މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޒުވާނުންގެ ގައުމީ މަޖިލިސް އަށް މެމްބަރުން ހޯދުމަށް

އިޢުލާން

ޒުވާނުންގެ ގައުމީ މަޖިލިސް އަށް މެމްބަރުން ހޯދުމަށް

ތަޢާރަފް

1.

(ހ)

ޒުވާނުންގެ ގައުމީ މަޖިލީހަކީ ޒުވާނުންގެ ކުރިއެރުމަށާއި، ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ބައްޓަން ކުރުމުގައި ޒުވާނުންގެ ހިއްސާ އިތުރު ކުރުމަށާއި، ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވާލެވޭ މަޖިލީހެކެވެ.

މަޤްޞަދު

2.

(ހ)

 

 

 

 

(ށ)

 

 

 

 

 

(ނ)

ޒުވާނުންގެ ގައުމީ މަޖިލިސް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާނުންނާބެހޭ މިނިސްޓްރީއިން ކުރަމުންގެންދާ މަސައްކަތްތަކަކީ ޒުވާނުންނާ ރަހުމަތްތެރި މަސައްކަތްތަކަކަށް ހެދުމަށްޓަކައި ޒުވާނުންގެ އަޑު އަހާ، ޒުވާނުންނާބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި، މުރާޖަޢާ ކުރުމަށް، ޒުވާނުންގެ ޚިޔާލު ހޯދުމެވެ. އަދި ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި ޒުވާނުންނާއި ޒުވާނުންގެ ދާއިރާގައި ހަރަކާތްތެރިވާ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން އެދާއިރާތަކުގައި ހުރި ކަންބޮޑުވުންތަކަށް ނުވަތަ ދަތިތަކަށް، ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމުގެ ގޮތުން މަސައްކަތް ކުރެވޭނޭ ގޮތްތައް ފާހަގަކޮށް   އެފަދަ ކަންކަން ރަނގަޅު ކުރެވޭނޭ ގޮތްތަކުގެ ލަފާ މިނިސްޓަރަށް އެރުވުން މި މަޖިލީހުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭނެއެވެ. ހަމައެއާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ޒުވާނުންގެ ތަރައްޤީއަށް ކުރެވޭނޭ ކަންތައްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފަޔާއި މަޝްވަރާދީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނޭނެއެވެ.

ދިވެހި ޒުވާނުންނަކީ އިސްލާމްދީނުގެ ބިންގަލުގެ މަތީގައި ގައުމަށް ވަފާތެރިކަމާއެކު ގައުމީ ތަރައްގީއަށް ޒިންމާދާރުކަމާއެކު ހިއްސާވާ އަދި އެމީހުންގެ ކުރިއެރުމަށް ބޭނުންވާ ފުރުސަތުތައް ލިބިފައިވާ ބަޔަކަށް ވުން.

މަޖިލިސް އެކުލަވާލުން

4.

(ހ)

 

 

 

(ށ)

 

(ނ)

(ރ)

ޒުވާނުންގެ ގައުމީ މަޖިލިސް އެކުލެވިގެންވަނީ މި އުސޫލުގެ 5 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ދާއިރާތަކުން، އިޢުލާން ކޮށްގެން ހޮވާ 9 މެންބަރުންނާއި އެކިއެކި މުއައްސަސާތަކުން ޢައްޔަނުކުރާ 6 މެންބަރުން ހިމެނޭ ގޮތަށް ޖުމުލަ 15 މެންބަރުންގެ މައްޗަށެވެ.

އިޢުލާން ކޮށްގެން މެންބަރުން ހޮވުމުގައި ދާއިރާތަކުން ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވި އޭގެތެރެއިން ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މެންބަރުން ހޮވޭނެއެވެ.

މަޖިލީހަށް މެންބަރުން ހޮވުމުގައި މަދުވެގެން %50 އަންހެނުން ހިމެނުމަށް އިސްކަމެއް ދެވޭނެއެވެ.

މެންބަރުކަމަށް ހޮވޭ/ޢައްޔަނުކުރާ ފަރާތްތަކަށް "ލެޓަރ އޮފް އެޕޮއިންޓްމަންޓް" ޙަވާލު ކުރެވުމުން މެންބަރުކަމަށް ޢައްޔަނު ކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ނޯޓް: ޝޯޓްލިސްޓްކުރެވޭނީ އިޢުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން (7) ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ބޭފުޅުންނެވެ.

މަޖިލީހުގައި ހިމެނޭ ދާއިރާތައް

5.

