ދިވެހިރާއްޖެ
ފަރުނީޗަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ޑިޕާޓްމަންޓަށް ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު 198F/2018/92 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ތަކެތީގެ ކޮލިޓީ ދަށްކަމަށް ފާހަގަ ކުރެވިފައިވާތީ މިތަކެތި ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.
މިޑިޕާޓްމަންޓަށް ތިރީގައި މިދަންނަވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
އަދަދު |
އައިޓަމް |
ތަފްސީލް |
60 |
އެގްޒެކްޓިވް ޗެއަރ |
ހައިބެކް އަތްގަނޑުލީ |
100 |
ސެކްޓްރީ ޗެއަރ |
މީޑިއަމްބެކް އަތްގަޑުލީ |
މިކަމާއިބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓްwww.judiciary.gov.mv އިން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2019 ފެބްރުއަރީ 03 ވަނަ ދުވަހުގެ 14:00 ގެ ކުރިން 3006249 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 07 ވަނަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
23 ޖުމާދަލްއޫލާ 1440