ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު

           ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގެ ދަށުން، ކޮންމެ ރަށު ކައުންސިލަކާއި ކޮންމެ ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، 23 ފެބުރުވަރީ 2019 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

           ޤަވާޢިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކުންކުރެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 10 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 19 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 

1. ޤަވާޢިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ)   އެރަށެއް ނުވަތަ އެސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރުވެފައިވާ، ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ)   އެރަށެއްގައި ނުވަތަ އެސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.

(ނ)   ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރު ހުރި މީހަކު ކަމުގައިވުން.

(ރ)   ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

(ބ)   ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

(ޅ)   އެއްވެސް މީހަކަށް އަދި ކުޑަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުން.

(ކ)   މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން.

(އ)   ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.

(ވ)   ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެ ޙުކުމް ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން.

(މ)   ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.

2. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

(ހ)   ފުރިހަމަ ނަން.

(ށ)   އުފަން ތާރީޚް.

(ނ)   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު. (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު)

(ރ)   ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭ ގޮތަށް)

(ބ)   މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)

(ޅ)   އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް.

(ކ)   ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދަޢުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.

(އ)   އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ 250/- (ދުއިސައްތަ ފަންސާސް) ރުފިޔާގެ ޑިޕޮޒިޓް ފައިސާ (ނަގުދު ފައިސާއިން)

(ވ)   އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން.

(މ)   އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ރަށު/ސިޓީ އިލެކްޝަން ކޮމިޓީއަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤަވާޢިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤްރާރުވެ، އެ އިޤްރާރު.

            އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 19 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

            އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 23 ފެބުރުވަރީ 2019 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ.

            ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

10 ފެބުރުވަރީ 2019
ހޯދާ