ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ބޭންޑް އިންސްޓްރަކްޓަރެއް ބޭނުންވެއްޖެ

            މިސްކޫލަށް ބޭންޑް އިންސްޓަކްޓަރެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވާފަރާތްތަކުން 07 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 18.00 ގެ ކުރިން މިސްކޫލަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މިމަޤާމަށް މުސާރަކަނޑައެޅިފައިވަނީ ޙާޞިލްކޮށްފައިވާ ތަޢުލީމީ ކޮލިފިކޭޝަނަށް ބަލައިގެންނެވެ. އަދި މަސައްކަތުގެ ދާއިރާއަށް ޚާއްޞަ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވާ ފަރާތެއް ނުލިބިއްޖެނަމަ މިކަމުގެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން މެރިޓް އުސޫލުން މިމަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވޭނެއެވެ. މިގޮތަށް ހޮވާ ބޭފުޅުންގެ މުސާރަކަނޑައެޅޭނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ދެފަރާތުން އެއްބަސްވާގޮތުގެ މަތިންނެވެ.

04 މާރިޗު 2019
ހޯދާ