(ހ)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

(ށ)

މަޖިލީހުގެ ދާއިރާތައް ބަހާލެވިފައިވަނީ ތިރީގައިވާ ގޮތަށެވެ.

1-     16 އަހަރާއި 18 އަހަރާ ދެމެދުގެ، ރަސްމީ ތަޢުލީމުގެ ތެރެއިން އޭ-ލެވެލް އަށް ކިޔަވަމުންދާ އަންހެން 1 (އެކެއް) ދަރިވަރު

2-     16 އަހަރާއި 18 އަހަރާ ދެމެދުގެ، ރަސްމީ ތަޢުލީމުގެ ތެރެއިން އޭ-ލެވެލް އަށް ކިޔަވަމުންދާ ފިރިހެން 1 (އެކެއް) ދަރިވަރު

3-     ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ ދާއިރާއެއްގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ/ޖަމާޢަތަކުން 1 (އެކެއް) ފަރާތް

4-     މަސްތުވާ ތަކެއްޗާމެދު ހޭލުންތެރިކުރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ/ޖަމާޢަތަކުން 1 (އެކެއް) ފަރާތް

5-     ދިވެހި ބަހާއި، ތާރީޚާއި، ސަޤާފަތުގެ ދާއިރާގެ 1 (އެކެއް) ފަރާތް

6-     ޤާނޫނީ ދާއިރާގެ 1 (އެކެއް) ފަރާތް

7-     ފަންނާނުންގެ ދާއިރާއަކުން 1 (އެކެއް) ފަރާތް

8-     ކުޅިވަރުގެ ދާއިރާއަކުން 1 (އެކެއް) ފަރާތް

9-     ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ/ޖަމާޢަތަކުން 1 (އެކެއް) ފަރާތް

10-މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ 'ޔޫތު ޑިޕާޓްމަންޓް' ގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް

11-މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް

12-މޯލްޑިވްސް ޕޮލިސް ސަރވިސްގެ 'ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑް' ގެ 1 (އެކެއް) ފަރާތް

13-މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް

14-މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ 'ކޯޕަރޭޓް އެފެއަރޒް' ގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް

15-މިނިސްޓްރީ  އޮފް ޖެންޑަރ، ފެމިލީ، އެންޑް ސޯޝަލް ސަރވިސަސްގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް

މި މާއްދާގެ (ހ) ގެ  1 ން 9 އަށް އެވަނީ އިޢުލާނު ކޮށްގެން ހޮވާ މެންބަރުންނެވެ. އަދި 10 ން 15 އަށް އެވަނީ އެކިއެކި މުއައްސަސާތަކުން ޢައްޔަނު ކުރާ މެންބަރުންނެވެ.

މަޖިލީހުގެ ސިޔާސަތު

6.

(ހ)

މަޖިލީހުގެ ސިޔާސަތަކީ މިނިސްޓްރީގެ މެންޑޭޓާއި، ޒުވާނުންނާ ގުޅޭގޮތުން ސަރުކާރުން އެވަގުތަކު ގެންގުޅޭ ސިޔާސަތުތަކެވެ.

މަޖިލީހުގެ މެންބަރުންގެ ޝަރުޠުތައް

7.

(ހ)

މަޖިލީހުގެ މެންބަރުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ހުންނަންވާނެއެވެ.

1- ދިވެހި ރައްޔިތެއް ކަމުގައިވުން

2- ތަމްސީލުކުރާ ދާއިރާއާގުޅޭ ފަންނީ ގާބިލުކަން ހުރި، ނުވަތަ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން

3- އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން

4- ވޭތުވެ ދިޔަ 2 އަހަރުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން 

މަޖިލީހުގެ މެންބަރުކަމުން ވަކިވުން

8.

(ހ)

މި މާއްދާގައި ބުނެފައިވާ ޙާލަތަކުންކުރެ އެއްވެސް ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ ފަރާތެއްގެ މެންބަރުކަން ގެއްލޭނެއެވެ.

