މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މަގުމަތީގެރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށް ދިނުން

އިޢުލާން

މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދޭން ކެމްޕޭން ފެށެމާއި 5000 ހެލްމެޓް ހިލޭ ބެހުމުގެ ޕްރޮގްރާމް ފެށުން

މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުން ތެރި ކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް 2019 ފެބްރުވަރީ 23 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ބެހުމަށް ހަމަޖެހިފައިވާ ހެލްމެޓްތައް ބެހުމަށް ހަމަޖެހިފައިވަނީ މި ދަންނަވާ ގޮތުގެ މަތިންނެވެ. އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަޚްލާގާ ބެހޭގޮތުން މައުލޫމާތު ދިނުމަށްޓަކައި 02 (ދޭއް) ގަޑި އިރުގެ ތަމްރީން ސެޝަންއެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުމާއި އަދި ސްޕީޑް ކުރުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާކަމެއްކަން އުޅަނދު ދުއްވާފަރާތްތަކަށް އަންގާދިނުމާއެކު ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުވުމަށް ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކުގައެވެ. އެގޮތުން މާލޭ ސިޓީ، އައްޑޫ ސިޓީ އަދި ހައްދުންމަތީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށާއި މި ސަރަހައްދުތަކުގައި ދިރި އުޅޭ ރައްޔިތުންނަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓުކުރުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv  ގައި 2019 ފެބްރުވަރީ 21 ވަނަ ދުވަހު އާއްމުކޮށް ހުޅުވާލެވޭނެއެވެ. ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ބޭފުޅުން ނަން ނޯޓު ކުރެއްވުމަށް ދެންނެވީމެވެ.  

           15 ޖުމާދަލް އާޚިރު 1440

           20 ފެބްރުވަރީ 2019   

   ދިވެހިސަރުކާރުގެ ގެޒެޓް

   މާލެ، ދިވެހިރާއްޖެ  

20 ފެބުރުވަރީ 2019
ހޯދާ