މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑީވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ދޭ ކޮމްޕިޓެންސީ އެގްޒާމް އާއި ބެހޭ

އިޢުލާން

މޯލްޑީވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ދޭ ކޮމްޕިޓެންސީ އެގްޒާމް އާއި ބެހޭ

 

                 ދިވެހިރާއްޖޭގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބިދޭސީ ނަރުހުން ޕްރީ-ރެޖިސްޓްރޭޝަންއަށް ހުށަނޭޅިކަމުގައިވިޔަސް ކޮމްޕިޓެންސީ މިކައުންސިލުން ކަނޑައަޅާފައިވާ "ކޮމްޕީޓެންސީއެގްޒާމް"ގައި ބައިވެރިވެވޭނެކަން އާއްމުކޮށް އަންގައި އިޢުލާންކުރަމެވެ. މިއެގްޒާމް ފުރިހަމަކުރުމަށް ބޭނުންވާ ނަރުހުން، އެގްޒާމްހެދުމަށްޓަކައި، ރަޖިސްޓްރީކުރުމަށް ކަޑައެޅިފައިވާ ތާރީޙް ތަކުގައި ފުރިހަމަކޮށްފައިވާ އެގްޒާމް އެޕްލިކޭޝަން ފޯމާއި އެކު، ނާރސިންގ ކޮލިފިކޭޝަންގެ ކޮޕީ އާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަން ވާނެއެވެ. މިގޮތަށް ޢަމަލު ކުރަން ހަމަޖެއްސިކަމުގައި ވީނަމަވެސް، ކައުންސިލްގައި ރަޖިސްޓްރީ ކުރަން ކަޑައަޅާފައިވާ އުސޫލުތަކަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާކަން ދަންނަވަމެވެ. މިއެގްޒާމްއާއި ގުޅޭ އިތުރުމައުލޫމާތު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން (www.health.gov.mv)  ލިބެން ހުންނާނެއެވެ.

04 ފެބުރުވަރީ 2019
ހޯދާ