1-     މިއުސޫލުގެ 7 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ތަކުންކުރެ ޝަރުޠެއް އުނިވުން

2-     އިސްތިއުފާ ދިނުން

3-     މަޤްބޫލު އުޒުރެއް ނެތި، މަޖިލީހުގެ ރައީސްއަށް އެންގުމަކާ ނުލާ ވިދވިދިގެން 2 ބައްދަލުވުމުގައި ބައިވެރި ނުވުން

4-     މެންބަރުކަމުގެ ދައުރު ހަމަވުން (މަޖިލީހުގެ ދައުރު ހަމަވުން)

5-     ނިޔާވުން

6-     މެންބަރަކު މަޖިލީހުން ވަކިކުރުމަށް މިނިސްޓްރީ އިން ނިންމުން (މަޖިލީހުން ވަކި ކުރެވޭނޭ ޙާލަތުތައް މި އުސޫލުގެ 11 ވަނަ ނުކުތާގައި ތަފްސީލު ކޮށްފައިވާނެ)

މަގާމު ހުސްވުން

9.

(ހ)

އެއްވެސް ސަބަބަކާހުރެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ގިނަވެގެން (30) ތިރީސް ދުވަހުގެ (1 މަސް ދުވަހުގެ) ތެރޭގައި އެމަގާމަށް މެންބަރަކު ހަމަޖައްސަންވާނެއެވެ. ހުސްވާ މަގާމުތަކަށް މެންބަރުން ހަމަޖެއްސުމުގެ އެންމެހާ ކަންތައް ކުރިޔަށް ގެންދާނީ މިނިސްޓްރީއިންނެވެ.

އިސްތިއުފާ ދިނުން

.10

(ހ)

މަޖިލީހުގެ މެމްބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް މިނިސްޓަރަށް ލިޔުމަކުން ފޮނުވުމުން އެމަގާމުން އެމެމްބަރަކު އިސްތިއުފާ ދިނީ ކަމުގައި ބެލެވޭނެއެވެ.

މެންބަރުކަމުން ވަކިކުރުމާއި ބަދަލުކުރުން

.11

(ހ)

 

 

 

 

 

(ށ)

ތިރީގައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެނަމަ، މަޖިލީހުގެ މަޝްވަރާގެ މަތިން މިއުސޫލުގެ ދަށުން މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

1-     މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވުން

2-     ދަރަންޏެއް އޮވެ، އެ ދަރަނި އަދާކުރެވެން ނެތް ފަރާތެއްކަމަށް ކޯޓުން ކަނޑައަޅާފައިވާ މީހެއް ކަމުގައިވުން

މަޖިލީހުގެ މެންބަރުކަމަށް އެކިއެކި މުއައްސަސާތަކުން ޢައްޔަނު ކޮށްފައިވާ ފަރާތްތައް ބަދަލު ކުރުމުގެ ބާރު އެ މުއައްސަސާތަކަށް ލިބިގެންވާނެއެވެ. އަދި ބަދަލު ކުރުމަށް މަޖިލީހަށް ނުވަތަ މިނިސްޓްރީއަށް ފެނިއްޖެ ހާލަތެއްގައި މިނިސްޓްރީގެ ފަރާތުން އެ މުއައްސަސާތަކުގައި އެދެވިދާނެއެވެ.

މަޖިލީހުގެ ދައުރާއި އާންމު ޒިންމާތައް

 

12.

(ހ)

މަޖިލީހުގެ ދައުރަކީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން މިނިސްޓަރަށް ލަފަޔާއި އިރުޝާދު ދިނުމެވެ. އަދި ޒުވާނުންގެ އެކި ދާއިރާތަކުން ހުންނަ ކަންބޮޑުވުންތައް ބައްދަލުވުންތަކުގައި ތާވަލުކޮށްގެން، މަޝްވަރާކޮށް އެކަންކަމަށް ހައްލު ހޯދޭނޭ ގޮތްތަކެއް މިނިސްޓަރަށް ހުށަހެޅުމެވެ.

1-     ޒުވާނުންގެ ކުރިއެރުމަށާއި ތަރައްގީއަށް ރޭވޭ ކަންތައްތަކުގައި މިނިސްޓަރަށް  ލަފާ ދިނުން

2-     ޒުވާނުންނާއި ޒުވާނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް މަޝްވަރާކޮށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުން

3-     އެކިއެކި ދާއިރާތަކުން ޒުވާނުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް މިނިސްޓަރަށް ލަފާ ދިނުން 

4-     ޒުވާނުންނަކީ ޤައުމީ އެއްބައިވަންތަކަމާއި އިޖްތިމާޢީ ހަމަޖެހުމާއި، ގާނޫނާއި ގަވައިދަށް އިޙްތިރާމްކުރާ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރަށް ލަފާ ދިނުން

5-     ޒުވާނުންގެ މެދުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުންވާނަމަ އެކަމަށް ޙައްލު ހޯދައިދެވޭނޭ ގޮތްތަކާމެދު މަޝްވަރާކޮށް މިނިސްޓަރަށް ލަފާ ދިނުން

