ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓްއަށް ބޭނުންވާ ޕަވަރ ބެކްއަޕް ސިސްޓަމް (35KW UPS) އެއް ގަތުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/27

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-011-19) PSM-ENG /2019/48

 

 

 

އިޢުލާން

              ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

              އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓްއަށް ބޭނުންވާ ޕަވަރ ބެކްއަޕް ސިސްޓަމް (35KW UPS) އެއް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ((IUL) PSM-FP/PSM/2019/20) އާއި ގުޅިގެން އެކަށީގެންވާވަރުގެ ތަރުޙީބެއް ލިބިފައި ނުވަތީ އެ އިޢުލާން ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.

              ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ޕަވަރ ބެކްއަޕް ސިސްޓަމް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

              ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

 

             

                  03 ޝައުބާން 1440 

                  08 އޭޕްރިލް 2019

08 އޭޕްރިލް 2019
ހޯދާ