ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

 މަޤާމް:

 އެސިސްޓެންޓް ޑިރެކްޓަރ

 މަޤާމުގެ ނަންބަރު:

 J-227798

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 އެމް.އެސް 3

 މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޑިރެކްޓަރ

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މާލެ

 މުސާރަ:

 -/7,035 ރުފިޔާ

 ސަރވިސް އެލެވަންސް:

 -/2,000 ރުފިޔާ

 ސަރޕޯޓިންގް ކޯ އެލަވަންސް 2:

 -/900 ރުފިޔާ

 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ   ދޭ އެލަވަންސް:

 އަސާސީ މުސާރައިގެ %35

 އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

  1. ސެކްޝަންގެ އިދާރީ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
  2. ސެކްޝަންގެ އިދާރީ މަސައްކަތްތަކުގައި މުވައްޒަފުންނަށް ބޭނުންވާނެ އިރުޝާދާއި ލަފާދީ އަދި މަސައްކަތްތައް މޮނީޓަރކޮށް ބެލެހެއްޓުން.
  3. އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަންތައް ރާވާ ހިންގުން.
  4. މައްސަލަތަކާ ގުޅިގެން އިންސްޕެކްޓް ކުރުމަށް އިންސްޕެކްޝަން ޑިޕާޓްމަންޓަށް ހުށަހަޅާ މައްސަލަތަކުގެ ރިކޯޑް ބަލަހައްޓާ މޮނީޓަރ ކުރުން.    
  5. އޮތޯރިޓީއަށް ލިބޭ މައްސަލަތައް ބަލާ ޗެކްކޮށް ފިޔަވަޅު އަޅާނެ ގޮތްތަކާއި ގުޅޭގޮތުން ޤާނޫނީ ކޮމިޓީގެ ލަފާ ހޯދާ، އެކަން ތަންފީޛު ކުރުމަށް ބޭނުންވާ އިދާރީ ކަންތައްތައް ބެލެހެއްޓުން.
  6. ވަޒީފާއަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައާއި ސްޓްރައިކް ސިޓުއޭޝަންތަކުގައި މީޑިއޭޓް ކުރުމަށް ބޭނުންވާ އިދާރީ ކަންތައްތައް ރާވާ ހިންގުން.     
  7. އިންވެސްޓިގޭޝަން ޑޭޓާ ބޭސް ބެލެހެއްޓުމަށް ބޭނުންވާނޭ އިރުޝާދާއި ލަފާދީ، ދުވަހުން ދުވަހަށް ޑޭޓާބޭސް އަޕްޑޭޓް ކުރަމުންދޭތޯ ބަލާ ޗެކްކުރުން.

 މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ޝަރީޢާ އެންޑް ލޯ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ލޯ މިއިން ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ޝަރީޢާ އެންޑް ލޯ މިއިން ދާއިރާއަކުން ދިވެހިރާއްޖެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަތެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ލޯ މިއިން ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ޝަރީޢާ އެންޑް ލޯ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް   ބެލޭނެ ކަންތައްތައް:

 - ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 - ވަޒީފާއާގުޅޭ ދާއިރާ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ލޯ މިދާއިރާތަކުން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

 - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

 މަޤާމް:

 އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ

 މަޤާމުގެ ނަންބަރު:

 J-150059, J-150066

 ބޭނުންވާ އަދަދު:

 02 (ދޭއް)

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 ޖީ.އެސް 3

 މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މާލެ

 މުސާރަ:

 -/4,465 ރުފިޔާ

 ސަރވިސް އެލެވަންސް:

 -/1,500 ރުފިޔާ

 ސަރޕޯޓިންގް ކޯ އެލަވަންސް 2:

 -/700 ރުފިޔާ

 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ   ދޭ އެލަވަންސް:

