ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުފާރު ކައިރީ މަގުމަތީގައި، އެކިބާވައްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި ގުޅޭ

ބައެއް ގޭގެ މަގުފާރު ކައިރީ މަގުމަތީގައި، އެކިބާވައްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި މަގުމަތީގައި ގޮނޑި، ޖޯލިފަތި އަދި ގެ އިމާރާތްކުރަން ބޭނުންކުރާ ފަދަ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މިގޮތަށް މަގުގައި ތަކެތި ބަހައްޓައި ގަސް ހައްދާފައި ހުރުމުން މަގުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެހި ދުއްވުމަށް ދަތިތަކާއި ދިމާވެއެވެ.

     ވީމާ، މިއަދުން ފެށިގެން ފުވައްމުކަލު ސިޓީގެ މަގުފާރު ކައިރީގައި އާއި މަގުމަތީގައި ގަސް އިންދައި، ހައްދާ ބެހެއްޓުމާއި، މަގުމަތީގައި ގޮނޑި، ޖޯލިފަތި އަދި ގެ އިމާރާތްކުރަން ބޭނުންކުރާ ފަދަ ތަކެތި ބަހައްޓާފައި ހުރުމަކީ މަނާކަމެއްކަމަށާއި، މިގޮތަށް ހައްދާފައި ހުންނަ ގަސްތަކާއި ބަހައްޓާފައި ހުންނަ ތަކެތި، ނުބެހެއްޓުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

21 ޖަނަވަރީ 2019
ހޯދާ