6-     ޒުވާނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ މެދުގައި މެދުނުކެނޑި ކުރިއަށް ގެންދެވޭފަދަ ގާތްގުޅުމެއް އުފައްދައިދިނުމުގެ ގޮތުން މަސައްކަތް ކުރެވިދާނޭ ގޮތްތައް ހޯދާ އެކަންކަން ކުރުމުގެ ލަފަޔާއި އިރުޝާދު ދިނުން

7-     ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި ޒިންމާދާރު ބައެއްގެ ގޮތުގައި ހެދުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފަޔާއި އިރުޝާދު ދިނުން

8-     ޒުވާނުންނާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި މިނިސްޓަރަށް ލަފާ ދިނުން

9-     އަމިއްލަ ނަފުސާއި، އާއިލާއާއި، ޖަމާޢަތާއި، މުޖުތަމަޢުގެ އެކި ކަންތައްތަކާއި މެދު ޒުވާނުންނަކީ މަސްޢޫލިއްޔަތާއި ޒިންމާ ފުރިހަމައަށް އުފުލާ ބައެއް ކަމުގައި ހެދުމަށް ކުރެވިދާނޭ ކަންތައްތައް ބަލާ ހޯދާ މިނިސްޓަރަށް ލަފާ ދިނުން

10- ސަރުކާރުގެ އެކިއެކި ދާއިރާތަކުން ރާވާ މަޝްރޫޢުތަކާއި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ޒުވާނުންގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ހިމެނޭނޭ ގޮތްތަކާމެދު ލަފާ ދިނުން

11- ދިވެހި ޒުވާނުންގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ ފަސޭހަތައް ހޯދައިދިނުމުގައި މިނިސްޓްރީއިން ހިންގާ ޕްރޮގްރާމްތަކާ ބެހޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުން

12-އިޖްތިމާޢީ މަރުކަޒުތައް ތަރައްގީ ކުރުމަށް ކުރެވިދާނޭ ކަންތައްތަކާބެހޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުން

13-ޒުވާނުންގެ 'މެންޓަލް ހެލްތް އެންޑް ވެލްބީންގ' އަށާއި، 'ފައިނޭންޝަލް އިންޑިޕެންޑަންސް' އަށް މަސައްކަތް ކުރެވިދާނޭ ގޮތްތައް ހޯދާ، އެފަދަ ކަންތައްތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް މިނިސްޓަރަށް ލަފާ ދިނުން.

14-ޒިންމާތަކުގެ ތެރޭގައި ޒުވާނުންގެ ކުރިއެރުމަށާއި ތަރައްގީއަށް މަސައްކަތްކުރާ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ މަސައްކަތްތައްވެސް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް މިނިސްޓަރަށް ލަފާ ދިނުން ހިމެނޭނެއެވެ.

15-ޒުވާނުންގެ އަޑު އެހުމާ އެމީހުންގެ ބޭނުންތަކާއި އިހުސާސްތަކާއި އުންމީދުތައް ދެނެގަނެ އެމީހުންނަށް ކުރިއެރުމަށް ބޭނުންވާ ކަންތައްތަކަށް، ރަށުފެންވަރުގައާއި ގައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޢަމަލީ ސިފަ ގެނައުމަށް ޒުވާނުންގެ މިނިސްޓަރަށް ލަފަޔާއި މަޝްވަރާ ދިނުން.

މަޖިލީހުގެ ބައްދަލުވުންތައް

13.

(ހ)

1-     މަޖިލީހުގެ ބައްދަލުވުންތަކުގައި، މަޤްބޫލު ސަބަބަކާހުރެ ޢަމަލީ ގޮތުން ބައިވެރިނުވެވޭ މެންބަރުންނަށް ފޯނު-ކޮންފަރަންސް ނުވަތަ ސްކައިޕް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.  

2-     މަޖިލީހުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސެވެ.

3-     އެއްވެސް ސަބަބަކާހުރެ ރައީސަށް ބައްދަލުވުމެއްގައި ބައިވެރިވެވެން ނެތްނަމަ އެބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން، ރައީސް ކަނޑައަޅާ ފަރާތެކެވެ.

4-     މަޖިލީހުގެ ބައްދަލުވުންތައް ބާއްވާނީ ރައީސްގެ އެންގުމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސަށް މިނިސްޓަރު އަންގަވައިފި ހިނދެއްގައި މަޖިލީހުގެ ބައްދަލުވުން ބާއްވަން ވާނެއެވެ.

