ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީގެ ދަށުން ބަލަހައްޓަމުން ގެންދާ ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެވޭ ފުޓްބޯޅަ މެޗްތަކާއި، އެހެނިހެން
އިވެންޓްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 09 ޖަނަވަރީ 2019 ގައި ކުރެވުނު
5/IUL)141-L/141/2019) ނަންބަރު އިޢުލާނާއި ގުޅިގެން، އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން
އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ޔޫތު އެކޮމޮޑޭޝަން ބްލޮކް (ޝަބްނަމް މަގު) |
ހޯމަ |
21 ޖަނަވަރީ 2019 |
13:00
|
އަންދާސީހިސާބު ހުށަހެޅުން |
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) |
ބުރާސްފަތި |
24 ޖަނަވަރީ 2019 |
12:30
|
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
11 ޖުމާދަލްއޫލާ 1440