ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2019/9
|
ތާރީޚް: 23 ޖަނަވަރީ 2019
|
މަޤާމު
|
ސިވިލް އިންޖިނިއަރ (ކޮންޓްރެކްޓް)
|
މުއްދަތު: 1 (އެކެއް) އަހަރު
|
ޢަދަދު
|
1
|
ރޭންކް: އެމް.އެސް 3
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ
|
ސެކްޝަން
|
އިންފްރަރ ސްޓްރަކްޗަރ މެނޭޖްމަންޓް
|
އަސާސީ މުސާރަ
|
-/7,035 ރުފިޔާ
|
އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: 3,517.50 ( އަސާސީ މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/2,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން، ނުވަތަ
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، MS 2 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސައްކަތްތައް
|
- ޝަރުޢީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން ބެލެހެއްޓުން.
- ޝަރުޢީ ދާއިރާއިން ކުރަންޖެހޭ އެންމެހާ ޢިމާރާތްތައްކުރުމާއި، ޖާގައިތުރުކުރުމަށް ހުށަހެޅޭ ކޯޓުތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުމާއި، މަސައްކަތުގެ މަޢުލޫމާތު ޝީޓާއި، ބީ.އޯ.ކިއު ތައްޔާރުކުރުމާއި، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް، މަސައްކަތް ޙަވާލުކުރުމާއި، މި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ޙާލަތު ވަޒަންކުރުމުގެ ގޮތުން ސައިޓް އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމާއި، ފީޒިބިލިޓީ ސްޓަޑީސް ހަދައި ތައްޔާރުކުރެވޭ ރިޕޯޓްސްތައް ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން.
- ޝަރުޢީދާއިރާއިން ކުރިއަށް އޮތް އަހަރަށް ކުރިއަށް ގެންދިއުމަށް ކަނޑައެޅޭ ޕްރޮޖެކްޓްތަކުގެ އެސްޓިމޭޓެޑް ބަޖެޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީދާއިރާއިން ހިންގޭ ޕްރޮޖެކްޓްތަށް ޤަވާޢިދުން ސުޕަރވައިޒްކޮށް، ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތް ނުނިންމާ، އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތެއް ކަނޑައަޅައި ޤަވާޢިދުން ފިޔަވަޅު އެޅުން.
- ޝަރުޢީދާއިރާއިން ކުރަންޖެހޭ އެންމެހާ ޢިމާރާތްތަކާ ގުޅޭގޮތުން ޓެންޑަރ ބޯޑަށް ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ހުށަހެޅުން.
- ޝަރުޢީދައިރާގެ ކޯޓުތަކާއި އިދާރާތަކުން ޖާގައިތުރުކުރުމަށާއި، މަރާމާތުކުރުމަށްޓަކައި ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން.
- މެޖިސްޓްރޭޓް ކޯޓްތަކުގެ ކަރަންޓާއި ފެންވައިރާއި އެއަރ ކޮންޑިޝަންތައް މަރާމާތުކޮށް ޤަވާޢިދުން ބެލެހެއްޓުން.
- މި ޑިޕާޓްމަންޓުން ކުރާ ޢިމާރާތްތަކާ ގުޅޭގޮތުން ދަޢުލަތުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
- ކޯޓުތަކަށް ލިބޭ ތަފާތު ގެއްލުންތަކުގެ މަޢުލޫމާތު އެއްކޮށް ރެކޯޑު ބެލެހެއްޓުމާއި އަދި ތަފާތު ގެއްލުންތައް ލިބިގެން މަރާމާތު ކުރަން ނުވަތަ އަލުން ޢިމާރާތް ކުރަންޖެހޭ ކޯޓުތައް މަރާމާތުކުރުމާއި ޢިމާރާތް ކުރުމުގެ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- މި ޑިޕާޓްމަންޓުގެ އަގުކޮމެޓީއަށް ބޭނުންވާ ޓެކްނިކަލް ލަފާދިނުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
2019 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް:www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006281
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.
- މި މަޤާމަށް ހޮވޭ ފަރާތާއެކު ކުރެވޭނީ 1 (އެކެއް އަހަރު) އަހަރު ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެކެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ސިވިލް އިންޖިނިއަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 40 ޕަސެންޓް
- މަސައްކަތުގެ ތަޖުރިބާ: 8 ޕަސެންޓް
- އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް: 40 ޕަސެންޓް
- ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި، ޕަރފޯމެންސަށް: 12 ޕަސެންޓް
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ސިވިލް އިންޖިނީރިންގ، ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ދާއިރާއަކުން ތަޢުލީމް ހާޞިލްކޮށްފައިވާ ފަރާތަކަށްވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްތަކުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
- މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ހިގަމުންދާ ސައިޓްތަކުގައި މަސައްކަތްކުރުމާއި ލީޑާރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ފަރިތަކަމާއި އެކު ދިވެހިބަހުންނާއި، އިނގިރޭސިބަހުން މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް، ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިންގ ސޮފްޓް ވެއަރ، އަދި އެހެނިހެން ޑިޒައިން ސޮފްޓްވެއަރ ތަކަށް އަޙުލުވެރިވެފައިވުން.
- މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށްވުމާއި، ޕްރޮޖެކްޓް ޓީމް މޯޓިވޭޓްކުރުވުމާއި ލީޑާރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށްވުން.
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓަރ ކުރެވިފައިވާ އިންޖިނިއަރަކަށްވުން.
- ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި، އަދި ޝަރުޢީދާއިރާގައި ހެދިފައި ހުންނަ ޤަވާޢިދުތަކާއި، އުޞޫލުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|