މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ތިލަފުށީގައި ބައިނަލްއަޤްވާމީ ޕޯރޓެއް ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާރމެއް ހޯދުމާއި ބެހޭ- އިސްލާޙު ކުރެވިފައި

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ތިލަފުށީގައި ބައިނަލްއަޤްވާމީ ޕޯރޓެއް ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާރމެއް ހޯދުން

1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް  އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ތިލަފުށީގައި ބައިނަލްއަޤްވާމީ ޕޯރޓެއް ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާރމެއް ހޯދަން ބޭނުންވެއެވެ.

2. މިޕްރޮޖެކްޓުގައި ހިމެނެނީ ތިލަފުށީގައި ބައިނަލްއަޤްވާމީ ޕޯރޓެއް ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމެވެ.                                                                              

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް)  އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ކޮލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން(ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.

5. ދިވެހި ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފަރމްތަކުން ދިވެހި ފަރމްތަކުގެ ބައިވެރިވުމާއެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށެވެ. އަދި ޕާޓީތައް ޝޯޓްލިސްޓުކުރުމުގައި މިކަމަށް ރިޢާޔަތްކުރެވޭނެއެވެ.

6. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

7. ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ފެބުރުވަރީ 2019ވާ ބުރާސްފަތި ދުވަހުގެ14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ތިރީގައިވާ އެޑްރަށް މެއިލްގެ ޒަރީއާއިން ނުވަތަ ހާޑް ކޮޕީ  ހުށަހެޅުން އެދެމެވެ. 

އަހުމަދު މުޖުތަބާ

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން:3349296 ،3349106

އީމެއިލް އެޑްރެސް [email protected] :

[email protected]

11 ފެބުރުވަރީ 2019
ހޯދާ