ދިވެހިރާއްޖެ
ކުޑަކުދީންގެ ޙައްޤުތަކާއި ކުޑަކުދީންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރު ( ޤަޟާޢީ ސެމިނާރު ) ގެ ކޭޓަރިންގ ހަމަޖެއްސުމަށް ކުރެވިފައިވާ ނަންބަރު E7C-A/2019/02ޢިއުލާނާ ގުޅިގެން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަކުރެވިފައިނުވާތީ އަލުން މިމައްސައްކަތް ކުރުމަށް ޢިއުލާން ކުރަމެވެ.
އަންނަ މާރޗް މަހުގެ އެކަކުން ހަޔަކަށް އުނގޫފާރުގައި ބޭއްވުމަށް ޖުޑީޝަލް އެކަޑަމީއިން ހަމަޖައްސަވާފައިވާތީ އެސެމިނާރގެ އެންމެހާ ބައިވެރިންނާއި ފެސިލިޓޭޓަރުންނަށް ކޭޓްރިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމުގެ ޝައުޤްވެރިކަން ހުރިފަރާތްތަކުން 28 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށް މަޢުލޫމާތު ސާފުކުރުމަށް މިކޯޓަށް ވަޑައިގެންނެވުން އެދެމެވެ. ބިޑުހުށައެޅުން އޮންނާނީ 01 މާރޗް 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑުހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21ޖުމާދިލްއާޚިރާ 1440