މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީހިސާބުބޭނުންވެއްޖެ

 

ކަޅުވަކަރު މިސްކިތް މަސައްކަތުގެ ތަފްސީލްކޮށް ޑޮކިއުމެންޓް ކުރުމަށް ވީޑިއޯ އަދި ފޮޓޯ ނަގާ، މި މަޝްރޫޢު ކުރިއަށްދިޔަ ގޮތުގެ ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ނަންބަރު (IUL)473/INDIV/2019/10 (29 ޖަނަވަރީ 2019) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

 

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން

ޤައުމީ ދާރުލްއާސާރު

އަންގާރަ

05 މާރިޗް 2019

11:30

އަންދާސީހިސާބު ހުށަހެޅުން

ޤައުމީ ދާރުލްއާސާރު

ހޯމަ

11 މާރިޗް 2019

11:30

 

          މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

‏‏

‏‏21 ޖުމާދަލްއާޙިރް 1440

28 ފެބްރުއަރީ 2019

28 ފެބުރުވަރީ 2019
ހޯދާ