5-     މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދި އެހިނދެއްގައ މަޖިލީހުގައި ތިބި ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ލިޔުމުން (ސިޓީ/އީމެއިލް/އެސް.އެމް.އެސް. ހިމެނޭ ގޮތަށް) ހުށަހަޅައިފިނަމަ، މަޖިލީހުގެ ރައީސް މަޖިލީހުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

6-     މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 5 މެންބަރުންނެވެ.

7-     މަޖިލީހުގެ އެކިއެކި ނިންމުންތައް ނިމިގެންދާނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދުގެ ދެބައިކުޅަ އެއްބައިގެ ތެރެއަށް އެކެއް އިތުރު ކުރުމުން އަންނަ އަދަދުގެ (1+%50) މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

8-     އާންމުކޮށް ވޯޓުތަކުގައި މަޖިލީހުގެ ރައީސް ބައިވެރިއެއް ނުވާނެއެވެ. އެއްވެސް ޙާލަތެއްގައި ވޯޓު ހަމަހަމަ ވެއްޖެނަމަ، ކާސްޓިންގ ވޯޓު ދޭނީ މަޖިލީހުގެ ރައީސްއެވެ.

9-     މަޖިލީހުގެ ސެކްރޭޓޭރިއަޓުން، މަޖިލީހުގެ ބައްދަލުވުންތައް ޔައުމިއްޔާކޮށް، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކޮށް، އީމެއިލް ނުވަަތަ އެސް.އެމް.އެސް. ފަދަ ގޮތަކުން މެންބަރުންގެ ފަރާތުން ޔައުމިއްޔާތައް ފާސްވެއްޖެކަން ޔަގީން ކުރަންވާނެއެވެ.

10-މަޖިލީހުގައި ހިމެނޭ އެއްވެސް މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމެއް ނިންމުމުގައި އެ މެންބަރަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

މަޖިލީހުގެ ރައީސް، އަދި ބައްދަލުވުންތަކުގައި ރިޔާސަތު ބެލެހެއްޓުން

14.

(ހ)

 

(ށ)

(ނ)

ޒުވާނުންގެ ގައުމީ މަޖިލީހުގެ ރައީސަކު ހުންނަން ވާނެއެވެ. މަޖިލީހުގެ ރައީސް ހޮވާނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. މަޖިލީހުގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ރައީސަކު ހޮވަންވާނެއެވެ.

ފުރަތަމަ ބައްދަލުވުމުގައި ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރު ކަނޑައަޅުއްވާ ބޭފުޅެކެވެ.

މަޖިލީހުގެ ރައީސްއަށް ބައިވެރިނުވެވޭ ބައްދަލުވުންތަކުގައި ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައީސް ކަނޑައަޅާ ފަރާތެކެވެ.

މަޖިލީހުގެ ރައީސްގެ މަސްޢޫލިއްޔަތުތައް

15.

(ހ)

މަޖިލީހުގެ ރައީސްގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

1-     ޒުވާނުންގެ ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން

2-     މި އުސޫލުގައި މަޖިލީހުގެ ޒިންމާތައް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ކުރުމަށް މަގުފަހިކުރުން

މަޖިލީހުގެ ރައީސްގެ މަގާމު ހުސްވުން

16.

(ހ)

އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ، ދެން އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމެއްގައި މެންބަރުންގެ މެދުގައި ވޯޓު ލައިގެން އެ މަގާމަށް މީހަކު ހޮވަންވާނެއެވެ.

މަޖިލިސް  ހިންގުމުގެ އުސޫލުތައް

 

17.

(ހ)

މަޖިލީހުގެ މެންބަރުންގެ މަސްޢޫލިއްޔަތުތައް އަދާކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

1-     މަޖިލީހުގެ މަސްޢޫލިއްޔަތު އުފުލުމަށްޓަކައި ބޭނުންވާ އަވަސްމިނުގައި ބައްދަލުވުންތައް ބާއްވަމުން ގެންދަންވާނެއެވެ. އަދި މަދުވެގެން މަހަކު 1 (އެކެއް) ބައްދަލުވުން ބާއްވަންވާނެއެވެ.

2-     މަޖިލީހުގެ ސެކްރެޓޭރިއަޓް ނުވަތަ މަޖިލީހުގެ އިދާރީ އެންމެހާ ކަންތައްތައް ބަލަހައްޓަނީ މިނިސްޓްރީގެ ޔޫތު ޑިޕާޓްމަންޓްގެ ދަށުން، ޒުވާނުންގެ ގައުމީ މަޖިލީހުގެ ސެކްރެޓޭރިއަޓުންނެވެ.