 އަސާސީ މުސާރައިގެ %35

 އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

  1. ވަޒީފާއާއިބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުތަކަށް ވަޒީފާދޭ ފަރާތްތަކުންނާއި، ވަޒީފާ އަދާކުރާފަރާތްތަކުން ޢަމަލު ކުރަމުންގެންދޭތޯ ބަލައި ޗެކްކުރުން.     
  2. މޭޖަރ ސްޓްރައިކް ސިޓުއޭޝަންތަކުގައި މީޑިއޭޓް ކުރުން.
  3. ކުއްލި ހާލަތްތަކުގައި ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުން.
  4. އިންސްޕެކްޝަންތަކުގެ ރިޕޯރޓް ތައްޔާރުކުރުމާއި، އިންސްޕެކްޝަންތަކާއި ގުޅިގެން އިޞްލާޙު ކުރުމަށް އަންގަންޖެހޭ ކަންކަން އެފަރާތްތަކަށް ލިޔުމުން އެންގުން.  
  5. މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ބްލެކްލިސްޓް ކޮށް އަދި ބްލެކްލިސްޓުން ކެނޑުމުގެ މަސައްކަތް ކުރުން.
  6. އިންސްޕެކްޝަންތައް ނިމުމުން އެ އިންސްޕެކްޝަންތަކާގުޅޭ އެންމެހާ ލިޔުންތަކާއި، ރިޕޯޓުތައް ފައިލްކޮށް ބެލެހެއްޓުން. 
  7. ވަޒީފާއަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް   ބެލޭނެ ކަންތައްތައް:

 - ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 - ވަޒީފާއާގުޅޭ ދާއިރާ " ލޯ " އިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

 - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

 މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

 މަޤާމުގެ ނަންބަރު:

 J-131764

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 ޖީ.އެސް 3

 މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މާލެ

 މުސާރަ:

 -/4,465 ރުފިޔާ

 ސަރވިސް އެލެވަންސް:

 -/1,500 ރުފިޔާ

 ސަރޕޯޓިންގް ކޯ އެލަވަންސް 2:

 -/700 ރުފިޔާ

 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ   ދޭ އެލަވަންސް:

 އަސާސީ މުސާރައިގެ %35

 އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

  1. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  2. މުވައްޒަފުންނަށް ރާއްޖޭންނާއި ރާއްޖޭން ބޭރުން ބޭނުންވާ ޓްރެއިނިންގްތައް ކަނޑައެޅުމުގެ ކަންތައްތައް ހިންގުމާއި ޓްރެއިނިންގް ދެވޭނެގޮތް ހޯދުމާއި ޓްރެއިނިންގްތައް ދިނުމުގެ ކަންތައްތައް ކުރަމުންދޭތޯ ބެލުން.
  3. ކޮންމެ މަހެއްގެ މުސާރަ ޖެނެރޭޓް ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމާއި، ހާޟިރީއާއި އޯވަރޓައިމްތައް ޗެކުކޮށް އެޕްރޫވްކުރުން އަދި އެސް.އޭ.ޕީ އަށް އަޅަންޖެހޭ ޑޭޓާތައް އެޅުން.
  4. މަޤާމް އުފެއްދުމާއި އުވާލުން، މުވައްޒަފުން ލެއްވުމާއި ވަކިކުރުން، އަދި ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސަރވިސްގެ ވިއުގައިގެ ތެރެއިން ކުރުން.     
  5. އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުންނާއި ވަކިވާ މުވައްޒަފުން ލެއްވުމާއި ވަކިކުރުން އަދި ކޮންޓްރެކްޓް މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.  
  6. މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ސިވިލް ސަރވިސް ޤަވާއިދާއި އެއްގޮތައް ބެލެހެއްޓުން.
  7. މުވައްޒަފުންގެ ޓްރޭނިންގެ ރިކުއަރމަންޓް ތައްޔާރުކުރުމާއި ސްކޮލަރޝިޕްއާއި ކުރުކޯސްތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުވައްޒަފުންގެ ޓްރެއިނިންގްއާއި ބެހޭ ދަފްތަރު ބެލެހެއްޓުން. 
  8. އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމް ހިންގުން.

 މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް   ބެލޭނެ ކަންތައްތައް:

 - ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 - ވަޒީފާއާގުޅޭ ދާއިރާ " ހިއުމަން ރިސޯސް " އިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

 - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއޮތޯރިޓީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ   މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ   ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް   އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛   ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،   އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ   ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ   އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ   އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖަނަވަރީ 2019 ގެ 13:30 ގެ ކުރިން، ލޭބަރ ރިލޭޝަންސް   އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ބަލައި   ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،   އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 ފެބުރުވަރީ 2019 އާއި 14 ފެބުރުވަރީ 2019   އާ ދެމެދު، ލޭބަރ ރިލޭޝަންސް އޮތޯރިޓީ ގައެވެ.

 ޝޯޓް ލިސްޓްކުރުން:

 

 މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3328227 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

20 ޖަނަވަރީ 2019
ހޯދާ