ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް ( 1 އަހަރު)

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުރަވީ ސްކޫލް / ހުޅުމާލެ، ދިވެހިރާއްޖެ

މުސާރަ:

-/5610 ރ

ސަރވިސް އެލެވަންސް:

-/2000 ރ

ސަޕޯޓިންގ ކޯ އެލަވަންސް-2:

މަހަކު 700 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުން ހުރި އެންމެހާ ކަންކަން ކިޔަވައިދިނުމަށާއި އެހެނިހެން ޚިދުމަތްތައްދިނުމަށް ދަތިނުވާނެގޮތެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން.
  2. ސްކޫލުގެ ކްލާސް ރޫމް، ލެބޯރަޓަރީ، އޭވީ ރޫމް އަދި އެހެނިހެންތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެޓްތައް މަސައްކަތް ކުރާމިންވަރު ބަލާ ޕްރޮޖެޓަރ ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ހާލަތެއްގައި ބެހެއްޓުން.
  3. ސްކޫލުގައި ބޭނުން ކުރާ ޕްރިންޓަރތައް ރަގަޅަށް މަސައްކަތް ކުރޭތޯ ބަލާ މުވައްޒިފުންނަށް ނެޓްވޯކް މެދުވެރިކޮށް ޕްރިންޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  4.  ސްކޫލުން ބާއްވާ އެކިއެކި މުނާސަބަތުތަކާއި އެސެމްބްލީތަކަށް ސައުންޑްތައްޔާރުކޮށް، އެހީތެރިވެދިނުން.
  5. ސްކޫލުގެ ކުލާސްރޫމްތަކާއި، ސްޓާފްކޮމްޕިޔުޓަރ ލެބާއި، އޯޑިއޯ ވިޝުއަލް ރޫމް، މީޓިންގްރޫމް ފަދަ ތަންތަނުގެ އައިޓީ އާއި ގުޅުން ހުންނަވަސީލަތްތައް އަބަދުވެސް މަސައްކަތްކުރެވޭ ފަދަ ހާލަތެއްގައި ބެހެއްޓުން.
  6. ސްކޫލުގެ ޑޮމޭންގެ ތެރެއިން މުވައްޒަފުންނާއި ދަރިވަރުންގެ އީމެއިލް އައިޑީތައް ހެދުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  7. ސްކޫލުގެ ސާވަރގެ "އެޑްމިނިސްޓްރޭޓަރ" ބެލެހެއްޓުމާއި، މުވައްޒަފުނަށް ސަވަރ ޑޮމެއިން ކްރިއޭޓްކޮށް އެކްސަސްދިނުމާއި މޮނީޓަރކުރުން.
  8. ސްކޫލުގެ އީގަވަރމެންޓް ނިޒާމާއި، SAP ، އަދި Viuga 2.0 ، އަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  9. ސްކޫލުގެ އިދާރީ އޮފީހަށާއި އެހެނިހެން ޢިމާރާތްތަކަށް ގެނެވޭ ބަދަލުތަކާއެކު، ސްކޫލުގެ ނެޓްވާކް ލައިންތަކަށް ގެންނަންޖެހޭ ބަދަލުތައް (ރީލޮކޭޝަން) ގެނައުން.
  10.  ސްކޫލުގެ ޑިޖިޓަލް ނޯޓިސްބޯޑް، ވެބްސައިޓް އަދި ފޭސްބުކް ޕޭޖް ވެރިއެއްގެ ލަފާގެ މަތިން ބަލަހައްޓާ އަޕްޑޭޓްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  11. ސްކޫލުތަކުގެ ދަރިވަރުންނަށާއި މުދައްރިސުންނަށް ޓެބްލެޓް ދިނުމުގެ ޕްރޮގުރާމުގެ އައިޓީ ފޯކަލްޕޮއިންޓެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  12. ސްކޫލުގެ އައި. ޓީ. އާއި ގުޅޭ ވަސީލަތްތަކުގެ އިންވެންޓްރީގެ މަޢުލޫމާތު ސްކޫލުގެ ބަޖެޓް ސެކްޝަނަށް އަދާ ހަމަކޮށްދިނުން.
  13. ސްކޫލުގެ އައިޓީއާއި ގުޅޭ އެންމެހާ މެޝިނަރީ އަދި އެކިއުޕްމަންޓް ސާފުތާހިރުކޮށް ބެލެހެއްޓުން.
  14. އަދި މީގެއިތުރުންވެސް ސިވިލްސާވިސްގެ ޤަވާޢިދާއި އެއްގޮތްވާގޮތުގެމަތިން، ސްކޫލުގައި އުނގެނުމާއި އުނގަންނައިދިނުމާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.

 

ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ޝަރުޠުތައް:   

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

  • ކޮމްޕިއުޓަރ ސައިންސް
  • އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

     (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

65

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

40

40

ޖުމްލަ

230

100

100

 

 

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ހުޅުމާލޭ ރެހެންދި ސުކޫލުގައި ގާއިމް ކުރެވިފައިވާ ހުރަވީ ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ފެބުރުވަރީ 2019 ގެ 12:00 ގެ ކުރިން، ހުޅުމާލޭ ރެހެންދި ސުކޫލުގައި ގާއިމް ކުރެވިފައިވާ ހުރަވީ ސުކޫލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  އިންވެސް ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 21 ފެބުރުވަރީ 2019 އާއި 28 ފެބްރުއަރީ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350711، 3350695 އަށެވެ.

 

09 ރަބީޢުލް އާޚިރު 1440

 

13 ފެބުރުވަރީ 2019
ހޯދާ