މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އަލުން އިޢުލާންކުރުން - ކޮމިއުނިކޭޝަން އޮފިސަރ (ސީ.އޯ) ގްރީން ކްލައިމެޓް ފަންޑް

 

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހިންގާ ފެނުގެ މަޝްރޫއަށް ކޮމިއުނިކޭޝަން އޮފިސަރެއް (ސީ.އޯ) އެއް ހޯދުމާބެހޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮމިއުނިކޭޝަން އޮފިސަރ (ސީ.އޯ)

 

ކޮމިއުނިކޭޝަން އޮފިސަރ (ސީ.އޯ) އައްޔަންކުރުމަށް ޝައުގެވެރިވާ ފަރާތެއް ހޯދުމަށް މިމިނިސްޓްރީއިން ކުރި ނަންބަރު                (IUL)438-GCF/438/2019/19(29 ޖަނަވަރީ 2019) އިޢުލާނުގެ "ޓާރމްސް އޮފް ރިފަރެންސް" އަށް އައި ބަދަލަކާ ގުޅިގެން އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) ކޮމިއުނިކޭޝަން  މަސައްކަތްތައް ބަލައި މެނޭޖްކުރާނެ ފުލްޓައިމް ކޮމިއުނިކޭޝަންއޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ.

 

މިގޮތުން މި މަޝްރޫޢުގެ ކޮމިއުނިކޭޝަން އޮފިސަރގެމަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީ.ސީ.އެފް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢާއި، މިމިނިސްޓަރީގެ ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓާއި،  ޑޯނަރ އެޖެންސީގެ އާއި ގުޅިގެން ކޮމިއުނިކޭޝަން ސްޓްރެޓަޖީއެށް އެކުލަވާލުންހިމެނެއެވެ.

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

ކޮމިއުނިކޭޝަން އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް:

 

މިމަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް މި އިޢުލާން އާ އެއްކަރުދާސް ކޮށްފައިވާ"ޓާރމްސް އޮފް ރިފަރެންސް" ގައިވާނެއެވެ.

 

މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ

- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި ލިބިފައިވާ ތައުލީމާއި ތަޖުރިބާއަށް ބަލާފަ 20,160 – 30,240  ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.

 

 

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 24 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)

·         ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

·         ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

·         ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

·         ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ (އިންޓަރވިއު ޕްރެޒެންޓޭޝަންޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނަށް)

·         ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 12ފެބްރުއަރީ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް"    [email protected] އަށް އީމެއިލް އިން ނުވަތަ މިނިނިސްޓްރީ ގެ ރިސެޕްޝަން އަށް ހުށަހެޅުއްވުންއެދެމެވެ.  

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

          ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

          ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް

          މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

          ހަނދުވަރީ ހިނގުން،މާފަންނު،މާލެ، 20392، ދިވެހިރާއްޖެ

          މާފަންނު،ހަނދުވަރީ ހިނގުން

          ފޯނު ނަންބަރު: 3018114،3018446 

          އީމެއިލް : [email protected]

 

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

 

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މި އިޢުލާން އާ އެއްކަރުދާސް ކުރެވި އަދި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mvއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] ނުވަތަ3018114   ,   3018446 އަށް ގުޅުއްވުން އެދެމެވެ.

 

 

                             30ޖަނަވަރީ 2019

30 ޖަނަވަރީ 2019
ހޯދާ