ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ސިއްރުވޯޓު ނެގުމާއި ގުޅޭ

ރައްޔިތުންގެ ސިއްރުވޯޓު ނެގުމާއި ގުޅޭ

 

ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއާއި ނިލަންދޫ ނަރުދަމާނިޒާމު، ރައްޔިތުންގެ ނަމުގައި ކައުންސިލުން ހިންގާނީތޯ ނުވަތަ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރާނީތޯ ބެލުމަށް ނަގާ ސިއްރުވޯޓުގައި މާލޭގައި ވޯޓު ފޮށްޓެއް ބަހައްޓާގޮތަށް ހަމަޖައްސައި އިޢުލާނުކޮށްފައިވާނެއެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން މާލޭގައި ބަހައްޓާ ވޯޓު ފޮށްޓަށް ވޯޓުލުމަށް އެދިފައެއް ނުވެއެވެ.

މާލޭގައި ވޯޓު ފޮށްޓެއް ބަހައްޓާނީ މަދުވެގެން 50 މީހުން ވޯޓުލުމަށް އެދިވަޑައިގަތުމުންނެވެ.

ވީމާ، ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއާއި ނިލަންދޫ ނަރުދަމާނިޒާމު، ރައްޔިތުންގެ ނަމުގައި ކައުންސިލުން ހިންގާނީތޯ ނުވަތަ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރާނީތޯ ބެލުމަށް ނަގާ ސިއްރުވޯޓުގައި މާލޭގައި ބަހައްޓާ ވޯޓުފޮށްޓަށް ވޯޓުލުމަށް ބޭނުންފުޅުވާ ބޭފުޅުން އެކަމަށް އެދިވަޑައިގެން މިކައުންސިލަށް ލިޔުމުން ހުށަހެޅުމުގެ މުއްދަތު 2019 އެޕްރީލް 16 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް އިތުރުކޮށްފީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރަމެވެ.

 

09 ޝަޢުބާން  1440

15 އެޕްރީލް   2019

15 އޭޕްރިލް 2019
ހޯދާ