
  6. މަރުކަޒުގައި ބަލިމީހަކު އެދުމަތި ކުރެވިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ޑިއުޓީކުރުން.
  7. އެޓްޑެންޓް ޗުއްޓީ ނަގައިފަނަމަ އެޑެންޑެންޓްގެ ވަޒީފާ ބަޔާނުގައިވާ ކަންތައްތަކުގެ ތެރެއިން މަރުކަޒުން ހަވާލުކުރާ މަސައްކަތް ކުރުން.
  8. ލޯންޑްރީގައި ބޭނުންކުރާ އެންމެހައިތަކެއްޗާއި، ލޯންޑްރީ މަދުވެގެން ދުވާލަކު 1 ފަހަރު ފޮޅާ ދޮވެސާފްކުރުން. ދޮވެ ސާފްކުރުމުގައި ލޯންޑްރީގައި ހުންނަ ތަކެއްޗަށް ފަރުވާޓެރިވާންވާނެއެވެ.
  9. މަރުކަޒުގެ މަސައްކަތު މީހުންގެ މަސައްކަތުގައި އެހީތެރިވެދިނުން.
  10. ޞިއްހީމަރުކަޒުން އެކިއެކި މުނާސަބަތުގައި ރާވާހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އުޅުން.
މަރުކަޒުންނާއި ސްޕަވައިޒަރު އަންގަވާ ކަންތައްތައް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

 ލިޔަން ކިޔަން އެގުން
ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ށ.މާއުނގޫދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް sh.maaugoodhoohc@health.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 1 މެއި 2019 އާއި 10 މެއި 2019 އާ ދެމެދު، ށ.މާއުނގޫދޫ ޞިއްޙީ މަރުކަޒުގައެވެ. 

ޝޯޓް ލިސްޓްކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

13 ޝައުބާން 1440

18 އޭޕްރިލް 2019

18 އޭޕްރިލް 2019
ހޯދާ