ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2019 ވަނަ އަހަރު މި މިކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް  ކުރި މި އިދާރާގެ  ނަންބަރު: (IUL)264/PRIV/2019/3 (2019-01-21) އިޢުލާނާ ގުޅިގެން ކަނޑައެޅިފައިވާ ޢަދަދަށް މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވާފައި ނުވާތީ، މި ދެންނެވި އިޢުލާން ބާޠިލްކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ވީމާ، މިއިދާރާގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ނޮޅިވަރަމު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން" މިހެން ލިޔުމަށްފަހު، ހުށަހަޅާފަރާތުގެ ނަމާއިއެޑްރެސް އެނގެން އޮންނަންވާނެއެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޒިރުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏެއްގެ ފަރާތުން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަންޖެހޭނެއެވެ. އެނޫން ފަރާތަތަކަށް މަޢުލޫމާތު ސާފުކުރުމުގައި ބައިވެރި ނުވެވޭވެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. މިކަމާއި ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6520043 ފޯނަން ގުޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވާނީ މިކަމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މިއިދާރާއިން ބެލުމަށްފަހު އެންމެ މަތިން މާކްސްލިބޭ ފަރާތަކަށެވެ. މާކްސް ދޭނެ ކަންތައްތަކާ މާކްސްދޭން ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

މާކްސް ދެވޭ ކްރައިޓީރިއާ

މާކުސްދެވޭގޮތް

ތަފްޞީލް

އަގު

80%

-    ޚިދުމަތުގެ އަގަށްދޭ މާކްސް

-    މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން  ހުށަހަޅާއެއްމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

-    މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެއްމެކުޑަ އަގަކަށެވެ.

ތަޖްރިބާ

20%

-   މަސައްކަތު ދާއިރާގައި ގިނަދުވަހު މަސައްކަތްކޮށް ލިބިފައިވާ ޤާބިލުކަމަށްދެވޭ މާކްސް.

-   މިގޮތުން އެންމެގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ސެކިޔުރިޓީ ބެލެހެއްޓުމުގެ ދާއިރާގައި އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ މިމަސައްކަތަށް އެންމެ ޤާބިލް ފަރާތަކަށެވެ.

28 ޖަނަވަރީ 2019
ހޯދާ