ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ބެލްޓް ގަތުމާއި ގުޅޭ:


ނަންބަރ:FNK-I/IUL/2019/035

 

އިޢުލާން

މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ބެލްޓް ގަތުމާއި ގުޅޭ:

މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ބެލްޓް ގަންނަން ބޭނުންވެއެވެ. މި ތަކެއްޗަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ. މި ބިޑްގައި ބައިވެރި ވެވޭނީ  "ކަމިންސް ޖެނުއިން އޮތޮރައިޒް ސެޓިފެކްޓް" ނުވަތަ އެއާއި އެއްފަދަ ލިޔުމެއް އޮންނަފަރާތަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ 12:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.

މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ.

 

ދުވަސް

ވަގުތު

މަޢުލޫމާތު ދިނުން

26 ފެބްރުއަރީ 2019 ގައި

11:30

އަގު ހުށަހެޅުން

05 މާރިޗް 2019 ގައި

12:00

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބް، "ކަމިންސް ޖެނުއިން އޮތޮރައިޒް ސެޓިފެކްޓް" ނުވަތަ އެއާއި އެއްފަދަ ލިޔުމެއްނެތް ފަރާތަކުގެ އަންދާސީ ހިސާބު އަދި  ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

              14 ޖުމާދަލް އާޙިރާ 1440

              19 ފެބްރުއަރީ 2019

20 ފެބުރުވަރީ 2019
ހޯދާ