އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ރައްކާތެރި ކޮޓަރި އަޅައިދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުން ދޭ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި ރައްކާތެރި ކޮޓަރިއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ދަޢުވަތު އަރުވަމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2019 ފެބްރުއަރީ 28 އިން 2019 މާރޗް 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.

މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2019 މާރޗް 10 ވާ އާދީއްތަ ދުވަހުގެ 11:30 ގައި އުލިގަމު ސްކޫލުގައެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2019 މާރޗް 13 ވާ ބުދަ ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެޓޭޗުކުރެވިފައި ވާނެއެވެ.

27 ފެބުރުވަރީ 2019
ހޯދާ