3-     މަޖިލީހުގެ އެއްވެސް ބައްދަލުވުމެއް ބާއްވަންވާނީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ މަދުވެގެން 24 ގަޑިއިރުގެ ކުރިން މަޖިލީހުގެ މެންބަރުންނަށް ނޯޓިސް ފޮނުވުމަށްފަހުއެވެ.

4-     4 ވަނަ ނަންބަރުގައި އެހެން ކަނޑައަޅާފައިވީ ނަމަވެސް، ދިމާވާ ކުއްލި ކަމެއްގައި ގޮތެއް ނިންމުމަށްޓަކައި ލަފައެއް ހޯދުމަށް މިނިސްޓަރު ނުވަތަ މިނިސްޓްރީން އެދިއްޖެނަމަ، އެއަށްވުރެ ކުރު މުއްދަތެއްގެ ނުވަތަ އެއަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ނޯޓިސް ދިނުމަށްފަހު ބައްދަލުވުމެއް ބޭއްވުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

އަހަރީ ރިޕޯޓު

18.

(ހ)

ކޮންމެ އަހަރަކުވެސް މަޖިލީހުން ކުރެވުނު ކަންތައްތަކާ ގުޅޭ މަޢުލޫމާތުތައް ހިމެނޭ ގޮތުން މަޖިލީހުގެ ޙަރަކާތްތައް ހިނގައިދިޔަ ގޮތުގެ އަހަރީ ރިޕޯޓެއް އެކުލަވާލަން ވާނެއެވެ. އެގޮތުން އަހަރު ކަމަށް ބެލެވޭނީ މީލާދީ އަހަރުގެ ޖަނަވަރީ މަހު 1 ން ފެށިގެން ޑިސެންބަރު 31 ގެ ނިޔަލަށެވެ. އަހަރީ ރިޕޯޓު އެކުލަވާލުމުގެ ކަންތައް ކުރިޔަށް ގެންދާނީ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ސެކްރެޓޭރިއަޓުންނެވެ.

މަޖިލީހުގެ މުއްދަތު

19.

(ހ)

 އިންތިޚާބުވެފައިވާ ރިޔާސީ ދައުރުގެ މުއްދަތެވެ.

މަޖިލީހުގެ މެންބަރުންގެ އޮނޮރޭރިއަމް

20.

(ހ)

1-     މަޖިލީހުގެ މެންބަރުންނަށް އޮނޮރޭރިއަމްއެއްގެ ގޮތުގައި ކޮންމެ ބައްދަލުވުމަކަށް -/500 (ފަސް ސަތޭކަ) ރުފިޔާގެ ރޭޓުން މަހަކު -/4000 (ހަތަރު ހާސް) ރުފިޔާއަށް ވުރެ ބޮޑު ނުވާގޮތަށް މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެވޭނެއެވެ.

2-     އެއްވެސް ސަބަބަކާހުރެ ބައްދަލުވުމެއްގައި ބައިވެރި ނުވެވިއްޖެނަމަ، އެބައްދަލުވުމަށް ކަނޑައެޅިފައިވާ ފައިސާ އެމެންބަރަކަށް ނުލިބޭނެއެވެ.

3-     ބައްދަލުވުމަށް ކަނޑައެޅިފައިވާ ފައިސާ މެންބަރުންނަށް ލިބޭނީ ބައްދަލުވުމުގެ ވަގުތުގެ %90 ގައި ބައިވެރިވުމުންނެވެ.

4-     މި ފައިސާ މެންބަރުންގެ އެކައުންޓަށް ޖަމާ ކުރެވޭނީ / މެންބަރުންނަށް ދޫކުރެވޭނީ ކޮންމެ މީލާދީ މަހެއް ނިމުމުން، އެ މަހުގައި ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކަށް ދޭންޖެހޭ އަދަދެވެ.

މަޖިލީހުގެ ނިންމުންތައް

21.

(ހ)

މަޖިލީހުން ވަކިގޮތެއް ކަނޑައަޅާފައި ނުވާނަމަ، މަޖިލީހަށް ހުށަހަޅާ ކަންތައްތައް އެޖެންޑާ ކުރެވޭތާ ގިނަވެގެން 3 (ތިނެއް) ބައްދަލުވުމުގެ ތެރޭގައި ނިންމަންވާނެއެވެ.

