ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ޑިވިޜަން:

ކޮމިޝަނަރސް ބިއުރޯ

މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް ކޮމިޝަނުގެ ކޮމިޝަނަރސް ބިއުރޯ ޔުނިޓުގެ އެންމެހައި މަސައްކަތްތައް ހިންގުން

މުސާރަ:

މަހަކު -/8740 ރުފިޔާ

ސަރވިސް އެލަވަންސް:

ދުވާލަކަށް -/188 ރުފިޔާ

ކޮމިޝަންއެލަވަންސް:

މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ނުވަތަ އޮނަރސް ޑިގްރީ (ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް) ހާސިލްކޮށްފައި ވުން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮމިޝަނަރސް ބިއުރޯގެ ތަރައްގީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  2. ކޮމިޝަންގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި އިދާރީ މަސައްކަތްތައް ކުރުން (އެޖެންޑާ ތައްޔާރުކުރުން، ނިންމާ ނިންމުންތައް ތަންފީޒު ކުރަމުން ގެންދެވޭ މިންވަރުބަލާ ކޮމިޝަނަށް ރިޕޯޓްކުރުން، ކޮމިޝަން ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ފައިލު ކުރުން، ބައްދަލުވުންތަކާ ގުޅޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.)
  3. ކޮމިޝަންގެ ނުރަސްމީ ބައްދަލުވުންތަކުގެ އެންމެހާ މަސައްކަތްތައް ކުރުން. ކޮމިޝަން މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ ލަފާފުޅުގެ މަތިން ނުރަސްމީ ބައްދަލުވުންތައް އިންތިޒާމްކުރުން، ޔައުމިއްޔާ ތައްޔާރުކުރުން، ނިންމުންތައް ކަމާބެހޭ ސީނިއަރ މެނޭޖްމަންޓް މުވައްޒަފުންނާއި ހިއްސާކޮށް، ނިންމުންތައް ތަންފީޒުކުރެވޭ މިންވަރުބަލާ ކޮމިޝަންގެ މެންބަރުންނަށް ރިޕޯޓްކޮށް، ޖަލްސާގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާ ބެހޭ އިދާރީ މަސައްކަތައްކުރުން.
  4. ކޮމިޝަން މެންބަރުން ބޭނުންވާ ސިޓީތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން
  5. ކޮމިޝަނަށް އެކި ފަރާތްތަކުން ފޮނުވާ ލިޔެކިޔުންތަކާއި ދައުވަތުކާޑުތައް ބަލައިގަނެ، އެފަދަ ލިޔެކިޔުންތައް ކަމާގުޅޭ ކޮމިޝަން މެންބަރުންނަށް ފޮނުވުމާއި، ކޮމިޝަން މެންބަރުންގެ ލަފާފުޅު މަތިން އެފަދަ ލިޔެކިޔުންތައް ކޮމިޝަންގެ އިދާރާގެ ކަމާގުޅުންހުރި ވެރިންނަށް ފޮނުވުން.
  6. ކޮމިޝަނަރުންގެ ކޮޓަރިކޮޅުތަކާއި ކޮމިޝަންގެ ޖަލްސާކުރާ މާލަންތަކުގެ އިންތިޒާމްތައް ގަވައިދުން ހަމަޖެހިފައި ހުރޭތޯ ދުވަހުން ދުވަހަށް ޔަގީން ކުރުން
  7. ކޮމިޝަނަރސް ބިއުރޯގެ އަހަރީ ބަޖެޓް  އަދި އަހަރީ ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭން ތައްޔާރުކުރުމަށް، ޔުނިޓުގެ އިސް މުވައްޒަފަށް އެހީތެރިވެދިނުން
  8. ކޮމިޝަނަރސް ބިއުރޯގެ ތަރައްގީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  9. ކޮމިޝަނަރސް ބިއުރޯއަށް ބޭނުންވަ ލިޔެކިޔުމާއި ގުޅޭ ސާމާނު ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމާއި، ކޮމިޝަނަރސް ބިއުރޯގެ ފްރަންޓް އޮފިސް ބެލެހެއްޓުމުގެ އިންތިޒާމްތައް ބެލެހެއްޓުން.
  10. ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމުގައި ސުޕަވައިޒަރުގެ އިރުޝާދު ހޯދަންޖެހޭ ފަދަ ކަންތައްތަކުގައި އެފަރާތުގެ ލަފަޔާއި އިރުޝާދުގެ ހޯދުމާއި ދަންނަވަންޖެހޭ ޙިޔާލާއި މަށްވަރާ އެފަރާތައް ދެންނެވުމާއި ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.
  11. ކޮމިޝަނަރސް ބިއުރޯއިން ކުރަންޖެހޭ އެހެނިހެން މަސައކަތްތަކުގައި އެހީތެރިވެދިނުމާއި، ކޮމިޝަންގެ އިދާރާގެ ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  12. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ވަޒީފާގެ މަސްއޫލިއްޔާތާއި ގުޅިގެން ސުޕަވައިޒަރާއި ކޮމިޝަނަރުންނާއި ކޮމިޝަނަރުންގެ ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  13. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

28 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)
    • އެޕްޓިޓުއުޑް ޓެސްޓް - (ކަނޑައެޅިފައިވާ އިން ސައްތަ: 10)
    • ޕްރެކްޓިކަލްސް - (ކަނޑައެޅިފައިވާ އިން ސައްތަ: 10)
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - (ކަނޑައެޅިފައިވާ އިން ސައްތަ: 35)

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2019 މާރިޗު 03 ން 2019 މާރިޗު 17 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަދީމަގު، 20040 /މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307306 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

15 ޖުމާދަލްއާޚިރަ 1440ހ                                 

 

20 ފެބުރުވަރީ 2019
ހޯދާ