ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ރާއްޖޭގައި ބޭއްވޭ އެކި އިންތިޚާބުތަކުގެ ކަވަރޭޖްކުރުމަށް މިކުންފުނިން ބޭނުންކުރުމަށް ސޮފްޓްވެއަރ އެއް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/7

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-003-19) PSM-ENG /2019/23

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

              ރާއްޖޭގައި ބޭއްވޭ އެކި އިންތިޚާބުތަކުގެ ކަވަރޭޖްކުރުމަށް މިކުންފުނިން ބޭނުންކުރުމަށް ސޮފްޓްވެއަރ އެއް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ((IUL) PSM-FP/ PSM/2019/5) އާއި ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ވާތީ، ލިބިފައިވާ ޕްރޮޕޯސަލްތައް ކެންސަލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.                       

              ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް  ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށްޙާޟިރުވެވަޑައިގެން ޕްރޮޕޯސަލްހުށަހެޅުއްވުންއެދެމެވެ.

              ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

                  27 ޖުމާދުލްއާޚިރާ 1440 

                  04 މާރިޗު 2019 

04 މާރިޗު 2019
ހޯދާ