މަޖިލީހުގެ ނަމުގައި މަޢުލޫމާތު ދިނުން

22.

(ހ)

1-     މަޖިލީހުގެ ނަމުގައި މީޑިއާއަށް މަޢުލޫމާތު ދެވޭނީ މިނިސްޓަރުގެ މަޝްވަރާ ހޯދުމަށްފަހު، ހަމައެކަނި މިނިސްޓްރީގެ ރަސްމީ މީޑިއާ މެދުވެރިކޮށެވެ.

2-     މީޑިއާއަށް މަޢުލޫމާތު ދޭނެ މީހަކު ހަމަޖައްސާނީ މަޖިލިސްގެ ރައީސްއެވެ.

މަޖިލީހަށް އެހީތެރިވާ ފަންނީ ކޮމިޓީ އުފެއްދުމާއި އަދި ކޮމިޓީތައް ޙަރަކާތްތެރިވާނެ އުސޫލު

 

23.

(ހ)

1-     މަޖިލީހަށް އެކިއެކި ކަންކަމުގައި ބޭނުންވާ ލަފާ ދިނުމަށް ބޭނުންވާ ތަޖުރިބާކާރުންގެ ކޮމިޓީ، މަޖިލީހުގެ ތެރެއިން، އުފެއްދުމުގެ ބާރު މަޖިލީހުގެ ރައީސްއަށް ލިބިގެންވެއެވެ. މިގޮތަށް މަޖިލީހުގެ ތެރެއިން އުފެދޭ ސަބް-ކޮމިޓީއާ ހަވާލު ކުރެވޭ މަސައްކަތެއް ނިމުމުން އެ ކޮމިޓީއެއް އުވޭނެއެވެ.

2-     މިފަދަ ކޮމިޓީތައް ހަރަކާތްތެރިވާން ޖެހޭނީ އެކޮމިޓީ އުފެއްދުމަށް މަޖިލީހުން ފާސްކުރާ ނިންމުމާ އެއްގޮތަށެވެ.

3-     މިފަދަ ކޮންމެ ކޮމިޓީއެއްގައި ރިޔާސަތު ބަލަހައްޓާނޭ ފަރާތެއް މަޖިލީހުން ކަނޑައަޅަންވާނެއެވެ. އެކޮމިޓީގެ މަސައްކަތް ހިނގާ ނުހިނގާ ގޮތުގެ މަޢުލޫމާތު މަޖިލީހަށް ބޭނުންވެއްޖެ ހިނދެއްގައި އެކޮމިޓީގެ ރިޔާސަތުން މަޖިލީހަށް އެ މަޢުލޫމާތު ހިއްސާ ކުރަން ޖެހޭނެއެވެ.

4-     ސަބް-ކޮމިޓީގެ އެންމެހާ މަސައްކަތްތަކާއި ބައްދަލުވުންތައް ކުރިޔަށް ދާނީ ސެކްރެޓޭރިއަޓްގެ ބެލުމުގެ ދަށުންނެވެ.

މަޖިލީހުގެ ސެކްރެޓޭރިއަޓް

24.

(ހ)

މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް، އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރާނީ މިނިސްޓްރީގެ ޔޫތު ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަނޑައަޅާ މުވައްޒަފުން އެކުލެވޭ ސެކްރެޓޭރިއަޓަކުންނެވެ. މިގޮތުން ސެކްރެޓޭރިއަޓްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭނީ ތިރީގައިވާ ކަންތައްތަކެވެ.

1-     މަޖިލީހުގެ ރައީސްގެ ލަފާގެ މަތިން މަޖިލީހުގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުން

2-     މަޖިލީހުގެ ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިއުންތައް ހޯދާ ތައްޔާރުކުރުން

3-     މަޖިލީހުގެ ބައްދަލުވުންތަކުގެ ޔަޢުމިއްޔާތައް ލިޔެ، ކަމާގުޅުން ހުރި ފަރާތްތަކަށް ފޮނުވާ، ފާސްކޮށް، ފައިލްކޮށް، ރައްކާތެރިކޮށް ބެލެހެއްޓުން

4-     މަޖިލީހުގެ ބައްދަލުވުންތަކާ ގުޅިގެން މަޖިލީހުގެ މެންބަރުންނަށާއި އެނޫންވެސް ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ބަރާބަރަށް ފޮނުވަމުން ގެންދިއުން

5-     މަޖިލީހުގެ ރައީސްގެ ލަފާގެ މަތިން މަޖިލީހުގެ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން

6-     ކޮންމެ އަހަރެއް ނިމުމުން ވޭތުވެދިޔަ އަހަރު މަޖިލިސް ހިނގި ގޮތުގެ އަހަރީ ރިޕޯޓު، ބަޖެޓު ޚަރަދު ކުރެވިފައިވާ ގޮތުގެ ތަފްސީލާއެކު ތައްޔާރުކުރުން

7-     މަޖިލީހުގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން

8-     މަޖިލީހުން ކުރަން ނިންމާ ކަންތައްތައް، ރައީސްގެ ލަފަޔާއި އިރުޝާދުގެ ދަށުން ރާވާ ހިންގުން

9-     މަޖިލީހުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ ކަންތައްތައް ކުރުން

މަޖިލީހުގެ ބަޖެޓް

25.

(ހ)

މަޖިލީހުގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވާ މެންބަރުންނަށް ދެވޭ އޮނޮރޭރިއަމްގެ ފައިސާ ކޮންމެ އަހަރަކު ސަރުކާރުން އެވަގުތު ޒުވާނުންގެ ކަންކަން ހިންގުމަށް ހަވާލު ކުރެވިފައިވާ މުއައްސަސާގެ ބަޖެޓުގައި ހިމެނިފައި  އޮންނަންވާނެއެވެ.

އެހެނިހެން ކަންތައްތައް

 

26.

(ހ)

 

 

(ށ)

މަޖިލީހުގެ މަސްޢޫލިއްޔަތާ ގުޅޭގޮތުން މި އުސޫލުގައި ކަނޑައެޅިފައި ނުވާކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ނިންމާނީ މިނިސްޓަރުގެ ލަފަޔާއެކު މަޖިލީހުގެ މެންބަރުންގެ މަޝްވަރާ އިން، މެންބަރުންގެ އިއްތިފާގުން ނުވަތަ އަޣްލަބިއްޔަތުން އެއްބަސްވާ ގޮތަކަށެވެ.

މިއުޞޫލަށް ޢަމަލުކުރަން ފަށާނީ މިއުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

އުސޫލު އިސްލާހު ކުރުން

27.

(ހ)

މިއުސޫލަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ އިސްލާހެއް ގެނައުމުގެ އިޚްތިޔާރު މިނިސްޓަރުގެ ލަފާގެ މަތިން މަޖިލީހަށް ލިބިގެންވެއެވެ. 

މާނަކުރުން

28.

 

 

(ހ)

 

(ށ)

"މަޖިލިސް" ކަމަށް ބުނެފައި އެވަނީ "ޒުވާނުންގެ ގައުމީ މަޖިލިސް" އަށެވެ.

"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ ޒުވާނުންގެ ކަންކަމާ ގުޅޭ މިނިސްޓަރަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ ޒުވާނުންގެ ކަންކަން ސަރުކާރުން ހަވާލު ކޮށްފައިވާ މިނިސްޓްރީއަށެވެ.

ހުށަހަޅަން

ޖެހޭ ތަކެތި

 

 

 

އިޢުލާނާއި ޙަވާދީ، ޒުވާނުންގެ ޤައުމީ މަޖިލިހުގެ މެންބަރުކަމަށްކުރިމަތި ލުމަށް ޝަޢުޤްވެރިކަން އަންގައިދޭ ސިޓީ އަދި ސީވީ

 ދާއިރާއާއި ގުޅުންހުރި ތަޢުލީމީ އަދި ތަޖުރިބާގެ ލިޔުންތައް.

 މުޖުތަމުއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ރެފަރަލް ލިޔުންތައް.

 ދާއިރާއިން ހިލޭ ސާބަހަށް ކޮށްދީފައިވާ ކަންތައްތަކުގެ ލިޔުންތައް.

ޝޯޓް ލިސްޓް ކުރުން:

 

 

ދާއިރާއާއި ގުޅުން ހުރި ތަޖުރިބާއަށް ބަލައި، މެމްބަރުން ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އެޕްރިލް ވާ ބުދަ ދުވަހުގެ 13:00  ގެ ކުރިން،މާފަންނު އިޖްތިމާއީ މަރުކަޒު (ސޯސަލް ސެންޓަރ) ނުވަތަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަދި އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަން:

 

 

މެމްބަރުން ކަމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3322860 ނަންބަރު ފޯނާއެވެ.

 

 

                               28 ރަޖަބު 1440

04 އޭޕްރިލް 2019
ހޯދާ